ރާއްޖޭގެ އެންމެ މަތީ ކޯޓުގެ ހިންގުން ހުއްޓޭ ގޮތަށް ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން މަގާމުން ވަކިކުރުމުން ޖުޑީޝަރީގެ މިނިވަންކަމާ މެދު ސުވާލު އުފައްދައި އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ އޮފީހުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ރާއްޖޭގެ އެންމެ މަތީ ކޯޓުގެ ހިންގުން ހުއްޓޭ ގޮތަށް ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން މަގާމުން ވަކިކުރުމުން ޖުޑީޝަރީގެ މިނިވަންކަމާ މެދު ސުވާލު އުފައްދައި އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ އޮފީހުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ ޑރ. އަޒްމިރަލްދާ ޒާހިރާއި މަހާޒު އަލީ ޒާހިރުގެ ސުލޫކީ މައްސަލަ ސާބިތުވާ ކަމަށް ނިންމައި، ރައްޔިތުންގެ މަޖިލީހުން ވަނީ އެ ދެ ފަނޑިޔާރުން ވަކިކޮށްފަ އެވެ.
ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުންގެ މައްޗަށް ސުލޫކީ މައްސަލައެެއް ސާބިތުވާ ކަމަށް ކަނޑައަޅައި، އެ ދެ ފަނޑިޔާރުން މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ފޮނުވާފައިވަނީ އަޒްމިރަލްދާގެ ފިރިކަލުން ޑރ. އިސްމާއިލް ލަތީފް ފުލުހުންގެ ބަންދުން ދޫކޮށްލަން ދަށު ކޯޓުގެ ގާޒީންނަށް އެ ދެ ފަނޑިޔާރުން ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލައިގަ އެވެ.
އެކަމާ ގުޅިގެން، އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ އޮފީހުން ބުނީ، މަޖިލީހުގެ މެމްބަރުން ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީ އަށް ގެނައި އިސްލާހުގެ މައްސަލަ ބަލަން ތައްޔާރުވެފައި ވަނިކޮށް، ދެ ފަނޑިޔާރުން ވަކިކުރުމުން، ޖުޑީޝަރީގެ މިންވަންކަމާ މެދު ސުވާލު އުފެދޭ ކަމަށެވެ.
"ރާއްޖޭގެ ގާނޫނުއަސާސީ އާއި ބައިނަލްއަގްވާމީ އިންސާނީ ހައްގުތަކުގެ ވާޖިބުތަކާ އެއްގޮތަށް، މިނިވަން ޝަރުއީ ނިޒާމެއް ދެމެހެއްޓުމާއި ހިމާޔަތް ކުރުމަށް ކަމާބެހޭ ފަރާތްތަކަށް ހަނދާން ކޮށްދެން،" އެ އޮފީހުގެ ތަރުޖަމާނު ޖެރެމީ ލޯރެންސް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، ތިން ބާރު ވަކިވެފައިވާ ނިޒާމެއްގައި، އެއް ބާރުން އަނެއް ބާރަށް ފާރަވެރިވެވޭނެ ނިޒާމެއް ގާއިމުކޮށްދީ، ހާއްސަކޮށް ޖުޑީޝަރީގެ މިނިވަން ކަށަވަރު ކޮށްދީފައި ބޭއްވުމަކީ، ދައުލަތުގެ ހުރިހާ އިދާރާތައް ގާނޫނުތަކަށް ފުރިހަމައަށް ތަބާވެ، އިންސާނީ ހައްގުތައް ވެސް ހިމާޔަތް ކޮށްދިނުމުގައި ކޮންމެހެން ބޭނުންތެރި ކަމެކެވެ.
އަޒްމިރަލްދާ އާއި މަހާޒު ފަނޑިޔާރުކަމުން ވަކިކުރަން މަޖިލިހުގެ ކަމާ ގުޅޭ ކޮމިޓީން ފާސްކުރި ފަހުން، މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާ ވަނީ ފަނޑިޔާރުންނާ ގުޅޭގޮތުން ކޮމިޝަނަށް ހުށަހަޅާ މައްސަލަތައް ބެލުމާ މެދު ގޮތެއް ކަނޑައެޅުމުގައި އެކި މައްސަލަތަކުގައި އެކި ގޮތަށް އަމަލުކޮށް، އެންމެންނަށް އެއް ހަމައަކުން އަމަލު ކުރުމުގެ އުސޫލާ ޖޭއެސްސީން ހިލާފުވެފައިވާ ކަމަށް ވިދާޅުވެފަ އެވެ.
ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން މަގާމުން ވަކިކުރުމުން ޖުޑީޝަރީގެ މިނިވަންކަމާ މެދު ސުވާލު އުފައްދައި އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ އޮފީހުން ކަންބޮޑުވުން ފާޅުކުރި ނަމަވެސް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް މިދިޔަ ހަފުތާގައި ވިދާޅުވީ، އެ ދެ ފަނޑިޔާރުން މަގާމުން ވަކިކޮށްފައިވަނީ އެކަމަށް ފުރިހަމަ ކުރަން ޖެހޭ ކަންކަން ފުރިހަމަކޮށް، އޮންނަ އުސޫލުގެ ތެރެއިން ކަމަށެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ޖުޑީޝަރީ އަށް ނުފޫޒު ނުފޯރުއްވާ ކަމަށާއި ޝަރުއީ ދާއިރާގެ މިނިވަންކަން ދަމަހައްޓަވާނެ ކަމަށް ވެސް ފޮރިން މިނިސްޓަރު ވިދާޅުވި އެވެ.
ޖުޑީޝަރީ އަށް ސަރުކާރުން ނުފޫޒު ފޯރުވާ ކަމަށް ވިދާޅުވެ މިދިޔަ މާޗު މަހުގެ ހަތަރު ވަނަ ދުވަހު ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު ވެސް ވަނީ އިސްތިއުފާ ދެއްވައިފަ އެވެ. އެ މަގާމަށް އައްޔަން ކުރައްވާފައިވަނީ ހައި ކޯޓުގެ ކުރީގެ އިސް ފަނޑިޔާރު ހުސައިން ޝަހީދު އެވެ.
އޭނާއާ އެކު ސުޕްރީމް ކޯޓުގައި މިހާރު ތިއްބަވާނީ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނާއި ފަނޑިޔާރު އާއިޝާ ޝުޖޫން މުހައްމަދާއި ފަނޑިޔާރު އަލީ ރަޝީދު ހުސައިން އަދި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމެވެ. އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް ވެސް ވަނީ ރިޓަޔާ ކުރެއްވުމަށް ހުށަހަޅުއްވައިފަ އެވެ.
ޖުޑީޝަރީގެ މިނިވަންކަމާ މެދު އދ. އިން ސުވާލު އުފައްދާފައި ވިޔަސް ސަރުކާރުން އެ ތުހުމަތަށް އަބަދުވެސް އިންކާރު ކުރެ އެވެ.
ފަނޑިޔާރުންނަށް އެޅިފިޔަވަޅާ މެދު އދ.ގެ ކަންބޮޑުުވުން
ފަނޑިޔާރުން ވަކިކުރުމާ މެދު ކުރީގެ ޕީޖީގެ އިލްތިމާސެއް
ފަނޑިޔާރުންގެ މައްސަލައިގެ އިޖުރާއީ ގޯހެއް ނެތް:ކޮމިޓީ
ފަނޑިޔާރުންގެ މައްސަލައިގެ ބަހުސަށް ޖުމްލަ ދެ ގަޑިއިރު
ފަނޑިޔާރުން ވަކިކުރުމުގެ މައްސަލަ އެޖެންޑާކޮށްފި
ފަނޑިޔާރުންގެ މައްސަލަ ތަޅުމަށް ފޮނުވައިފި
ފަނޑިޔާރުންގެ މައްސަލަ ގާނޫނާ ހިލާފު: ފިލްޒާ
އުސޫލުންބޭރުން ފިޔަވަޅު ނާޅަން ލޯއޭޝިއާއިން ގޮވާލައިފި
ނެޗުރަލް ޖަސްޓިސް: ކޮންމެ މީހަކާ މެދު އަދުލުވެރިވުން!
މަޖިލީހަށް ހާޒިރުވުމުގެ ފުރުސަތަކަށް މަހާޒު އެދިއްޖެ