މަރުކަޒީ ބޭންކު، އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރަކަށް އައިޝަތު އަސްނާ ހަމްދީ އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
12 މެއި 2025
މަރުކަޒީ ބޭންކު، އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރަކަށް އައިޝަތު އަސްނާ ހަމްދީ އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
ޑެޕިއުޓީ ގަވަރުނަރުގެ މަގާމަށް އަސްނާ އައްޔަނުކުރަން މަޖިލީހުގެ ރުހުން ހޯދަން ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނުއްވާފައިވާ މައްސަލައާ ގުޅިގެން އޭނާއާ އިންޓަވިއު ކުރުމަށް ފަހު ކޮމިޓީން ފާސްކޮށްފައި އޮތީ އަސްނާ އައްޔަން ކުރަން ފެންނަ ކަމަށެވެ.
ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާގައި މިއަދު ނެގި ވޯޓުގައި ޑެޕިއުޓީ ގަވަރުނަރަކަށް އަސްނާ އައްޔަން ކުރަން ފެންނަ ކަމަށް ފާސްކުރީ ވޯޓުގައި ބައިވެރިވި 73 މެންބަރުންގެ އިއްތިފާގުންނެވެ.
އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރުގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި ޑެޕިއުޓީ ގަވަރުނަރު އަަހުމަދު އިމާދު މިދިޔަ މާޗު މަހު އެ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
އެމްއެމްއޭގައި ހިދުމަތް ކުރައްވާތާ 17 އަހަރު ވެފައިވާ އަސްނާ މިހާރު ހުންނެވީ އެމްއެމްއޭގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގަ އެވެ. އޭނާ ހަވާލުވެ ހުންނެވީ އެ އިދާރާގެ ފައިނޭންޝަލް ސެކްޓަ ސެކްޝަނާ އެވެ.
އެމްއެމްއޭގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަކީ އާ ގަވަރުނަރު އަހުމަދު މުނައްވަރު އެ އިދާރާއާ ހަވާލުވެވަޑައިގަތުމަށް ފަހު، އޮނިގަނޑަށް ގެނައި ބަދަލުތަކުގެ ތެރެއިން އުފެއްދި މަގާމުތަކެކެވެ. އެއާ އެކު، އެ އިދާރާގެ ޑިޕާޓްމަންޓުތައް ހިންގުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާނީ ކަނޑައަޅާފައިވާ މެނޭޖިން ޑިރެކްޓަރުންނެވެ. އެއީ ފަސް އަހަރުގެ ދެ ދައުރުގެ މުއްދަތަކަށް ހޮވާ މަގާމެކެވެ.
ޑެޕިއުޓީ ގަވަރުނަރަކަށް އަސްނާގެ ނަން ހުށަހަޅައިފި
"ޑޮލަރުގެ ކަޅު ބާޒާރު ހައްލު ނުކުރެވެނީ ހެކި ނެތީމަ"
ގަވަރުނަރުގެ ޝަރުތުތަކަށް ބަދަލު ގެންނަން ހުށަހަޅައިފި
އެސްއޯއީ ކޮމިޓީން ވެސް ޝުޖާއު ވަކިކޮށްފި
ރިޕޯޓުގެ މައްސަލަ ބަލަނިކޮށް، މާލިއްޔަތު ކޮމިޓީން ޝުޖާއު ވަކިކޮށްފި
ޝުޖާއުއާ ގުޅޭ އިންޓެލިޖެންސް ރިޕޯޓް ތަހުގީގު ކުރަނީ
އަސްނާއަށް ރުހުންދޭން ފެންނަ ކަމަށް ކޮމިޓީން ނިންމައިފި
ފައިސާ ޗާޕުކުރުމުން އިގްތިސާދަށް ލޮޅުން އަރާނެ: އިމާދު
ޑެޕިއުޓީ ގަވަރުނަރުގެ މަގާމުން އިމާދު އިސްތިއުފާދީފި
ޒިންމާދާރުކަން ކުޑަކޮށް ފައިސާ ޗާޕު ނުކުރާނެ: ނާޒިމް