މަރުކަޒީ ބޭންކު، އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރަކަށް އައިޝަތު އަސްނާ ހަމްދީ ހަމަޖެއްސެވުމަށްޓަކައި ރައީސް ޑރ މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލިހަށް ހުށަހަޅުއްވައިފި އެވެ.
30 އެޕްރީލް 2025
މަރުކަޒީ ބޭންކު، އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރަކަށް އައިޝަތު އަސްނާ ހަމްދީ ހަމަޖެއްސެވުމަށްޓަކައި ރައީސް ޑރ މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލިހަށް ހުށަހަޅުއްވައިފި އެވެ.
މަޖިލިހުގެ މިއަދުގެ ޖަލްސާ އަށް އެ މައްސަލަ އެޖެންޑާ ކޮށްފައިވާއިރު، އެމްއެމްއޭގައި ދެވަނަ އަށް އެންމެ އިސް މަގާމަށް އަސްނާ އައްޔަން ކުރުމާ މެދު ގޮތެއް ނިންމައި ދިރާސާ ކުރުމަށްޓަކައި ކަމާ ގުޅޭ ކޮމިޓީ އަށް މިއަދު ފޮނުވާނެ އެވެ.
އަސްނާ މިހާރު ހުންނެވީ އެމްއެމްއޭގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގަ އެވެ. އޭނާ ހަވާލުވެ ހުންނެވީ އެ އިދާރާގެ ފައިނޭންޝަލް ސެކްޓަ ސެކްޝަނާ އެވެ.
އަސްނާ އެމްއެމްއޭގައި ހިދުމަތް ކުރައްވާތާ 17 އަހަރު ވަނީ ވެފަ އެވެ.
އެމްއެމްއޭގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަކީ އާ ގަވަރުނަރު އަހުމަދު މުނައްވަރު އެ އިދާރާއާ ހަވާލުވެވަޑައިގަތުމަށް ފަހު، އޮނިގަނޑަށް ގެނައި ބަދަލުތަކުގެ ތެރެއިން އުފެއްދި މަގާމުތަކެކެވެ. އެއާ އެކު، އެ އިދާރާގެ ޑިޕާޓްމަންޓުތައް ހިންގުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާނީ ކަނޑައަޅާފައިވާ މެނޭޖިން ޑިރެކްޓަރުންނެވެ. އެއީ ފަސް އަހަރުގެ ދެ ދައުރުގެ މުއްދަތަކަށް ހޮވާ މަގާމެކެވެ.
އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރުގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި ޑެޕިއުޓީ ގަވަރުނަރު އަަހުމަދު އިމާދު މިދިޔަ މާޗު މަހު އެ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އޭނާ އެ މަގާމުގައި ގާތްގަނޑަކަށް ފަސް އަހަރު ދުވަހު ހުންނެވި އެވެ. އިމާދު ވަނީ އެމްއެމްއޭގައި 25 އަހަރު ހިދުމަތް ކުރައްވައިފަ އެވެ.
ޑެޕިއުޓީ ގަވަރުނަރަކަށް އަސްނާ އައްޔަންކުރަން ފާސްކޮށްފި
ގަވަރުނަރު ވަކިކުރަން ރައީސަށް ލަފާ ދޭން ފާސްކޮށްފި
"ޑޮލަރުގެ ކަޅު ބާޒާރު ހައްލު ނުކުރެވެނީ ހެކި ނެތީމަ"
ގަވަރުނަރުގެ ޝަރުތުތަކަށް ބަދަލު ގެންނަން ހުށަހަޅައިފި
ސަލީމާއި ހަމީދުގެ ނަން ރައީސް މަޖިލީހަށް ފޮނުވައިފި
މަގާމުގައި ތިބޭ މީހުން ދުރުކުރުމުގެ ބާރު ރައްޔިތުންނަށް
އަސްނާއަށް ރުހުންދޭން ފެންނަ ކަމަށް ކޮމިޓީން ނިންމައިފި
ޓްރައިބިއުނަލްގެ މެންބަރުންގެ ވަކިކުރި މައްސަލަ ނުބެލޭނެ
ބޭންކްތަކަށް 150 މިލިއަން ޑޮލަރު މާރުކޮށްފި: ރައީސް
"ހާމަވީ ރައީސް އަންގާހާ ގޮތަށް ކަންކަން ނުކުރާކަން"