މަރުކަޒީ ބޭންކު، އެމްއެމްއޭ މިފަހުން ނިންމި ނިންމުންތައް ނިންމީ މުއައްސާސާގެ އަސާސީ މަގްސަދުތަކާ ހިލާފާށް ކަމަށް ވިދާޅުވެ، ޑެޕިއުޓީ ގަވަރުނަރު އަަހުމަދު އިމާދު މިއަދު މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.
17 މާޗް 2025
މަރުކަޒީ ބޭންކު، އެމްއެމްއޭ މިފަހުން ނިންމި ނިންމުންތައް ނިންމީ މުއައްސާސާގެ އަސާސީ މަގްސަދުތަކާ ހިލާފާށް ކަމަށް ވިދާޅުވެ، ޑެޕިއުޓީ ގަވަރުނަރު އަަހުމަދު އިމާދު މިއަދު މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.
އޭނާ އިސްތިއުފާ ދެއްވި އިރު މަގާމުން ވަކި ކުރުމަށް ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ވެސް އޮތީ ހުށަހަޅައިފަ އެވެ. އޭނާ މަގާމުން ވަކި ކުރަން ހުށަހަޅާފައިވަނީ އެމްއެމްއޭގެ ކުރީގެ ގަވަރުނަރު އަލީ ހާޝިމް ގާނޫނުން މަތިކޮށްފައިވާ ޒިންމާތައް އަދާ ނުކުރައްވައި ހުންނެވިއިރު، އެކަންކަން ފާހަގަ ކުރުމަށްޓަކައި ގާނޫނުން މަތިކޮށްފައިވާ ޒިންމާތައް އަދާކުރުމަށް ޑެޕިއުޓީ ގަވަރުނަރު އިމާދު މަސައްކަތް ކުރެއްވިކަން އެނގެން ނެތް ކަމަށް ބުނެ އެވެ.
"މިހާރު" އަށް ލިބިފައުވާ އިމާދުގެ އިސްތިއުފާގެ ސިޓީގައި ވާ ގޮތުން އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރުގެ މަގާމުގައި ހުންނަވާ ކުރެއްވި މަސައްކަތީ ޝަރަފެއް ކަމަށެވެ.
"ބޭރު ފައިސާގެ ބާޒާރުގެ މުހިއްމު އިސްލާހުތައް ގެނައުމާއި މާލީ ދައިރާގެ ހަމަޖެހުން ދެމެހެއްޓުމުގައި މުހިއްމު ދައުރެއް އަދާކޮށްފައިވާނެ އެވެ. މި ދާއިރާގައި އަޅުގަނޑުގެ ބައިވެރިވުން ފެންނާނެ ކަންކަމުގެ ތެރޭގައި ފަވަރަ ތަރައްގީ ކުރުމާއި މާލީ ބައިވެރިވުން ކުރިއެރުވުމަށް ކުރި މަސައްކަތްތަކާއި ބޭރު ފައިސާއާ ބެހޭ ގާނޫނާއި ގަވައިދު ތަންފީޒު ކުރުމާއި ދެމެހެއްޓެނިވި މާލީ އިސްނެގުންތައް ކުރިއެރުން ހިމެނެ އެވެ،" އިމާދުގެ ސިޓީގައި ވެ އެވެ.
އިމާދު ޑެޕިއުޓީ ގަވަރުނަރުގެ މަގާމަށް އައްޔަނުކޮށްފައިވަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި 2020 ވަނަ އަހަރު އެވެ. އެ މަގާމަށް ބޭފުޅުން އައްޔަންކޮށް، ވަކި ކުރާނީ މަޖިލީހުގެ ލަފާގެ މަތިން ރައީސެވެ.
ޑެޕިއުޓީ ގަވަރުނަރުގެ މަގާމަށް އައްޔަން ކުރުމުގެ ކުރިން އިމާދު ހުންނެވީ އެމްއެމްއޭގެ މަނިޓަރީ ޕޮލިސީ ރިސާޗު އެންޑް ސްޓެޓިސްޓިކްސް ޑިވިޝަންގެ އެކްޒެކެޓިވް ޑިރެކްޓަރެއްގެ މަގާމުގަ އެވެ. އެމްއެމްއޭގައި މަސައްކަތް ކުރައްވާތާ 25 އަހަރު ވެފައިވާ އިމާދަކީ އިނގިރޭސި ވިލާތުން މާސްޓާސް އޮފް ސައިންސް އިން އިކޮނޮމިކްސް އެންޑް ފައިނޭންްސް އަދި މެލޭޝިއާ އިން ބެޗެލާ އޮފް ބިޒްނަސް (އިކޮނޮމިކްސް އެންޑް ސައިންސް) ގެ ދާއިރާ އިން ތައުލީމު ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ.
އޭނާ ވަނީ އެމްއެމްއޭގެ އިތުރުން ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓު އޮތޯރިޓީ (ސީއެމްޑީއޭ) ގެ ބޯޑު މެމްބަރެއްގެ މަގާމު ވެސް ފުރުއްވައިފަ އެވެ.
ފައިސާ ޗާޕުކުރުމުން އިގްތިސާދަށް ލޮޅުން އަރާނެ: އިމާދު
ޑޮލަރު މާރުކުރާ ގަވާއިދަށް ބަދަލެއް ނުގެނޭ: އެމްއެމްއޭ
ފައިނޭންސް ނުލިބިއްޖެނަމަ ހަރަދު ހަމަޖައްސަން ދަތިވާނެ
މުހިއްމު ގަވާއިދެއް، ގެސްޓް ހައުސްތަކަށް ގެއްލުންވެދާނެ
އިތުރަށް ޗާޕްކުރި ފައިސާ އެމްއެމްއޭއިން ހިފަހައްޓަނީ
އިގްތިސާދީ ހާލަތު ރަނގަޅުކުރެވޭނެ ކަމުގެ ޔަގީންކަންދީފި
މި އަހަރު އަގުތައް ދާނީ ދަށަށް: އެމްއެމްއޭ
ޗެކް ލިމިޓަށް އަމަލު ކުރުން ފަސްކޮށްފި
ދައުލަތުން 3.5 ބިލިއަން ރުފިޔާ އޯވަޑްރޯކޮށްފި
ޑޮލަރުގެ ކަޅުބާޒާރު ހުއްޓުވުމުގެ ފިޔަވަޅަށް ރުހުން ދީފި