މި އަހަރުގެ ބާކީ އޮތް ދުވަސްތަކުގައި ރާއްޖޭގައި މުދަލުގެ އަގުތައް ދާނީ ދަށްވަމުން ކަމަށް މަރުކަޒީ ބޭންކް، އެމްއެމްއޭ އިން ލަފާކޮށްފި އެވެ.
04 ޖޫން 2023
މި އަހަރުގެ ބާކީ އޮތް ދުވަސްތަކުގައި ރާއްޖޭގައި މުދަލުގެ އަގުތައް ދާނީ ދަށްވަމުން ކަމަށް މަރުކަޒީ ބޭންކް، އެމްއެމްއޭ އިން ލަފާކޮށްފި އެވެ.
އެމްއެމްއޭއިން ނެރޭ ކުއަޓާލީ ރިޕޯޓުގައިވާ ގޮތުން ރާއްޖޭގެ އިންފްލޭޝަން އަހަރު ނިމޭ އިރު ހުންނާނީ 3.3 ޕަސެންޓުގަ އެވެ. މިއީ މި އަހަރުގެ ފުރަތަމަ ކުއާޓާ އަށް ވުރެ 0.6 ޕަަސެންޓު ދަށް އަދަދެކެވެ. މިދިޔަ އަހަރު ފަހުކޮޅު އެމްއެމްއޭއިން ލަފާކޮށްފައި ވަނީ މި އަހަރު ނިމޭ އިރު ރާއްޖޭގެ އިންފްލޭޝަން 5.4 ޕަސެންޓުގައި ހުންނާނެ ކަމަށެވެ. އެހެންވެ މިއީ 2.1 ޕަސެންޓުގެ ދަށްވުމެކެވެ.
އެމްއެމްއޭ އިން ބުނީ، ފުރަތަމަ ކުއާޓާގައި އިންފްލޭޝަން 3.9 ޕަސެންޓް ހުރި ނަމަވެސް، ބާކީ ހުރި ކުއާޓާތަކުގެ އިންފްލޭޝަން އަންނާނީ ދަށްވަމުންނެވެ. ސަބަބަކީ، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ދަށްވެ، އޭގެ ސަބަބުން، އެހެން ތަކެތީގެ އަގުތައް ދަށަށް ދިއުމެވެ.
މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ތަކެތީގެ އުފުލުނީ ދަތުރުފަތުރުގެ އަގާއި ރެސްޓޯރެންޓްތަކުގެ އަގުތަކާއި ކުލީގެ އަގުތައް އުފުލުމުގެ ސަބަބުންނެވެ. މީގެ އެންމެ ބޮޑު ސަބަބަކީ، ޖީއެސްޓީ ހަ ޕަސެންޓުން އަށް ޕަސެންޓަށް ބޮޑު ކުރުން ކަމަށް އެމްއެމްއޭއިން ބުންޏެވެ. މި އަހަރުގެ ފުރަތަމަ ކުއާޓާގައި ކާބޯތަކެތީގެ އަގު ވަނީ 7.8 ޕަސެންޓަށް އުފުލިފަ އެވެ. މީގެ އިތުރުން ދަތުރުފަތުރުގެ އަގު ވެސް ވަނީ 8.6 ޕަސެންޓަށް އުފުލިފަ އެވެ.
ރާއްޖޭގެ ކާބޯތަކެތީގެ އަގު އުފުލުނު ނަމަވެސް، ދުނިޔޭގެ މާލީ އިދާރާ، އިންޓަނޭޝަނަލް މަނިޓަރީ އޮތޯރިޓީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ދުނިޔޭގެ ބާޒާރުގައި ކާބޯތަކެތީގެ އަގު ވަނީ 11 ޕަސެންޓުން ހަތަރު ޕަސެންޓަށް ދަށަށް ގޮސްފަ އެވެ. އެހެންނަމަވެސް، މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ޖުމްލަ އިންފްލޭޝަން ވަނީ 17 ޕަސެންޓުން ނުވަ ޕަސެންޓަށް ދަށަށް ގޮސްފަ އެވެ.
ރާއްޖޭގެ އިންފްލެޝަން ދަށްވާނެ ކަމަށް ލަފާކޮށްފައިވާ އިރު ރާއްޖޭގެ އިގްތިސާދު މިދިޔަ އަހަރު 13.9 ޕަސެންޓަށް ކުރިއަރައި، ކޮވިޑްގެ ކުރީގެ ހާލަތަށް ވަނީ ރުޖޫއަ ވެފަ އެވެ.
ޑެޕިއުޓީ ގަވަރުނަރުގެ މަގާމުން އިމާދު އިސްތިއުފާދީފި
މިދިޔަ ކުއާޓާގައި ތަކެތީގެ އަގު މައްޗަށް
ޑޮލަރު މާރުކުރާ ގަވާއިދަށް ބަދަލެއް ނުގެނޭ: އެމްއެމްއޭ
ފައިނޭންސް ނުލިބިއްޖެނަމަ ހަރަދު ހަމަޖައްސަން ދަތިވާނެ
މުހިއްމު ގަވާއިދެއް، ގެސްޓް ހައުސްތަކަށް ގެއްލުންވެދާނެ
އިތުރަށް ޗާޕްކުރި ފައިސާ އެމްއެމްއޭއިން ހިފަހައްޓަނީ
އިގްތިސާދީ ހާލަތު ރަނގަޅުކުރެވޭނެ ކަމުގެ ޔަގީންކަންދީފި
ޖެނުއަރީ މަހު ތަކެތީގެ އަގުތައް ދަށަށް
ތަކެތީގެ އަގު އަނެއްކާ ވެސް ދަށަށް!
ކާބޯތަކެތީގެ އަގު އިތުރަށް އުފުލިއްޖެ