Roadha Mihaaru

ދެ ބިލް އެއްވަރުވީ އޭޕްރިލް މަހަށް ވެސް ޑިސްކައުންޓު ދިނުމުން: ސްޓެލްކޯ

މިދިޔަ މާޗު މަސް ނުވަތަ ރޯދަމަހުގެ ކަރަންޓު ބިލާއި ޖެހިގެން އައި އޭޕްރިލް މަހުގެ ގިނަ ބިލްތަކުގައި ބިލްގެ އަދަދު އެއްވަރު ވެފައި ވަނީ އޭޕްރިލް މަހަށް ވެސް ޑިސްކައުންޓު ދީފައިވާތީ ކަމަށް ސްޓެލްކޯ އިން މިއަދު ބުނެފި އެވެ،

ބިލް އެއްވަރުވީ އޭޕްރިލްއަށް ވެސް ޑިސްކައުންޓު ދިނުމުން

މިދިޔަ މާޗު މަސް ނުވަތަ ރޯދަމަހުގެ ކަރަންޓު ބިލާއި ޖެހިގެން އައި އޭޕްރިލް މަހުގެ ގިނަ ބިލްތަކުގައި ބިލްގެ އަދަދު އެއްވަރު ވެފައި ވަނީ އޭޕްރިލް މަހަށް ވެސް ޑިސްކައުންޓު ދީފައިވާތީ ކަމަށް ސްޓެލްކޯ އިން މިއަދު ބުނެފި އެވެ،

އެ ކުންފުނިން ނެރުނު ނޫސްބަޔާނެއްގައި ބުނީ، އޭޕްރިލް މަހުގެ ކަރަންޓު ބިލުން ޑިސްކައުންޓެއް ދިނީ އެއީ ހޫނުގަދަ މަހަކަށް ވެފައި އާންމުކޮށް އެ މަހުގެ ކަރަންޓު ބިލް ބޮޑުވާތީ ރައްޔިތުންނަށް "އިތުރު ލުޔެއް" ދޭން ކަމަށެވެ.

"ވީމާ އޭޕްރީލް މަހުގެ ކަރަންޓު ބިލް މި ކުންފުނީގެ ކަސްޓަމަރުންނަށް ފޯރުކޮށްދިން އިރު 'އެ ކަރަންޓު ބޭނުންކުރެވުނު ވަރު' އޭގެ ކުރީ މަހާ ތަފާތުވި ނަމަވެސް ބައެއް ބިލްތަކުގައި ބިލް އެމައުންޓު (ފައިސާގެ އަދަދު) މާޗު މަހުގެ (ރަމަޟާން މަހުގެ) ބިލާ ސީދާ އެއް އަދަދެއްގެ ގޮތުގައި އޮތީ މި ދެންނެވި ލުއި ދިނުމުން ކަމުގައި ދެންނެވީމެވެ،" ބަޔާނުގައި ވެ އެވެ.

ސްޓެލްކޯ އިން މިއަދު ބުނީ، ޑިސްކައުންޓު ދީފައި ވާނީ ކުރީ އަހަރުގައި އެންމެ ގިނައިން ކަރަންޓު ބޭނުންކުރި ތިން މަސް [ފެބްރުއަރީ، މާޗު އަދި އޭޕްރިލް] ނުހިމަނައި ނުވަ މަސް ދުވަހު ކަރަންޓު ބޭނުން ކޮށްފައިވާ އެވްރެޖަށް ވުރެ ބޮޑު ނުވާނެ ގޮތަށް ކަމަށެވެ. އެ މަސްތަކުގެ ރީޑިން އެވްރެޖް އަދަދަށް ވުރެ ބޭނުންކުރި ކަރަންޓުގެ މިންވަރު ކުޑަވި ނަމަވެސް ބިލަށް 10 ޕަސެންޓުގެ ޑިސްކައުންޓެއް ދީފައިވާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

"އަލަށް ކަރަންޓު ބޭނުން ކުރަން ފެށި ކަސްޓަމަރުންނަށާއި މި ދެންނެވި ނުވަ މަސް ދުވަހުގެ ބިލް ހިސްޓްރީ ނެތް ކަސްޓަމަރުންނަށް ވެސް ބިލްތަކުން 10 ޕަސެންޓުގެ ޑިސްކައުންޓެއް ވަނީ ދީފައި،" ސްޓެލްކޯ އިން ބުންޏެވެ.