މި ރޯދަމަހުގެ ފުރަތަމަ ދުވަހު، އެންމެ ޕީކް ގަޑީގައި މާލޭގައި ބޭނުންކުރީ 78 މެގަވޮޓުގެ ކަރަންޓު ކަމަށް ސްޓެލްކޯ އިން ބުނެފި އެވެ.
02 މާޗް 2025
މި ރޯދަމަހުގެ ފުރަތަމަ ދުވަހު، އެންމެ ޕީކް ގަޑީގައި މާލޭގައި ބޭނުންކުރީ 78 މެގަވޮޓުގެ ކަރަންޓު ކަމަށް ސްޓެލްކޯ އިން ބުނެފި އެވެ.
ސްޓެލްކޯ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ރޯދަ މަހުގެ ފުރަތަމަ ދުވަސް ނުވަތަ އިއްޔެ މާލެ އާއި ހުޅުމާލޭގައި ކަރަންޓު ބޭނުންކުރި އަދަދު ވިއްސާރަވުމުގެ ސަބަބުން ދަށް ކަމަށެެވެ. ރޯދަމަހުގެ ފުރަތަމަ ދުވަހަކީ ސްކޫލުތަކާއި އޮފީސްތައް ވެސް ބަންދު ދުވަހެއް ކަމުން، ކަރަންޓު ބޭނުންކުރި އަދަދު ބޮޑުތަނުން ދަށް ކަމަށް ސްޓެލްކޯ އިން ބުންޏެވެ.
އެ ކުންފުނިން ބުނި ގޮތުގައި އެންމެ ޕީކު ގަޑީގައި ވެސް އިއްޔެ ބޭނުންކުރީ 78 މެގަވޮޓެވެ. ސްޓެލްކޯ އިން އާންމުކޮށްފައިވާ ކަރަންޓު ބޭނުންކުރި ގޮތުގެ ޗާޓުގައިވާ ގޮތުން އެންމެ ޕީކް ގަޑިއަކީ ހަވީރު 4-5 އާ ދެމެދެވެ. އެ ވަގުތުގައި ކަރަންޓު ބޭނުންކުރި މިންވަރު ހުރީ 78-77 މެގަވޮޓާ ދެމެދުގަ އެވެ.
އެކަމަކު ހަވީރު ހައެއްގެ ފަހުން ކަރަންޓު ބޭނުންކުރާ އަދަދު ވަނީ 68 އަށް ވެއްޓިފަ އެވެ.
ސްޓެލްކޯ އިން ބުނީ، ރޯދަ މަހުގެ ކުރިން ޕީކް ގަޑީގައި ކަރަންޓު ބޭނުންކުރާ އަދަދު އެވްރެޖްކޮށް ހުރީ 100 މެގަވޮޓުން މަތީގައި ކަަމަށެވެ.
ރޯދަ މަހުގެ ފުރަތަމަ ދުވަހު މާލެއާއި، ހުޅުމާލޭގައި ކަރަންޓު ބޭނުންކުރެވިފައިވާ ގޮތަށް ބަލާއިރު، ވިއްސާރަ ދުވަހަކަށްވުމުންނާއި، ސްކޫލްތަކާއި އޮފީސްތައް ބަންދުވުމާއެކު، ކަރަންޓު ބޭނުން ކުރި މިންވަރު ވަނީ ވަރަށް ބޮޑުތަނުން ދަށަށްގޮސްފައި. އެގޮތުން އެންމެ ޕީކްގައި 78 މެގަވޮޓް… pic.twitter.com/8DoSLqHspk
— STELCO (@STELCOMALDIVES) March 2, 2025
ބައެއް މަސް ތަކުގައި ކަރަންޓު ބިލު ބޮޑުވާ ކަމުގެ ޝަކުވާ އާންމުކުރެ އެވެ. އެކަމާ ގުޅިގެން ސްޓެލްކޯ އިން ވަނީ ވަޓްސްއަޕް ނުވަތަ ޓެލެގްރާމު މެދުވެރިކޮށް ޝަކުވާ ހުށަހެޅޭނެ ގޮތް ވެސް ހަދައިފަ އެެވެ.
މިއަހަރުގެ ރޯދަ މަހުގެ ކަރަންޓު ބިލުން ވެސް 10 ޕަސެންޓުގެ ޑިސްކައުންޓެއް ދޭން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ނިންމައިފަ އެވެ. މިދިޔަ އަހަރު ވެސް ރޯދަ މަހާ ދިމާކޮށް 10 ޕަސެންޓްގެ ޑިސްކައުންޓެއް ދިނެވެ.
އެންމެ ގިނައިން ކަރަންޓު ބޭނުންކުރީ ބުރާސްފަތީގައި
ހުޅުމާލެ 2 ގެ ބޮޑު ބަޔަކުން ކަރަންޓު ކަނޑާލަނީ!
ހިޔާގެ ފުރަތަމަ ޓަވަރުން މާދަމާ ކަރަންޓު ކަނޑަނީ
ރޯދަމަހު ބިލް ބޮޑުވީ ޔޫސޭޖް މަތިވުމާއި ހޫނު ގަދަވުމުން
ދެ ބިލް ފޮނުވީ ރޯދައިގެ ކަރަންޓަށް ޑިސްކައުންޓު ދޭން
ރީޑިން ނަގަން 350 މުވައްޒަފުން މާދަމާ ނިކުންނަނީ
ރޯދަމަހަށް ކަރަންޓު ވަކި ބިލެއް ހަދައި ޑިސްކައުންޓުދެނީ
މައްސަލައެއް ދިމާވެ މާލޭން ކަރަންޓު ކެނޑިއްޖެ
ޓްރާންސްފޯމަރު "ވަގަކު" އަނެއްކާވެސް ހުއްޓުވައިފި
ހުޅުމާލެ 2 ގެ ބޮޑު ބަޔަކަށް އަލުން ކަރަންޓު ދީފި