Roadha Mihaaru

ރާއްޖެ ޑިޖިޓަލް ކުރުމުގެ މައިގަނޑު ބޭނުމަކީ ކޮރަޕްޝަން ނައްތާލުން: ރައީސް

ރާއްޖެ ޑިޖިޓަލައިޒް ކުރުމުގެ ބޭނުމަކީ ކޮރަޕްޝަނަށް ނައްތައިލުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ރާއްޖެ ޑިޖިޓަލް ކުރަނީ ކޮރަޕްޝަން ނައްތާލަން: ރައީސް
ފާތިމަތު އަޖްފާން
ފާތިމަތު އަޖްފާން

03 މެއި 2025

ރާއްޖެ ޑިޖިޓަލައިޒް ކުރުމުގެ ބޭނުމަކީ ކޮރަޕްޝަނަށް ނައްތައިލުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

މިއަދު ހެނދުނު 10:00 އިން ފެށިގެން ރައީސް އޮފީހުގައި ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި އެމަނިކުފާނު ވިދާޅުވީ ޒސަރުކާރު ހިންގަވަން ބޭނުންފުޅުވެލައްވަނީ ޑިޖިޓަލް ނިޒާމެއްގެ ތެރެއިން ކަމަށެވެ.

"މޯލްޑިވްސް 2.0" އަކީ އެ ބޭނުމުގައި ލޯންޗު ކުރާ ރާއްޖެ ހިންގުމުގެ ނިޒާމެއް ކަމަށާއި އޭގެ މައިގަނޑު ބޭނުމަކީ ރާއްޖެއިން ކޮރަޕްޝަން ނައްތާލުން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ރައީސް މުއިއްޒު މިއަދު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަނީ-- ފޮޓޯ: ރައީސް އޮފީސް

ރައީސް މުއިއްޒު މިއަދު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަނީ-- ފޮޓޯ: ރައީސް އޮފީސް

"މައިގަނޑު ބޭނުމަކީ ކޮރަޕްޝަން ނައްތާލުން. ކޮންމެ ކަމެއްވެސް އޭގެ ހިއުމަން އިންޓަވެންޝަން ގިނަ ކުރުމުގެ ފުރުސަތު އޮވެއްޖެއްނަމަ ހިއުމަން ނޭޗާގައި މި އޮންނަނީ ކޮންމެވެސް ނުބައެއް ހެދުން. އެހެންވެ އޮޓޮމެޓިކަލީ ޑިޖިޓަލީ ކަންކަން ކުރެވޭ ގޮތަށް، ކުރަން މަޖުބޫރުވާ ގޮތަށް ބަދަލުވުމުން ވަރަށް ބޮޑުތަނުން އެބަ ކޮރަޕްޝަން ދަށްކުރެވޭ،" އެ މަނިކުފާނު ވިދާޅުވި އެވެ.

"ޑިޖިޓަލް ނިޒާމާ އެކު ކޮރަޕްޝަން ނައްތާލެވި، ހާމަކަން ބޮޑު ގޮތެއްގައި ކުރެވި، އަވަސް ކުރެވޭނެ."

ރައީސް ވިދާޅުވެފައި ވަނީ މިދިޔަ އަހަރު އެ މަނިކުފާނު ރަސްމީ ދަތުރުފުޅެއް ކުރެއްވި އެސްޓޯނިއާއާ އެކީ މެމަރަންޑަމް އޮފް އަންޑަސްޓޭންޑިން (އެމްއޯޔޫ) ތަކެއްގައި ވެސް ސޮއިކުރެވިފައިވާ ކަމަށެވެ.

ސަރުކާރުގެ އަމާޒަކީ އެސްޓޯނިއާއިން ފޯރުކޮށްދޭ އެހީގެ ތެރެއިން ރާއްޖެ ވެސް ހުރިހާ ހިދުމަތެއް ޑިޖިޓަލައިޒްކޮށް ކޮރަޕްޝަނަށް އޮންނަ ފުރުސަތުތައް ކުޑަކުރުން ކަމަށް ވެސް އެ މަނިކުފާނު މީގެ ކުރިން ވިދާޅުވެފައިވެ އެވެ.