Roadha Mihaaru

ޔާސްމީނާ ގުޅޭގޮތުން ދައުރުކުރަމުން ދަނީ ފޭކު ސްކްރީންޝޮޓެއް: ވަކީލު

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދަރިކަނބަލުން ޔާސްމީން މުހައްމަދު މުއިއްޒާ ގުޅޭގޮތުން ދައުރު ކުރަމުން ދަނީ ފޭކް ސްކްރީންޝޮޓެއް ކަމަށް، އެ އާއިލާގެ ގާނޫނީ ވަކީލް އާޒިމާ ޝަކޫރު މިއަދު ވިދާޅުވެއްޖެ އެވެ.

ޔާސްމީނާ ގުޅޭގޮތުން ދައުރުކުރަނީ ފޭކު ސްކްރީންޝޮޓެއް

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދަރިކަނބަލުން ޔާސްމީން މުހައްމަދު މުއިއްޒާ ގުޅޭގޮތުން ދައުރު ކުރަމުން ދަނީ ފޭކް ސްކްރީންޝޮޓެއް ކަމަށް، އެ އާއިލާގެ ގާނޫނީ ވަކީލް އާޒިމާ ޝަކޫރު މިއަދު ވިދާޅުވެއްޖެ އެވެ.

އާޒިމާ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޒުވާނުންގެ މުޒާހަރާ އިން ރޭގައި ހައްޔަރުކުރި އަންހެނަކާ ގުޅޭގޮތުން ޔާސްމީންގެ އިންސްޓަގްރާމްގައި ކުރެއްވި ޕޯސްޓެއް ކަމަށް ބުނެ ދައުރުކުރަމުން ދަނީ ފޭކް ސްކްރީންޝޮޓެއް ކަމަށެވެ.

ރައީސް މުއިއްޒުގެ އާއިލާއިން ވަނީ ޔާސްމީނާ ގުޅޭގޮތުން ދޮގު މައުލޫމާތު ފަތުރައި އާއްމުންނަށް އޮޅުވާލަން ކުރަމުންދާ މަސައްކަތް ހުއްޓާލުމަށް ގޮވާލައްވައިފަ އެވެ.

ރައީސްގެ ދަރިކަލުން އުމެއިރު މުހައްމަދު މުއިއްޒުއާ ގުޅޭގޮތުން އިދިކޮޅު އެމްޑީޕީން ބޭއްވި މުޒާހަރާއެއްގައި އެ ޕާޓީގެ އިސް އެކްޓިވިސްޓް މަރިޔަމް ޒުބެއިރު (މަންދީ) ދެއްކި ވާހަކައަކާ ގުޅިގެން ވެސް ރައީސްގެ އާއިލާއިން ވަނީ އަބުރުގެ ދައުވާ ކޮށްފަ އެވެ. އޭގެ އިތުރުން ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ގާނޫނާއި ބައިނަލްއަގްވާމީ މުއާހަދާތަކުން ކުޑަކުދިންނަށް ލިބިދޭ ރައްކާތެރިކަން ނިގުޅައިގެންފައިވާ ކަމަށް ބުނެ ފެމިލީ ކޯޓަށް ވެސް މައްސަލަ ހުށަހަޅާފައިވެ އެވެ.

އެ ކޯޓަށް ހުށަހެޅި މައްސަަލައިގެ އަޑުއެހުން މިދިޔަ ބުދަ ދުވަހު ވަނީ ފަށައިފަ އެވެ. ނަމަވެސް، ސިއްރުން ގެންދާތީ އެ އަޑުއެހުމުގެ ތަފްސީލެއް ނުލިބެ އެވެ.

އެ މުޒާހަރާގައި ވާހަކަ ދައްކަމުން މަންދީ ބުނި ގޮތުގައި ރާއްޖެއަށް ވޭޕް އެތެރެކުރުން މަނާކުރީ އުމެއިރު ވޭޕްކުރާކަން ފަޅާއެރުމުންނެވެ. ނަމަވެސް، އެ ހުރިހާ ވާހަކަތަކެއް ރައީސް މުއިއްޒުގެ އާއިލާއިން ވަނީ ދޮގުކޮށްފަ އެވެ.

ރައީސްގެ އާއިލާ އިން ބުނެފައި ވަނީ އުމެއިރަކީ ދުވަހަކު ވެސް ވޭޕް ބޭނުންކުރި ކުއްޖެއް ނޫން ކަމަށެވެ.