ދުންފަތް ވިއްކުން ހަރުކަށިކޮށް، ޖެނެރޭޝަނަލް ބޭން ގެނައުމަށް ގާނޫނަށް ގެންނަން ޖެހޭ އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ދުންފަތުގެ ބިލު މަޖިލީހަށް ބަލައިގަނެ، ބިލު ދިރާސާކުރުމަށް ހަތް މެންބަރުންގެ ވަގުތީ ކޮމިޓީއަކަށް ފޮނުވައިފި އެވެ.
30 އެޕްރީލް 2025
ދުންފަތް ވިއްކުން ހަރުކަށިކޮށް، ޖެނެރޭޝަނަލް ބޭން ގެނައުމަށް ގާނޫނަށް ގެންނަން ޖެހޭ އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ދުންފަތުގެ ބިލު މަޖިލީހަށް ބަލައިގަނެ، ބިލު ދިރާސާކުރުމަށް ހަތް މެންބަރުންގެ ވަގުތީ ކޮމިޓީއަކަށް ފޮނުވައިފި އެވެ.
ސަރުކާރުގެ ފަރާތުން ކިނބިދޫ ދާއިރާގެ މެމްބަރު އަލީ އަޝްރަގު އިއްޔެ ހުށަހެޅުއްވި ބިލުގެ ބަހުސް މިއަދުން މިއަދަށް ނިންމައި، މަޖިލީހަށް ބަލައިގަތުމަށް ނެގި ވޯޓުގައި ބިލު ބަލައިގަންނަން ފެންނަ ކަމަށް 61 މެންބަރުން ވޯޓު ދެއްވި އެވެ. ދެކޮޅަށް ވޯޓު ދެއްވީ ހަނިމާދޫ ދާއިރާގެ އެމްޑީޕީ މެންބަރު އަބްދުލްޣަފޫރު މޫސާ (ގަޕޯ) އެކަންޏެވެ.
މި ބިލު ދިރާސާކުރަން ދާއިމީ ކޮމިޓީއަކަށް ފޮނުވުމުގެ ބަދަލުގައި ވަގުތީ ކޮމިޓީއަކަށް ފޮނުވަން ހުށަހެޅުއްވީ މެޖޯރިޓީ ލީޑަރު އިބްރާހިމް ފަލާހެވެ. އެ ހުށަހެޅުމަށް 63 މެންބަރުން ތާއީދު ކުރެއްވިއިރު، ދެކޮޅަށް ވޯޓު ދެއްވީ ގަޕޯ އާއި ވައިކަރަދޫ ދާއިރާގެ އެމްޑީޕީ ހުސައިން ޒިޔާދު (ފިއްޓޭ) އެވެ.
އެ ހުށަހެޅުން ފާސްވުމާ ގުޅިގެން ފަލާހު ހުށަހެޅުއްވީ ހަތް މެންބަރުން ހިމެނޭ ކޮމިޓީއަކުން ބިލު ދިރާސާކުރުމަށެވެ. ކޮމިޓީއަށް އޭނާ ހުށަހެޅުއްވި ނަންތަކަކީ:
1. މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ އިބްރާހިމް
2. ކާށިދޫ ދާއިރާގެ މެންބަރު މުހައްމަދު މުންތަޒިމް
3. ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ހުސައިން
4. ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހު
5. ކުޑަހުވަދޫ ދާއިރާގެ މެންބަރު ހުސައިން ހަމީދު
6. ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް
7. ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ)
ފަލާހު ހުށަހެޅުއްވި ގޮތަށް މި ހަތް މެންބަރުން ވަގުތީ ކޮމިޓީއަށް އައްޔަން ކުރަން ފާސްކުރުމާ ދެކޮޅަށް ވެސް ގަޕޯއާއި ފިއްޓޭގެ އިތުރުން ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފް ޒާކިރު ވޯޓު ދެއްވި އެވެ. ނަންތައް ފާސްކޮށްފައިވަނީ 63 މެންބަރުންގެ ވޯޓުންނެވެ.
ބޮޑެތި ޖޫރިމަނާތަކާ އެކު، ވޭޕް މަނާކުރަން ފާސްކޮށްފި
ވޭޕްމަނާކުރުމާ ހަމައަށް ޑިއުޓީ ބޮޑުކުރާ ބިލް ކޮމިޓީއަށް
ދުންފަތުގެ ބިލު ހުށަހެޅި މެންބަރަށް މަރުގެ އިންޒާރުދީފި
ރާއްޖޭގައި ވޭޕް މަނާކުރާ ބިލް ތަސްދީގުކޮށްފި
ވޭޕް މަނާކުރުމުގެ ބިލް ކޮމިޓީން ފާސްކޮށްފި
ދުންފަތް ވިއްކޭނެ ހަގު އުމުރަކީ 21ކަމަށް ކަނޑައަޅަނީ
ރާއްޖޭގައި ވޭޕް މަނާކުރަން ގޮވާލައި ވަރުގަދަ ކެމްޕޭނެއް
ހަމައެކަނި ރަމްޒީ ހަރުކަށިކަމެއް، ފިޔަވަޅެއް ނޭޅޭ!
މިހާރު ވެސް "މަގުމަތީ ސިނގިރެޓް ބުއިން މަނާ"
އާ ސަރުކާރުގެ ދުންފަތާ ދެކޮޅު ހަނގުރާމަ ވަރުގަދަ!