Roadha Mihaaru

ދުންފަތް މަނާކުރުމުގެ ބިލް ހުށަހެޅި މެންބަރަށް އިންޒާރު ދީފި

ސަރުކާރުގެ ފަރާތުން ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ހުށަހެޅުއްވި ކިނބިދޫ ދާއިރާގެ މެންބަރު އަލީ އަޝްރަގަށް ސޯޝަލް މީޑިއާގައި މަރުގެ އިންޒާރު ދިން މައްސަލަ ބަލަން ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާގައި ގޮވާލައިފި އެވެ.

ދުންފަތުގެ ބިލު ހުށަހެޅި މެންބަރަށް މަރުގެ އިންޒާރުދީފި
އައިޝަތު ނުޒުހާ
އައިޝަތު ނުޒުހާ

30 އެޕްރީލް 2025

ސަރުކާރުގެ ފަރާތުން ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ހުށަހެޅުއްވި ކިނބިދޫ ދާއިރާގެ މެންބަރު އަލީ އަޝްރަގަށް ސޯޝަލް މީޑިއާގައި މަރުގެ އިންޒާރު ދިން މައްސަލަ ބަލަން ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާގައި ގޮވާލައިފި އެވެ.

ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނަށް އަލަށް ގެންނަން ހުށަހަޅާފައިވާ އިސްލާހުގައި ބުނީ ދުންފަތުގެ ބާވަތްތައް ވިއްކުމުގެ ހުއްދަ އޮތަސް އެ ފަދަ އެއްޗެއް ވިއްކާއިރު އެ ގަންނަނީ ޖެނުއަރީ 1، 2007 ވަނަ އަހަރުން ފެށިގެން އުފަންވެފައިވާ ކުއްޖަކު އަދި އުމުރުން 21 އަހަރުން ދަށުގެ މީހަކު ނޫން ކަން ކަށަވަރުކުރުމަކީ އެ ވިއްކާ މީހެއްގެ ޒިންމާއެއް ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި ބިލަށް ބަހުސް ކުރައްވަމުން މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރަކް ވިދާޅުވީ، މި ބިލު ހުށަހެޅުމާ ގުޅިގެން ހުށަހެޅި މެންބަރުގެ ފުރާނަ އަށް ގެއްލުން ދޭނެ ކަމަށް ބުނެ އިންޒާރު ދިނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

ދުންފަތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާ ގުޅޭ ޚަބަރެއް ހިއްސާކޮށް ސޯޝަލް މީޑިއާގައި އެގޮތަށް ލިޔުނު މައްސަލަ ކުށްވެރިކޮށް، އެ މައްސަލަ ބަލަން ވަނީ ގޮވާލައިފަ އެވެ.

އެ ވާހަކަ އަށް ތާއީދު ކުރައްވަމުން މައިނޯރިޓީ ލީޑަރު، ހިތަދޫ ދެކުނު ދާއިރާގެ އެމްޑީޕީގެ މެންބަރު އިބްރާހިމް ނާޒިލް ވިދާޅުވީ، މިއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

ނާޒިލް ވިދާޅުވީ، ސަރުކާރުގެ ފަރާތުން ހުށަހަޅާ ބިލެއްގެ ޒިންމާ، ހުށަހަޅާ މެންބަރު ސަތޭކަ ޕަސެންޓަށް ނަގަން ޖެހޭ ނެގުމަކީ ދުވަހަކު ވެސް މަޖިލީހުގައި ކަން ހިނގާފައިވާ ގޮތެއް ނޫން ކަމަށެވެ.

ނާޒިލް ވިދާޅުވީ ސަރުކާރުން ބިލު ހުށަހެޅުމަށް ފަހު، ބިލުގައި ރައްޔިތުންގެ ކަންބޮޑުވުން އޮތް ނަމަ، އެ ކަންބޮޑުވުންތަކަށް މަޖިލީހުން އަބަދުވެސް ރިއާޔަތްކޮށް ކޮމިޓީ މަރުހަލާގައި އިސްލާހު ގެންނަ ކަމަށެވެ.