26 ސެޕްޓެމްބަރ 2024
ރާއްޖެ އަށް ވޭޕް އެތެރެކުރުން މަނާކޮށްދިނުމަށް އެދި އެންސީޑީ އެލަޔަންސުން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަރިހުގައި އެދިފައި ވަނިކޮށް، ވޭޕް އެތެރެކުރުން މަނާކުރަން ސަރުކާރަށް ގޮވާލައި، ކަމާގުޅޭ އެހެން ފަރާތްތަކުން ވެސް ވަރުގަދަ ކެމްޕެއިނެއް ފަށައިފި އެވެ.
ރާއްޖެ އަށް ވޭޕް އެތެރެކުރުން މަނާކޮށްދިނުމަށް އެދި އެންސީޑީ އެލަޔަންސުން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަރިހުގައި އެދިފައި ވަނިކޮށް، ވޭޕް އެތެރެކުރުން މަނާކުރަން ސަރުކާރަށް ގޮވާލައި، ކަމާގުޅޭ އެހެން ފަރާތްތަކުން ވެސް ވަރުގަދަ ކެމްޕެއިނެއް ފަށައިފި އެވެ.
އެތައް ހާސް ވިހަ ކެމިކަލް އެކުލެވޭ ދުންފަތާއި ވޭޕް މަނާކުރަން ގޮވާލަމުން ދަނީ ސިއްހީ ދާއިރާގައި މަސައްކަތްކުރާ ޖަމިއްޔާތަކުންނެވެ. ވޭޕް މަނާކުރަން ޖެހޭ ސަބަބުތަކާ އެކު، އެކަން ތަންފީޒު ކޮށްދޭން ޑޮކްޓަރުންގެ ޖަމިއްޔާ އިން ރޭ ގޮވާލާފައި ވަނިކޮށް މިއަދު ނަރުހުންގެ ޖަމިއްޔާ އިން ވެސް ވަނީ ވޭޕް މަނާކުރަން ގޮވާލައިފަ އެވެ.
ނަރުހުންގެ ޖަމިއްޔާއިން ނެރުނު ބަޔާނެއްގައި ބުނީ، ޒުވާނުންނާއި ސްކޫލްތަކުގައި ކިޔަވާ އުމުރުގެ ކުދިން އީ-ސިނގިރޭޓް ބޭނުންކުރާ އަދަދު ކަންބޮޑުވާ ވަރަށް އިތުރުވަމުންދާ ކަމަށެވެ. ނަމަވެސް، އެ ތަކެތި ރައްކާތެރި ނުވުމުން ސީޑީސީ އަދި އެފްޑީއޭ ވަނީ އެ ބޭނުންކުރުން ހުއްޓާލުމަށް ގޮވާލާފައިވާ ކަން ނަރުހުންގެ ޖަމިއްޔާއިން ފާހަގަކުރި އެވެ.
އެ ބަޔާނުގައި ބުނިގޮތުގައި ރާއްޖޭގައި ވެސް މިހާރު އާއްމުވެ އަދި ފުރާވަރު އުމުރާއި ޒުވާނުންގެ މެދުގައި ވަރަށް ބޮޑަށް މަގުބޫލުވަމުންދާ އީ-ސިނގިރޭޓުގެ ސަބަބުން ދުންފަތުގެ ތަފާތު ނުރައްކަލަށް ހުށަހެޅިފައިވާ އާ ޖީލެއް ވަނީ އުފެދިފަ އެވެ. ވޭޕް ކުރަން ބޭނުންކުރާ ދިޔާ ތަކެތީގައި އެކި މާއްދާތައް އެކުލެވޭއިރު، އޭގައި އެންމެ ގިނައީ ނިކޮޓިން އަދި އެކި ރަހަ ލެއްވުމަށް ބޭނުންކުރާ ފްލޭވާ އަދި ތަފާތު އެކި ކެމިކަލްތަކެވެ.
"ގްލޯބަލް ޔޫތު ޓޮބޭކޯ ސާވޭ 2019 އިން ދައްކާ ގޮތުގައި ސްކޫލު ކުދިންގެ މެދުގައި ވެސް އީ-ސިނގިރޭޓް ބޭނުންކުރަމުން ދަނީ ހަލުއިކަމާ އެކު އިތުރުވަމުންނެވެ. ތޭރަ އަހަރާއި ފަނަރަ އަހަރާ ދެމެދުގެ އުމުރުފުރައިގެ ކުދިންގެ ތެރެއިން 17.1 ޕަސެންޓް ކުދިން އީ-ސިނގިރޭޓް ބޭނުންކުރާ ކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ،" ބަޔާނުގައި ބުންޏެވެ.
"..އީ-ސިނގިރޭޓް ޑިވައިސް އަކީ އޭގެ ރައްކާތެރިކަން ދުނިޔޭގެ އެއްވެސް ގައުމަކުން ކަށަވަރު ކޮށްދީފައިވާ އެއްވެއް ނޫނެވެ. އަދި އީ-ސިނގިރޭޓުން ކުރިމަތިވާ އެކި ސިއްހީ މައްސަލަތައް ފާހަގަކުރެވިފައިވާއިރު، މި ހާލަތަކީ ދުނިޔޭގެ ދުންފަތުގެ އިތުރުން މަސްތުވާ ތަކެއްޗަށް ވެސް މަގުފަހިކުރުވާ އެއްޗެއް ކަމަށް ވަނީ ފާހަގަކުރެވިފަ އެވެ."
އެ ސަބަބުތަކާ ހެދި ޒުވާން ޖީލު ރައްކާތެރިކުރަން އެހެން ގައުމުތަކޭ އެއްގޮތަށް ރާއްޖެއިން ވެސް ވަގުތުން ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް އެ ޖަމިއްޔާއިން ވަނީ ކަމާގުޅޭ ފަރާތްތަކާ ގޮވާލައިފަ އެވެ.
"..އަޅުގަނޑުމެންގެ އާދޭސް މި ދަންނަވަނީ ޅަދަރިންނާއި ޒުވާން ޖީލު ރައްކާތެރިކޮށްދެއްވުމަށެވެ. އަދި ހަމަ މި މޭރުމުން ހާއްސަގޮތެއްގައި ރައީސުލްޖުމްހޫރިއްޔާއަށާއި ސަރުކާރަށް އިލްތިމާސް މި ކުރަނީ މި ހިނދުން މި ހިނދަށް އީ-ސިނގިރޭޓް ބޭން ކޮށްދެއްވުމަށެވެ." ބަޔާނުގައި ވެ އެވެ.
ވޭޕްގެ ގެއްލުންތަކާ ގުޅޭގޮތުން އެޑިއުކޭޝަން މިނިސްޓްރީން ވެސް އަންނަނީ ސްކޫލުތަކަށް މައުލޫމާތު ދެމުންނެވެ.
ގްލޯބަލް ޔޫތު ޓޮބޭކޯ ސާވޭ 2019 އިން ދައްކާ ގޮތުގައި ސްކޫލު ކުދިންގެ މެދުގައި ވެސް އީ-ސިނގިރޭޓް ބޭނުންކުރަމުން ދަނީ ހަލުއިކަމާ އެކު އިތުރުވަމުންނެވެ. ތޭރަ އަހަރާއި ފަނަރަ އަހަރާ ދެމެދުގެ އުމުރުފުރައިގެ ކުދިންގެ ތެރެއިން 17.1 ޕަސެންޓް ކުދިން އީ-ސިނގިރޭޓް ބޭނުންކުރާ ކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ،"--- ނަރުހުންގެ ޖަމިއްޔާ
ގައިންގަޔަށް ނާރާ ބަލިތަކާ ދެކޮޅަށް މަސައްކަތްކުރާ އެންސީޑީ އެލަޔަންސުން، އާއްމު ސިއްހަތަށް ބޮޑު ގެއްލުމެއް ލިބޭތީ ދުންފަތުގެ ބާވަތްތަކާ އެކު ވޭޕް އެތެރެކުރުން މަނާކޮށްދިނުމަށް ކުރީގެ ސަރުކާރުގައި ވެސް އެދިފައިވެ އެވެ. އަދި މިދިޔަ ހަފުތާގައި ވަނީ މިހާރުގެ ރައީސް މުއިއްޒުގެ އަރިހުގައި ވެސް އެކަމަށް އެދިފަ އެވެ.
ދުންފަތުގައި އެކުލެވޭ ވިހަ މާއްދާތަކުގެ ތެރެއިން 70 މާއްދާ އިން ކެންސަރަށް މަގުފަހިވާކަން ދިރާސާތަކުން ދައްކާއިރު، ދުންފަތުގެ ނުސީދާ ދުމަށް ހުށަހެޅުމުން ކުޑަކުދިންނަށް ނޭވާ ހިއްލުމާއި ފުއްޕާމޭގައި ޖަރާސީމު އަށަގަތުމާއި ލޭގެ ކެންސަރު ޖެހުން ފަދަ ސިއްހީ މައްސަލަތައް ދިމާވެ އެވެ.
ޑަބްލިއުއެޗްއޯއާ ހަވާލާދީ މެޑިކަލް އެސޯސިއޭޝަނުން ބުނެފައި ވަނީ ފުއްޕާމޭގެ ކެންސަރު ބަލީގެ 85 ޕަސެންޓް ސަބަބަކީ ދުންފަތުގެ ސީދާ ދުމެވެ. އަހަރަކު އަށް މިލިއަން މީހުން ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ސަބަބުން އެކި ބަލިތަކުގައި މަރުވަމުންދާއިރު، އޭގެ ތެރެއިން 1.3 މިލިއަން މީހުންނަކީ ދުންފަތުގެ ނުސީދާ ދުމުން މަރުވާ މީހުން ކަން ވެސް އެ ޖަމިއްޔާގެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.
އާ ސަރުކާރުގެ ދުންފަތާ ދެކޮޅު ހަނގުރާމަ ވަރުގަދަ!
ވަކި ސިނގިރޭޓް ވިއްކުން ތިން މަސް ފަހުން މަނާ!
އާސަންދައިގެ ބޮޑު ހޭދައެއް ދުންފަތާ ގުޅޭ ބަލިތަކަށް!
ދުންފަތުގެ ގާނޫނާއި ގަވާއިދުތައް އިސްލާހުކުރަނީ
ބޮޑެތި ޖޫރިމަނާތަކާ އެކު، ވޭޕް މަނާކުރަން ފާސްކޮށްފި
ވޭޕްމަނާކުރުމާ ހަމައަށް ޑިއުޓީ ބޮޑުކުރާ ބިލް ކޮމިޓީއަށް
ދުންފަތް ވިއްކޭނެ ހަގު އުމުރަކީ 21ކަމަށް ކަނޑައަޅަނީ
ވޭޕް އެތެރެކުރުން މަނާކޮށްދޭން ޑޮކްޓަރުން ގޮވާލައިފި
ރާއްޖޭގައި ދުންފަތަށް އަހަރަކު 1.6 ބިލިއަން ހޭދަކުރޭ
މިއީ ދުންފަތަށް ނޫނެކޭ ބުނާ ދުވަހަކަށް ހަދަމާ: ރައީސް