ތަންފީޒުކުރުމުގައި މައްސަލަތަކެއް ކުރިމަތިވެފައިވާ ދުންފަތުގެ ގާނޫނާއި ގަވާއިދުތައް އިސްލާހުކުރުމުގެ މަސައްކަތް ޓޮބެކޯ ކޮންޓްރޯލް ބޯޑުން ފަށައިފި އެވެ.
16 ފެބުރުއަރީ 2017
ތަންފީޒުކުރުމުގައި މައްސަލަތަކެއް ކުރިމަތިވެފައިވާ ދުންފަތުގެ ގާނޫނާއި ގަވާއިދުތައް އިސްލާހުކުރުމުގެ މަސައްކަތް ޓޮބެކޯ ކޮންޓްރޯލް ބޯޑުން ފަށައިފި އެވެ.
އެ ބޯޑުގެ މެމްބަރު އަދި ހެލްތު ޕްރޮޓެކްޝަން އޮތޯރިޓީ (އެޗްޕީއޭ)ގެ ޑެޕިއުޓީ ޑިރެކްޓަރު ހަސަން މުހައްމަދު އިއްޔެ ވިދާޅުވީ 2010 ގައި ތަސްދީގުކުރި ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނާއި 2012 ގައި ތައާރަފްކުރި ދުންފަތުގެ އިސްތިއުމާލުކުރުން މަނާ ތަންތަން ކަނޑައެޅުމުގެ ގަވާއިދަށް އަމަލުކުރުމުގައި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާތީ އެ ގާނޫނާއި ގަވާއިދަށް ބަދަލު ގެންނަން ޖެހޭ ކަމަށެވެ. އަދި ގެޒެޓް ނުކޮށް އަހަރުތަކެއް ވަންދެން ބާއްވާފައި އޮތް ދުންފަތުގެ އާއްމު ގަވާއިދުގެ މުއާލާތް ކެނޑިފައިވާ އިރު އެ ގަވާއިދު އަލުން އެކުލަވާލަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ފަހުގެ ދިރާސާތަކާއި ޑަބްލިޔުއެޗްއޯގެ މިންގަނޑުތަކާއި ރާއްޖެ ބައިވެރިވާ މުއާހަދާތަކާއި އެހެން ގައުމުތަކުގެ ތަޖުރިބާތަކަށް ބިނާކޮށް މި އިސްލާހުތައް ގެނައުމުގެ މަސައްކަތް ބޯޑުން ދަނީ ކުރަމުން،" ހަސަން ވިދާޅުވި އެވެ.
ޓޮބެކޯ ކޮންޓްރޯލް ބޯޑުގެ ބައްދަލުވުމެއްގައި ހަސަން (ވ) ވާހަކަދައްކަވަނީ. ފައިލް ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު
މިހާރު އަމަލުކުރާ ގާނޫނާއި ގަވާއިދު އެކަށީގެންވާ ގޮތަކަށް ތަންފީޒެއް ނުކުރެވެ އެވެ. ހަސަން ވިދާޅުވީ އޭގެ ސަބަބުތަކުގެ ތެރޭގައި ބެލެނިވެރި ފަރާތްތަކެއް ސީދާ ކަނޑައަޅާފައި ނެތުމާއި އެކި އިދާރާތަކުން އަދާކުރަން ޖެހޭ ދައުރުތަކާއި ބޯޑަށް ލިބިދޭ ބާރުތައް ވެސް ސާފު ނުވުން ހިމެނޭ ކަމަށެވެ.
"ގާނޫނުތަކާއި ގަވާއިދުތަކަށް އަމަލުކުރަން ފެށީމާ ދިމާވާ މައްސަލަތައް ހައްލުކުރަން އިސްލާހުތައް ގެނައުމަކީ އާއްމު އުސޫލުން ވެސް ހިނގާ ކަމެއް،" އޭނާ ފާހަގަކުރެއްވި އެވެ.
ތަފާތު ދާއިރާތައް ތަމްސީލްކުރާ 13 މެމްބަރަކު ހިމެނޭ ޓޮބެކޯ ކޮންޓްރޯލް ބޯޑުގެ ރިޔާސަތު ބަލަހައްޓަވަނީ ހެލްތު މިނިސްޓަރެވެ. މިދިޔަ އަހަރުގެ ފަހުކޮޅު އެ ބޯޑުން އަލުން އެކުލަވާލާފައިވާ އިރު ކޮންމެ ދެ ހަފްތާއަކުން އެއްފަހަރު ބައްދަލުވުންތައް ބާއްވަމުން އަންނަ ކަމަށް ހަސަން ވިދާޅުވި އެވެ.
ދުންފަތުގެ ގާނޫނާއި ގަވާއިދު އިސްލާހުކުރަން ފަށާފައިވާ އިރު ސިނގިރޭޓުގެ އިމްޕޯޓް ޑިއުޓީ ބޮޑުކުރަން ސަރުކާރުން ވަނީ ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިފަ އެވެ. އިމްޕޯޓް އެކްސްޕޯޓް ގާނޫނަށް ކުޑަހުވަދޫ ދާއިރާގެ އެމްޑީއޭ މެމްބަރު އަހުމަދު އާމިރު ހުށަހެޅުއްވި އިސްލާހުގައިވާ ގޮތުން މިހާރު ސިނގިރޭޓަކުން ޑިއުޓީގެ ގޮތުގައި ނަގާ 1.25ރ. ގެ ބަދަލުގައި ދެން ނަގާނީ 2ރ. އެވެ.
އާ ސަރުކާރުގެ ދުންފަތާ ދެކޮޅު ހަނގުރާމަ ވަރުގަދަ!
ވަކި ސިނގިރޭޓް ވިއްކުން ތިން މަސް ފަހުން މަނާ!
ރާއްޖޭގައި ވޭޕް މަނާކުރަން ގޮވާލައި ވަރުގަދަ ކެމްޕޭނެއް
ރާއްޖޭގައި ވޭޕް މަނާކުރާ ބިލް ތަސްދީގުކޮށްފި
ބޮޑެތި ޖޫރިމަނާތަކާ އެކު، ވޭޕް މަނާކުރަން ފާސްކޮށްފި
ވޭޕް މަނާކުރުމުގެ ބިލް ކޮމިޓީން ފާސްކޮށްފި
ވޭޕްމަނާކުރުމާ ހަމައަށް ޑިއުޓީ ބޮޑުކުރާ ބިލް ކޮމިޓީއަށް
ދުންފަތް ވިއްކޭނެ ހަގު އުމުރަކީ 21ކަމަށް ކަނޑައަޅަނީ
ހަމައެކަނި ރަމްޒީ ހަރުކަށިކަމެއް، ފިޔަވަޅެއް ނޭޅޭ!
އާސަންދައިގެ ބޮޑު ހޭދައެއް ދުންފަތާ ގުޅޭ ބަލިތަކަށް!