Roadha Mihaaru

ރާއްޖެއިން އިޒްރޭލު ޕާސްޕޯޓް މަނާކުރުމަކީ ހިތްވަރުގަދަ ނިންމުމެއް: މެލޭޝިއާ ބޮޑުވަޒީރު

އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެ ނުވަދެވޭ ގޮތަށް ދިވެހި ސަރުކާރުން ނިންމި ނިންމުމަކީ ހިތްވަރުގަދަ ނިންމުމެއް ކަމަށް މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހިމް ވިދާޅުވެއްޖެ އެވެ.

އިޒްރޭލު ޕާސްޕޯޓު މަނާކުރުމުން ރައީސަށް ތައުރީފު
މާއިދާ މުހައްމަދު ރަޝާދު
މާއިދާ މުހައްމަދު ރަޝާދު

28 އެޕްރީލް 2025

އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެ ނުވަދެވޭ ގޮތަށް ދިވެހި ސަރުކާރުން ނިންމި ނިންމުމަކީ ހިތްވަރުގަދަ ނިންމުމެއް ކަމަށް މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހިމް ވިދާޅުވެއްޖެ އެވެ.

މެލޭޝިއާގެ ބޮޑުވަޒީރުގެ ދައުވަތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ގައުމަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ދެ ބޭފުޅުން ގުޅިގެން ބޭއްވެވި ޕްރެސްގައި ބޮޑުވަޒީރު އަންވަރު ވިދާޅުވީ އިޒްރޭލު ޕާސްޕޯޓު މަނާކުރަން ރައީސް ނިންމެވި ނިންމެވުމަށް މެލޭޝިއާ ސަރުކާރާއި ރައްޔިތުންގެ ފަރާތުން މަރުހަބާ ކިޔާ ކަމަށެވެ.

"އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެއަށް ނުވަދެވޭ ގޮތަށް ނިންމި ނިންމުމަކީ ހިތްވަރުގަދަ ނިންމެވުމެއް،"

އަންވަރު ވިދާޅުވި ގޮތުގައި އޭނާ ވެސް އެ މައްސަލައިގައި ގެންގުޅުއްވަނީ އެއް ވިސްނުމެކެވެ. އެހެންވެ، ރައީސްގެ ނިންމެވުމަށް އިހުތިރާމުކުރައްވާ ކަމަށް ވިދާޅުވި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒާއި މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހިމް. -- ފޮޓޯ: މިހާރު

ރައީސް ޑރ. މުހައްމަދު މުއިއްޒާއި މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހިމް. -- ފޮޓޯ: މިހާރު

އެ ޕްރެސްގައި ރައީސް ވިދާޅުވީ ފަލަސްތީނު ރައްޔިތުންގެ ހައްގުގައި ދިވެހިން އަބަދުވެސް ތިބޭނެ ކަމަށެވެ. އަދި އިރުމަތީ ގުދުސް ހިމެނޭ ގޮތަށް 1967 ވަނަ އަހަރުގެ ކުރިން އޮތް ބޯޑަރުތަކާ އެއްގޮތަށް ފަލަސްތީނުގައި މިނިވަން ދައުލަތެއް ގާއިމުކުރުމަށް ވެސް ރައީސް ގޮވާލެއްވި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒާއި މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާޙިމް ފޮޓޯއަކަށް ހުއްޓިލައިގެން.-- ފޮޓޯ: މިހާރު

ރައީސް ޑރ. މުހައްމަދު މުއިއްޒާއި މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާޙިމް ފޮޓޯއަކަށް ހުއްޓިލައިގެން.-- ފޮޓޯ: މިހާރު

ފަލަސްތީނުގެ ޣައްޒާގެ ރައްޔިތުންނަށް އިޒްރޭލުން ދޭ ހަމަލާތަކާ ގުޅިގެން، އިޒްރޭލު ޕާސްޕޯޓު ރާއްޖެއިން މަނާކުރަން އިމިގްރޭޝަން ގާނޫނު ބަދަލުކުރަން މިދިޔަ އަހަރުގެ މެއި 29 ގައި ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ހުށަހެޅުއްވުމުން ކުރި މަޝްވަރާތަކަށް ފަހު ބައެއް ބަދަލުތަކާ އެކު މިދިޔަ އޭޕްރީލް 14 ގަ އެވެ.

މަޖިލީހުން ނިންމީ އިޒްރޭލު ޕާސްޕޯޓް އޮތް ނަމަވެސް އެ މީހަކީ އެހެން ގައުމެއްގެ ޕާސްޕޯޓް އޮތް މީހަކަށްވާ ނަމަ އެ ޕާސްޕޯޓެއްގައި ރާއްޖެއަށް އެތެރެވެވޭ ގޮތަށެވެ. އެގޮތަށް ބަދަލުކުރީ ދެ ގައުމެއްގެ ރައްޔިތުކަން ނުވަތަ ޕާސްޕޯޓް އޮންނަ މީހެއްކަން ދެނެގަތުމުގެ ގާބިލްކަން އިމިގްރޭޝަންގައި ނެތް ކަމަށް އެ އިދާރާ އިން މަޖިލީހަށް ދިން ލަފާގައި ބުނުމުންނެވެ.