Roadha Mihaaru
އިޒްރޭލު ހުއްޓުވަން މުޅި ދުނިޔެ ތެދުވަން ގޮވާލައްވައިފި

އިޒްރޭލާ ދެކޮޅަށް ދުނިޔޭގެ ފުރިހަމަ ބާރު ބޭނުންކުރަން ރައީސް ގޮވާލައްވައިފި

29 ނޮވެމްބަރ 2024

ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފަށް ފަލަސްތީނުގެ ބިންތަކަށް ވެރިވެގަނެ، އެ ގައުމުގެ ރައްޔިތުންގެ ނަސްލު ނައްތާލުމަށް އިޒްރޭލުން ހިންގަމުންދާ އަނިޔާވެރި ޖަރީމާތައް ހުއްޓުވަން، މުޅި ދުނިޔޭގެ ހުރިހާ ސިޔާސީ އަދި އިގުތިސާދީ ބާރެއް ބޭނުން ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ގޮވާލައްވައިފި އެވެ.

ފަލަސްތީނުގެ ރައްޔިތުންނާ އެކު ތިބިކަން ހާމަކުރުމަށް މިއަދު ފާހަގަކުރަމުން އަންނަ ބައިނަލްއަގުވާމީ ދުވަހާ ގުޅުވައި، ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ އެ ގައުމުގެ ރައްޔިތުންނަށް ލިބެންޖެހޭ ހައްގުތައް ހޯދައިދިނުމުގައި ރާއްޖެ އިން އަބަދުވެސް ސާބިތުކަމާ އެކު ދެމިއޮންނާނެ ކަމުގެ ޔަގީންކަން ތަކުރާރު ކުރައްވައިފަ އެވެ.

ފަލަސްތީނުގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ނިކަމެތިކަމާއި ހިތްދަތިކަމަކީ، ކޮންމެ ދިވެއްސަކަށް ވެސް އަމިއްލަ އަށް ކުރެވޭ އިހުސާސެއްގެ ގޮތުގައި އެ މަނިކުފާނު ސިފަކުރެއްވި އެވެ.

"އިޒްރޭލުގެ ގާނޫނާ ހިލާފު އިސްތިއުމާރު ނިމުމަކަށް ގެނެސް، ހަނގުރާމައިގެ ނަމުގައި ހިންގާ ޖަރީމާތަކާއި ނަސްލު ނައްތާލުމުގެ އަމަލުތަކުގެ ފަހަތުގައި ތިބި ހުރިހާ މީހުން އިންސާފުގެ ކުރިމައްޗަށް ގެނައުމަށްޓަކައި، މުޅި ދުނިޔޭގެ ފުރިހަމަ ސިޔާސީ އަދި އިގުތިސާދީ ބާރެއްގެ ބޭނުން ހިފަން ރާއްޖޭން ގޮވާލަން،" ރައީސް ވިދާޅުވި އެވެ.

ފަލަސްތީނުގެ މައްސަލަ އަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި، 1967 ވަނަ އަހަރުގެ ކުރިން ކަނޑައަޅާފައިވާ އިމުގެ ތެރޭގައި އެ ގައުމުގެ މުސްތަގިއްލު، މިނިވަން ދައުލަތެއް ގާއިމުކޮށް، އިރުމަތީ ގުދުސް އަކީ ފަލަސްތީނުގެ ވެރިރަށުގެ ގޮތުގައި ކަނޑައެޅުމަށް ރާއްޖެ އިން އަބަދުވެސް ވަކާލާތު ކުރާކަން ފާހަގަކުރައްވައި، އެކަން ރައީސް މުއިއްޒު މިއަދު ވެސް ތަކުރާރު ކުރެއްވި އެވެ.