Roadha Mihaaru

ގެއްލުނު އެތައް ބައެއްގެ މަރު ކަށަވަރުވެ ޣައްޒާގައި މިހާތަނަށް ޝަހީދުވި އަދަދު 52،000 އަށް

އިޒްރޭލުން ފަލަސްތީނުގެ ޣައްޒާއަށް ދެމުން ގެންދާ ހަމަލާތަކުގައި ގެއްލިފައިވާ ކަމަށް ރިޕޯޓްކޮށްފައިވާ އެތައް ބަޔަކު ވެސް ޝަހީދުވެފައިވާ ކަމަށާއި އެހެންވެ މިހާތަނަށް ޝަހީދުވި އަދަދު 52،000 އަށް އަރާފައިވާ ކަމަށް ޣައްޒާގެ ހެލްތު މިިނިސްޓްރީން ބުނެފި އެވެ.

ޣައްޒާގައި މިހާތަނަށް ޝަހީދުވި އަދަދު 52،000 އަށް

އިޒްރޭލުން ފަލަސްތީނުގެ ޣައްޒާއަށް ދެމުން ގެންދާ ހަމަލާތަކުގައި ގެއްލިފައިވާ ކަމަށް ރިޕޯޓްކޮށްފައިވާ އެތައް ބަޔަކު ވެސް ޝަހީދުވެފައިވާ ކަމަށާއި އެހެންވެ މިހާތަނަށް ޝަހީދުވި އަދަދު 52،000 އަށް އަރާފައިވާ ކަމަށް ޣައްޒާގެ ހެލްތު މިިނިސްޓްރީން ބުނެފި އެވެ.

"ގެއްލިފައިވާ މީހުން މޮނިޓާކުރާ ކޮމިޓީން އެ މީހުންގެ މައުލޫމާތު ފުރިހަމަކޮށް ކަށަވަރު ކުރުމަށްފަހު އިތުރު 697 ޝަހީދުން ޖުމުލަ ތަފާސްހިސާބުތަކަށް ވަނީ އިތުރުކޮށްފައި،" ހެލްތު މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

އެ ބަޔާނުގައި ވަނީ މި އަދަދާ އެކު އޮކްޓޫބަރު 7، 2023 އިން ފެށިގެން އިއްޔެގެ ނިޔަލަށް ޝަހީދުވި އަދަދު 52،243 އަށް އަރާފައިވާ ކަމަށެވެ.

އަލް އަގްސާ މާތީރްސް ހޮސްޕިޓަލްގެ ތަރުޖަމާނު ޚަލީލް އަލް-ދަކްރާން ވިދާޅުވީ، ގެއްލިފައިވާ ކަމަށް އާއިލާތަކުން ރިޕޯޓްކުރި ބައެއް މީހުންގެ ހަށިތައް، އިޒްރޭލުގެ އަސްކަރިއްޔާގެ ސަބަބުން މެޑިކަލް ޓީމްތަކަށް ކުރިން ނުވަދެވޭ ސަރަހައްދުތަކުން ފެނިފައިވާ ކަމަށެވެ.

ޣައްޒާގައި ހެލްތު މިނިސްޓްރީ ހިންގަނީ ހަމާސް އިން ކަމަށް ވާތީ، ޝަހީދުވި ކަމަށް ބުނާ އަދަދުގެ ސައްހަކަމާ މެދު އިޒްރޭލުން އަބަދުވެސް ސުވާލު އުފައްދަ އެވެ. އިޒްރޭލުން ބުނަނީ އޭގެ ތެރެއިން އާންމުންނާއި ހަނގުރާމަވެރިންގެ އަދަދު ވަކިން ހާމަ ނުކުރާއިރު ގިނަވާނީ ހަނގުރާމަވެރިން ކަމަށެވެ.

ޣައްޒާގައި ހަމަލާދޭތާ 15 މަސް ދުވަސް ފަހުން ޖެނުއަރީ މަހު ހަމަލާތައް މެދުކަނޑާލުމަށް ފަހު މިދިޔަ މަހުގެ 18 ގައި އަލުން ހަމަލާތައް ފެށި ފަހުން ޝަހީދުވި އަދަދު ވެސް މިހާރު ވަނީ 2،151 އަށް އަރައިފަ އެވެ.