މަސައްކަތްތެރިންނާއި ހުރިހާ ދިވެހިންގެ ހައްގުތަކުގެ ދިފާއުގައި މޭޑޭގައި ބޮޑު އެއްވުމަށް ބާއްވަން އިދިކޮޅު އެމްޑީޕީން ނިންމައިފި އެވެ.
25 އެޕްރީލް 2025
މަސައްކަތްތެރިންނާއި ހުރިހާ ދިވެހިންގެ ހައްގުތަކުގެ ދިފާއުގައި މޭޑޭގައި ބޮޑު އެއްވުމަށް ބާއްވަން އިދިކޮޅު އެމްޑީޕީން ނިންމައިފި އެވެ.
އިދިކޮޅު އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައްޔިތުންގެ މަޖިލީހުގެ އަލިފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ވިދާޅުވީ، މެއި 1 ވަނަ ދުވަހު ފާހަގަކުރާ، މޭޑޭގެ އެއްވުން ބާއްވަން ނިންމާފައިވަނީ އެ ދުވަހުގެ ރޭ 8:30 ގައި އާޓިފިޝަލް ބީޗުގައި ކަމަށެވެ.
މި އެއްވުމުގައި ހައްގުތަކުގައި ދިފާއުގައި ގިނަ ބަޔަކު އަޑު އުފުލާނެ ކަމަށާއި ގިނަ އަދަދެއްގެ މަސައްކަތްތެރިން ވެސް ބައިވެރިވުމަށް ހަމަޖެހިފައިވާ ކަމަށް ބިގޭ ވިދާޅުވި އެވެ.
މަސައްކަތްތެރިންގެ އިތުރުން ވެސް ގިނަ ބައެއްގެ ހައްގުތައް ގެއްލިފައިވާ ކަން ފާހަގަކުރައްވައި، އޭނާ ވިދާޅުވީ މި ވަގުތު ރާއްޖޭގައި ފަރުދީ ގޮތުން ނިކަމެތިކަން ތަހައްމަލު ކުރަން ނުޖެހޭ އެންމެ ފަރުދެއް ވެސް ނެތް ކަމަށެވެ.
އެގޮތުން އެންމެ އަސާސީ ހިދުމަތްތައް ކަމަށްވާ ކަރަންޓާއި ބޭސް ލިބުމުގެ ހުރި ދަތިތަކާއި ސިއްހީ ފަރުވާ ހޯދުމުގައި ވެސް ދަތިތައް ކުރިމަތިވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ވަޒީފާގެ މިނިވަންކަމާއެކު ވަޒީފާގައި ހުރުމުގެ މިނިވަންކަމެއް ނެތް. ކިރިޔާ ވެސް ހިޔާލު ތަފާތުވާ ބޭފުޅެއް ކަމަށް ވެއްޖެއްޔާ. ހަމަ އެހެންމެ ސިޔާސީ ބޭނުމަށްޓަކައި ތަންނެތް މިންވަރަށް އާމްދަނީއާ ނުކަތާ ވަރަށް، އިގްތިސާދު ފުނޑިގެންދާ ވަރަށް ސިޔާސީ ބޭނުމަށްޓަކައި ވަޒީފާ ދެއްވަމުން އެ ގެންދަނީ،" ބިގޭ ވިދާޅުވި އެވެ.
އެމްޑީޕީގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ އެ ޕާޓީ އުފެދުމުގައި ވެސް މަސައްކަތްތެރިންގެ ބޮޑު ބައިވެރިވުމެއް އޮތް އިރު، މަސައްކަތްތެރިންގެ ހައްގުތައް މިހާ ބޮޑު ގޮތެއްގައި ސަރުކާރުން ނިގުޅައިގެންފައިވާތީ އެކަމާ ދެކޮޅަށް ރައްޔިތުން ނުކުތުމަށް ގޮވާލައިފަ އެވެ.
ކޮންމެ އަހަރަކު ވެސް މަސައްކަތްތެރިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ މެއި މަހުގެ އެއް ވަނަ ދުވަހެވެ.
ޒުވާނުންގެ މުޒާހަރާތަކުގައި އެމްޑީޕީން ބައިވެރިވަނީ
މުޒާހަރާއިން ހައްޔަރުކުރި މީހުން ދޫކޮށްލަން ގޮވާލައިފި
މިއީ ބޭއިންސާފުތަކާ ދެކޮޅު އަޒުމް ކަނޑައެޅުމުގެ ދުވަސް
މާޒް ސަލީމް ފުލުހަށް ހާޒިރުވާން އަންގައިފި
އެމްޑީޕީގެ އެއްވުމުގައި ހިނގި ކަންކަން ކުށްވެރިކޮށްފި
ހަމަޖެހުން ގެނެވޭނީ އެންމެންގެ ވިސްނުމާއެކު: ފައިސަލް
މުޒާހަރާތަކާ ގުޅިގެން މަންދީ އާއި ޝިއުނާ ފުލުހަށް
މުޒާހަރާތަކާ ގުޅިގެން ރާއީ، މޫކޭ ޕޮލިހަށް ހާޒިރުކުރަނީ
އެއްވެ އުޅުމުގެ ހައްގު ހިމާޔަތް ކުރާނެކަން ފެނިއްޖެ
އެމްޑީޕީން މި މަހު 31 ގައި އެއްވުމެއް ބާއްވަނީ