ބްރޯޑްކާސްޓިންގެ އުސޫލާ ހިލާފަށް ލައިވް ކުރާ ނަމަ ގާނޫނީ އިމުގެ ތެރެއިން ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން މިއަދު ދީފި އެވެ.
24 އެޕްރީލް 2025
ބްރޯޑްކާސްޓިންގެ އުސޫލާ ހިލާފަށް ލައިވް ކުރާ ނަމަ ގާނޫނީ އިމުގެ ތެރެއިން ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން މިއަދު ދީފި އެވެ.
އެ ކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނީ ރާއްޖޭގައި ބްރޯޑްކާސްޓު ކުރާ މުޒާހަރާތަކާއި އެެއްވުންތައް ދެއްކުމުގައި އަމަލު ކުރަންވީ ގޮތް ބަޔާން ކޮށްފައި ވާނެ ކަމަށެވެ.
އެ ގަވައިދުގެ ދަށުން، ބްރޯޑްކާސްޓް ކުރުމުގެ ކޯޑް އޮފް ޕްރެކްޓިސް އަކީ ހުރިހާ ވަގުތެއްގައި ވެސް އަމަލު ކުރަންޖެހޭ މިންގަނޑެއް ކަމަށް ވެސް ބުންޏެވެ.
ބްރޯޑްކާސްޓު ކުރުމުގެ ގާނޫނާ އެއްގޮތަށް އަމަލު ކުރުމަށާއި އެއާ ހިލާފަށް އެފަދަ އެއްވުންތަކާއި މުޒާހަރާތައް ނުދެއްކުމަށް އެ ކޮމިޝަނުން އެދުނެވެ.
ބްރޯޑްކޮމްގެ މެމްބަރުންތަކެއް.--- ފޮޓޯ: ބްރޯޑްކޮމް
"ގާނޫނާއި ގަވައިދުތަކުގެ ދަށުން އެކުލަވާލާފައިވާ ގަވައިދުތަކާއި އުސޫލުތަކާ ހިލާފުވާ ބްރޯޑްކާސްޓަރުންނާ މެދު ގާނޫނީ އިމުގެ ތެރެއިން، މި ކޮމިޝަނުން ފިޔަވަޅު އަޅާނެ ކަމުގައި ދަންނަވަން،" ކޮމިޝަންގެ ބަޔާނުގައިވެ އެވެ.
ބްރޯޑްކޮމުން މިއަދު ބަޔާނެއް ނެރެފައި މި ވަނީ އިމާރާތެއްގެ ނުވަ ވަނަ ފްލޯއިން، ޖެހިގެން ހުރި ގުދަނެއްގެ ފުރާޅު މައްޗަށް ވެއްޓުނު ޒުވާނާ އަށް އިންސާފު ހޯދައިދީ، އެކަމުގައި ބައިވެރިވި މީހުން ހައްޔަރު ކުރަން ގޮވާލައި ރޭ މާލޭގައި ބޭއްވި މުޒާހަރާއަށް ފަހު އެވެ.
ހެންވޭރުގައި ހުންނަ ގުދަނެއްގެ ފުރާޅު މައްޗަށް އުމުރުން 21 އަހަރުގެ އަންހެނަކު ވެއްޓިފައި އޮއްވައި މިދިޔަ ހުކުރު ދުވަހުގެ ހެނދުނު ފެނިފައިވާއިރު، އެ މައްސަލައިގެ ތަހުގީގު ފުލުހުން ގެންދާ ގޮތުން ގިނަ ބައެއްގެ ހިތްހަމަނުޖެހުންތައް ވަނީ އަމާޒުވެފަ އެވެ.
އެ ކަންބޮޑުވުންތަކާ ހެދި ހެންވޭރު ޕޮލިސް ސްޓޭޝަން ސަރަހައްދަށް ޒުވާނުންގެ ގިނަ ބަޔަކު ރޭ އެއްވެ ވަނީ އަޑު އުފުލައިފަ އެވެ.
އާންމުން ޓީވީ ބަލައި ރޭޑިއޯ އަޑުއަހާ މިންވަރު ބަލަނީ
ބްރޯޑްކޮމަށް މުހަންމާ އާއި މުއާ އައްޔަން ކުރަނީ
އެކްރެޑިޓް ފާސް ދޫކުރާނީ ބްރޯޑްކާސްޓަރުންނަށް:ބްރޯޑްކޮމް
ރައީސަށް ވަގަށް ގޮވާ ލަވަ ނުދައްކަން އަންގައިފި
ބައިސްކޯފު ހުއްޓާލަން އެންގުނީ އޮޅުމަކުން: ބްރޯޑްކޮމް
ދިރާގު ޓީވީގެ ލައިސަންސް މައްސަލަ އަނބުރާ ގެންގޮސްފި
ގަވާއިދު ބަދަލުކުރުމުން ދިރާގުޓީވީގެ ހިދުމަތް ހުއްޓާލަނީ
ދިރާގުޓީވީ މައްސަލައަށް މީޑިއާނެޓަށް ނުވަދެވޭނެ: ކޯޓް
ދިރާގުޓީވީގެ ލައިސަންސް ކޯޓުން ދެމެހެއްޓުމުން ހައިކޯޓަށް
ކޯޓުން ނިމެންދެން ދިރާގު ޓީވީގެ ލައިސަންސް ދެމިއޮންނާނެ