މޯލްޑިވްސް އިސްލާމިކް ބޭންކުގެ އަހަރީ އާއްމު ޖަލްސާ އަންނަ މަހުގެ 8 ވަނަ ދުވަހު ބާއްވަން އިއުލާނު ކޮށްފި އެވެ.
24 އެޕްރީލް 2025
މޯލްޑިވްސް އިސްލާމިކް ބޭންކުގެ އަހަރީ އާއްމު ޖަލްސާ އަންނަ މަހުގެ 8 ވަނަ ދުވަހު ބާއްވަން އިއުލާނު ކޮށްފި އެވެ.
އެ ބޭންކުން ބުނީ އަންނަ މަހުގެ 8 ވަނަ ދުވަހުގެ މެންދުރު 2 ޖަހާއިރު ފަހިވޯޓު މެދުވެރިކޮށް އޭޖީއެމް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެ ޖަލްސާގައި ބައިވެރިވެވޭނީ މި މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ރަޖިސްޓްރީކޮށްފައިވާ ހިއްސާދާރުންނަށެވެ.
އެ ބޭންކުގެ ހިއްސާދާރުންނަށް އަންނަ މަހުގެ ހަ ވަނަ ދުވަހުގެ 2 ޖަހަންދެން އޭޖީއެމްގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރެވޭނެ އެވެ. އަދި ޕްރޮކްސީންގެ ގޮތުގައި ރަޖިސްޓްރީވުމުގެ ފުރުސަތު ވެސް ހަ ވަނަ ދުވަހުގެ 2 ޖަހަންދެން ވަނީ ހުޅުވާލައިފަ އެވެ.
އެމްއައިބީން މިއަހަރުގެ އަހަރީ އާއްމު ޖަލްސާގައި ހިއްސާއަކަށް 4.58ރ. ބަހަން ހުށަހަޅާނެ އެވެ. އަދި ބެންކުގެ ޑިރެކްޓަރުންގެ ރިޕޯޓާއި މާލީ ރިޕޯޓް ފާސްކުރަން ހުށަހަޅާނެ އެވެ. އަދި އަންނަ އަހަރުގެ އޮޑިޓަރުން ހޮވުމާއި އެގްޒެކެޓިވް ޑިރެކްޓަރު ހޮވުން އޮންނާނެ އެވެ.
އެމްއައިބީން މިދިޔަ އަހަރުގެ ސާފު ފައިދާގެ ގޮތުގައި 278 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 101 ޕަސެންޓު އިތުރު އަދަދެކެވެ.
އެމްއައިބީ އަކީ ރާއްޖޭގެ ފުރަތަމަ އަދި ހަމައެކަނި ފުލްފްލެޖް އިސްލާމިކް ބޭންކެވެ. އަދި ރާއްޖޭގައި ޑިޖިޓަލްކޮށް ހުރިހާ ހިދުމަތެއް ދޭން ފެށި ފުރަތަމަ ބޭންކެވެ.
އެމްއައިބީއަށް މިދިޔަ އަހަރު 278 މިލިއަންގެ ފައިދާ
އެމްއައިބީން "ރޯދަ ކެޗާ"ގެ ނަމުގައި ހާއްސަ ޗެލެންޖެއް
ހިއްސާދާރުންނަށް 103 މިލިއަން ބަހަން ހުށަހަޅަނީ
ފަހު 10ގައި އެމްއައިބީގެ ބިޒްނަސް ސެންޓަރުގެ ހިދުމަތް
ފަހު 10ގައި ތިން ދުވަހަކު އެމްއައިބީ ހުޅުވަނީ
މޯލްޑިވްސް އިސްލާމިކް ބޭންކަށް 14 އަހަރު
އެމްއައިބީ އާއި ފަހި ޕްލާޒާ ގުޅިގެން ޕްރޮމޯޝަނެއް
އެމްއައިބީ އާއި އެސްޖޭ މޯލް ގުޅިގެން ޕްރޮމޯޝަނެއް
ތިން ރެސްޓޯރެންޓަކާ އެކު އެމްއައިބީގެ ޕްރޮމޯޝަނެއް
އިހްސާން ފިހާރައިން ބޮޑެތި ފައިސާގެ އިނާމުތަކެއް