މާލޭގެ އިމާރާތެއްގެ މަތިން ޒުވާން އަންހެނަކު ވެއްޓުނު މައްސަލާގައި މިނިވަން ތަހުގީގެއް ހިންގަން އެމްޑީޕީން މިރޭ ގޮވާލައިފި އެވެ.
23 އެޕްރީލް 2025
މާލޭގެ އިމާރާތެއްގެ މަތިން ޒުވާން އަންހެނަކު ވެއްޓުނު މައްސަލާގައި މިނިވަން ތަހުގީގެއް ހިންގަން އެމްޑީޕީން މިރޭ ގޮވާލައިފި އެވެ.
ހެންވޭރުގައި ހުންނަ ގުދަނެއްގެ ފުރާޅު މައްޗަށް 21 އަހަރުގެ އަންހެނަކު މިދިޔަ ހުކުރު ދުވަހުގެ ހެނދުނު ވެއްޓިފައި އޮއްވާ ފެނުނު މައްސަލައާ ގުޅިގެން އެމްޑީޕީން ނެރުނު ބަޔާނުގައި ބުނީ އެ ހާދިސާގެ ތަހުގީގު ކުރިއަށް ދަނީ މީގެ ކުރިން އަމަލުކޮށްފައިވާ ބައެއް އުސޫލުތަކާ ހިލާފަށް ކަމަށް އަންހެން މީހާގެ އާއިލާއިން ބުނާ ކަމަށެވެ.
އެ ހާދިސާގެ ތަހުގީގުގައި އާއްމު އުސޫލުން ބޭރުން ހާއްސަ ގޮތަކަށް ފުލުހުން އަމަލުކުރަމުންދާ ކަމުގެ ތުހުމަތުތައް އަމާޒުވެފައިވާތީ އެމްޑީޕީން ވަނީ ފުލުހުންގެ ގަވާއިދުތަކާއި އުސޫލުތަކުގެ ތެރެއިން ތުހުމަތުވާ ފަރާތްތަކާ މެދު އަމަލުކޮށް، މިނިވަން ތަހުގީގެއް ހިންގަން ގޮވާލައިފަ އެވެ.
"ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީން ފުލުހުންގެ އިދާރާއަށް ގޮވާލަނީ ނުފޫޒުން އެއްކިބާވެފައިވާ އިންސާފުވެރި ތަހުގީގެއް މިކަމުގައި ކުރިއަށް ގެންގޮސް ޝައްކެއް ނުއުފެދޭނެ މިންވަރަށް ކަމުގެ ހަގީގަތް ދިވެހި ރައްޔިތުންނަށް ހާމަކޮށްދިނުމަށެވެ. ހަމަ އެހެންމެ މި ހާދިސާގެ ތަހުގީގުގައި ފުލުހުންގެ ފަރާތުން އެއްވެސް އިހުމާލެއް ވެފައިވާނަމަ އެ މައްސަލައެއް ބަލައި ފިޔަވަޅު އެޅުމަށް ވެސް ގޮވާލަމެވެ." ބަޔާނުގައި ވެ އެވެ.
އެ ހާދިސާގެ މައުލޫމާތު ހިއްސާކުރަން ފުލުހުން ރޭ ބޭއްވި ފުރަތަމަ ނިއުސް ކޮންފަރެންސްގައި ބުނީ އިމާރާތުގެ ނުވަ ވަނަ ފަންގިފިލާގެ ފެންލައިޓުން ޖެހިގެން ހުރި އިމާރާތުގެ މައްޗަށް ވެއްޓުނުއިރު އެ ޒުވާނާ ހުރީ މަސްތުގެ ހާލުގައި ކަމަށެވެ. އަދި އޭނާ ރޭޕްކޮށް އިމާރާތުން ބޭރަށް ވައްޓާލި ކަމަށް ތުހުމަތު ކުރިޔަސް، އެފަދަ އެއްވެސް ހެއްކެއް ނެތް ކަމަށް ފުލުހުން ރޭ ބުންޏެވެ. އަދި އެ މައްސަލާގައި ސިޔާސީ ބައެއްގެ ބައިވެރިވުން އޮތް ކަމަށް ބުންޏަސް، އަނިޔާވި ޒުވާނާއާ ބައްދަލުވި މީހުން ދެނެގަނެވުނުއިރު، އޭގެ ތެރޭގައި ސިޔާސީ މީހަކު ނުހިމެނޭ ކަމަށް ފުލުހުން ބުންޏެވެ.
އެކަމަކު، "ކްލޯޒް ޑޯ" ނިއުސް ކޮންފަރެންސްގައި، އަނިޔާވި ޒުވާނާގެ ވަނަވަރު އާއްމު ކުރިޔަސް، ދެން ތިބި އެންމެންގެ މައުލޫމާތު ސިއްރުކުރުމުން ފުލުހުންނަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވެ އެވެ.
އެމްޑީޕީގެ ބަޔާނުގައި ވެސް ބުނީ ވަކި ފަރާތަކަށް ނުޖެހި، ޒާތީ ކަންކަމުން ދުރުވެ، ހަމަހަމަ ގޮތުގައި ގާނޫނު ތަންފީޒު ކުރުމަކީ ފުލުހުންގެ ޒިންމާއަކަށް ވިޔަސް، އެ ހާދިސާގެ ބައެއް މައުލޫމާތުތައް ހިފަހައްޓައި ސިއްރު ނޫސްވެރިންގެ ބައްދަލުވުމެއްގައި، އަނިޔާ ލިބުނު ޒުވާނާގެ މައުލޫމާތު ހާމަކުރުމަކީ އިންސާފަށް އޮތް ހުރަހެއް ކަމަށެވެ.
ރާއްޖޭގައި މަސްތުވާތަކެތި އާއްމުވެ، އެ ވަބާގައި ޒުވާން އެތައް ބަޔަކު ޖެހި އިޖުތިމާއީ ފޭރާން ވީރާނާވަމުން ދާއިރު މަސްތުވާތަކެއްޗާ ދެކޮޅަށް ހިންގާ އޮޕަރޭޝަންތައް ވަރުގަދަކޮށް، މަސްތުވާތަކެތީގެ ވިޔަފާރިކުރާ ފަރާތްތައް ގާނޫނުގެ ކުރިމައްޗަށް ގެނައުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރުމަށް އެމްޑީޕީން ވަނީ ގޮވާލައިފަ އެވެ.
ކޭބަލްތައް ބުރިކޮށްލި މީހާގެ ބަންދަށް 10 ދުވަސް
ޒުވާނުންގެ މުޒާހަރާތަކުގައި އެމްޑީޕީން ބައިވެރިވަނީ
އަމީންގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް
ޒުވާނަކު ވެއްޓުނު މައްސަލާގެ ތަހުގީގަށް ހުރަހެއް ނާޅަން
ކުއްޖަކަށް ޖިންސީގޯނާކުރި މީހަކު 54 އަހަރަށް ޖަލަށް
"ޖިނާއީ ތަހުގީގެއް ހިންގަން ފުލުހުގައި ނޭދެން"
އަންނައުނު ބާލުވައިގެން ކޮންމެ މީހެއްގެ ފޮޓޯއެއް ނުނަގާ
"މަންދީގެ ޖިނާއީ ތަހުގީގާ ފަސްޓްލޭޑީއާ ގުޅުމެއް ނެތް"
މަންދީ އާއި މާޒްގެ ހަށިގަނޑުގެ ފޮޓޯ ނަގަން އަމުރެއް
ކަޅުތެޔޮ ޖެހި މައްސަލަ ސާޖިދާ ކުށްވެރި ކުރައްވައިފި