ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އުވާލައި ޕްރިފެރެންޝަލް ވޯޓިން ނިޒާމަކުން ރައީސުލްޖުމްހޫރިއްޔާ އިންތިހާބު ކުރުމަށް ނިޒާމު ބަދަލު ކުރަން އުޅެނީ ވޯޓު އޮޅުވާލުމަށް ކަމަށް އިދިކޮޅު އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
21 އެޕްރީލް 2025
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އުވާލައި ޕްރިފެރެންޝަލް ވޯޓިން ނިޒާމަކުން ރައީސުލްޖުމްހޫރިއްޔާ އިންތިހާބު ކުރުމަށް ނިޒާމު ބަދަލު ކުރަން އުޅެނީ ވޯޓު އޮޅުވާލުމަށް ކަމަށް އިދިކޮޅު އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވީ ވޯޓުލާ ނިޒާމަށް ބަދަލުގެންނަން މިހާރު ދައްކާ ވާހަކަތަކަކީ ވޯޓު ގުނުން އެތައް ބުރަކަށް ދަންމާލައި، ފޮށިތައް މާލެ ގެނެސް ވޯޓު އޮޅުވާލުމަށް ރާވާ ރޭވުމެއް ކަމަށެވެ.
ޝާހިދު ދެކެވަޑައިގަންނަވާ ގޮތުގައި ވޯޓު ގުނަންވާނީ ވޯޓުލީ މަރުކަޒެއްގައި އެންމެންގެ ކުރިމަތީގަ އެވެ. އިންތިހާބުވާ ކެންޑިޑޭޓަކަށް ވޯޓުލީ މީހުންގެ ސާފު އަޣްލަބިއްޔަތު ލިބެންޖެހޭނެ ކަމަށް ވިދާޅުވި އެވެ.
"މި ސޮއްސާލަނީ ކުޑަ ކާފު ބޮޑު ކާފުގެ ޒަމާނަށް. ކިތަންމެ މޮޅު ނަމެއްކިޔަސް އިހްލާސްތެރި ކަމުގެ ޒައްރެއްވެސް ނެތް. ނިޔަތަކީ ވޯޓު ފޮއްޓަށް އަތް ބޭނުން. ވޯޓު އޮޅުވާލުން،" ޝާހިދު ވިދާޅުވި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެ މަނިކުފާނު ވަކާލާތު ކުރައްވާ ވޯޓިން ނިޒާމަކީ ޕްރިފެރެންޝަލް ވޯޓިން ނިޒާމު ކަމަށް ވިދާޅުވެފަ އެވެ. ރައީސް އެހެން ވިދާޅުވީ، އެ މަނިކުފާނުގެ ވަޓްސްއެޕް ގުރޫޕުގައި ލިޔުއްވި މެސޖެއްގަ އެވެ.
ޕްރިފެރެންޝަލް ވޯޓިން ބަހުސް އަނެއްކާވެސް ފެށުނީ އެގޮތަށް ގާނޫނުއަސާސީ އިސްލާހު ކުރަން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތާއީދަށް ރައީސް މުއިއްޒު އެދިވަޑައިގެންފައިވާތީ އެވެ. އެގޮތަށް އެދިވަޑައިގެންނެވީ މިދިޔަ ހަފުތާގައި މުލީއާގޭގައި ޕީއެންސީގެ މެންބަރުންނާ އެކު ބޭއްވެވި ބައްދަލުވުމެއްގަ އެވެ.
ރައީސްގެ އެ އެދިވަޑައިގެންނެވުމާ އެކު، ސިޔާސީ އަދި ގާނޫނީ ބޭފުޅުންގެ މެދުގައި ހިޔާލު ތަފާތުވެފައިވަނިކޮށް، އެ ނިޒާމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު އިއްޔެ ވަނީ ތާއިދު ކުރައްވައިފަ އެވެ. ނަމަވެސް، އިދިކޮޅު އެންމެ ބޮޑު ޕާޓީގެ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވެސް ވަނީ އެ ނިޒާމާ ދެކޮޅު ކަން ހާމަކުރައްވައިފަ އެވެ.
ސްރީ ލަންކާ އާއި އެމެރިކާ އަދި އިނގިރޭސި ވިލާތުގައި ވެސް ބޭނުންކުރާ ޕްރިފެރެންޝަލް ވޯޓިން ނިޒާމަކީ ތާއިދު ކުރާ ކެންޑިޑޭޓުން ނުވަތަ އިހުތިޔާރު ކުރާ ކެންޑިޑޭޓުން ތަރުތީބުކޮށް ވޯޓުލާ ނިޒާމެކެވެ. މި ނިޒާމުގައި ވޯޓުދޭ މީހުން ހަމައެކަނި އެއް ކެންޑިޑޭޓަކު ހޮވުމުގެ ބަދަލުގައި ކެންޑިޑޭޓުން ތަރުތީބުކޮށް (1 ވަނަ، 2 ވަނަ، 3 ވަނަ، އަދި މިފަދައިން) އިސްކަންދޭ ތަރުތީބުން ވޯޓުލަ އެވެ.
ނިޒާމުގައި ވޯޓުދޭ ބައެއް ގޮތްތައް:
- ވޯޓުދޭ މީހުން ކެންޑިޑޭޓުން ތަރުތީބުކުރުން - ވޯޓު ކަރުދާހުގައި، ވޯޓުދޭ މީހުން އެންމެ ބޮޑަށް އިސްކަންދޭ ކެންޑިޑޭޓު (1) އިން ފެށިގެން އެންމެ ކުޑަކޮށް އިސްކަންދޭ ކެންޑިޑޭޓާ ހަމައަށް ނަންބަރު ޖެހުން
- ވޯޓު ގުނުން - އެއްވެސް ކެންޑިޑޭޓަކަށް ސީދާ އަޣުލަބިއްޔަތު (50%+1) ނުލިބޭ ނަމަ އެންމެ މަދުން ވޯޓު ލިބުނު ކެންޑިޑޭޓު އިންތިހާބުގެ ވާދައިން ވަކިކުރުން
- ވޯޓުތައް އަލުން ބެހުން - ވަކިކުރި ކެންޑިޑޭޓަށް ލިބުނު ވޯޓުތައް، ވޯޓު ދިން މީހުން ދެވަނަ އަށް އިސްކަންދީފައިވާ ކެންޑިޑޭޓުންނަށް ބަހާލުން
- އަޣުލަބިއްޔަތު ލިބެންދެން ތަކުރާރުކުރުން - މި ޕްރޮސެސް ކުރިއަށް ގެންދާނީ އެއް ކެންޑިޑޭޓަކަށް އަޣުލަބިއްޔަތު ލިބި، ކާމިޔާބުކުރި ކެންޑިޑޭޓެއްގެ ގޮތުގައި އިއުލާން ކުރެވެންދެން.
އިންޑިއާގެ ގުޅުމަށް މަލާމާތްކުރާތީ ނަޝީދުގެ ރައްދެއް!
ވަކާލަތު ކުރަނީ ޕްރިފެރެންޝަލް ވޯޓިން އަށް: ރައީސް
އެމްޑީޕީގެ އެއްވުމުގައި ހިނގި ކަންކަން ކުށްވެރިކޮށްފި
މުޒާހަރާގައި ދެއްކި ވާހަކައަށް ފިޔަވަޅުއަޅަން ގޮވާލައިފި
އެމްޑީޕީ މުޒާހަރާގައި ދެއްކި ވާހަކަ ކުށްވެރިކޮށްފި
ރިޔާސީ ބަޔާން އިއްވާ ވަގުތު އެމްޑީޕީން އިހުތިޖާޖުކުރަނީ
އެމްޑީޕީގެ އެކްޓިވިސްޓު ދޮންކޮޅު ޕީއެންސީއަށް
ވޮޝިންގްޓަން ޕޯސްޓުގެ ރިޕޯޓު އިންޑިއާ އިން ދޮގުކޮށްފި
"ރޯގެ އެހީގައި ވެރިކަން ވައްޓާލުމުގެ ރޭވުމެއް ރޭވި"
ދީން ގަބޫލުނުކުރާކަމަށް ބުނި މައްސަލަ ބަލަން ގޮވާލައިފި