ކުށުގެ ވެށީގައި އުޅޭ ކުޑަކުދިން އިތުރުވަމުންދާތީ ފުލުހުން ކަންބޮޑުވެއްޖެ އެވެ.
13 އެޕްރީލް 2025
ކުށުގެ ވެށީގައި އުޅޭ ކުޑަކުދިން އިތުރުވަމުންދާތީ ފުލުހުން ކަންބޮޑުވެއްޖެ އެވެ.
ގޭންގު ކުށްތައް ހުއްޓުވަން އަލަށް އުފެއްދި ވިންގުގެ ހެޑް، ސުޕްރިޓެންޑެންޓު އޮފް ޕޮލިސް އާރިފް "މިހާރު"އަށް ވިދާޅުވީ ގްރޫޕުތަކުން ހިންގާ ކުށްތައް ހުއްޓުވަން ހާއްސަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އޭގެ ނަތީޖާތައް ވެސް ފެންނަ ކަމަށް ފުލުހުން ބުންޏެވެ.
އޭނާ ވިދާޅުވީ އެގޮތަށް ހިންގާ އޮޕަރޭޝަންތައް އިތުރުވުމާ އެކު ކުށުގެ މާހައުލުތަކުން އަތުލައިގަނެވޭ ކުޑަކުދިން ވެސް އިތުރު ކަމަށެވެ. ނަމަވެސް، އެ ބަދަލަކީ ކުޑަކުދިންނަށް ޓާގެޓުކޮށްގެން ގްރޫޕުތަކުން ހިންގާ ރެކްރޫޓްމަންޓުތައް އިތުރުވެގެން ދިމާވާ ކަމެއް ކަމަށް ވިދާޅުވާން ސީދާ އެނގިވަޑައިނުގަންނަވާ ކަމަށް އާރިފް ވިދާޅުވި އެވެ.
އެކަމަކު، ކުށުގެ ވެށީގައި އުޅޭ ކުދިންގެ އަދަދު ކަންބޮޑުވާ ދަރަޖައަކަށް އިތުރުވަމުންދާ ކަމަށް ވިދާޅުވި އެވެ.
"ކުށުގެ މާހައުލުގައި، ވަކިން ހާއްސަކޮށް ނުރައްކާތެރި ގްރޫޕުތަކާ އެކު ހަރަކާތްތެރިވާ، މަސްތުވާތަކެތީގެ ނެޓްވޯކްތަކާއެކު ހަރަކާތްތެރިވާ ކުޑަކުދިން ނުވަތަ ކުޑަކުދިން އެ މީހުން ބޭނުންކުރާ ކުރުން ފުދޭވަރަކަށް ކޮންސާނިން ލެވެލްއެއްގައި ހައި،" އާރިފް ވިދާޅުވި އެވެ.
ފުލުހުން ހިއްސާކުރި މައުލޫމާތުތަކަށް ބަލާއިރު، މިދިޔަ އަހަރު އެކި މައްސަލަތަކުގައި 18 އަހަރުން ދަށުގެ 79 ކުދިން ހައްޔަރުކުރި އެވެ. މި އަހަރުގެ ފުރަތަމަ ތިން މަސް ދުވަހު އެކަނި ވެސް އެ އަދަދު ހުރީ 95 ގަ އެވެ.
ތޫނު ހަތިޔާރު ބޭނުންކޮށްގެން ހަމަލާދިނުން ފަދަ ސީރިއަސް ކުށްތަކުގެ ތެރޭގައި ހިމެނޭ މައްސަލަތަކުގައި 11 ކުއްޖަކު މިދިޔަ އަހަރު ހައްޔަރުކުރި އެވެ. މި އަހަރުގެ ފުރަތަމަ ތިން މަސް ދުވަހު އެ އަދަދު ވަނީ 15 އަށް އިތުރުވެފަ އެވެ.
މީގެ ހަ އަހަރުކުރިން އަމަލުކުރަން ފެށި ކުޑަކުދިންގެ ޖިނާއީ އަދުލުގެ ގާނޫނު ބުނާގޮތުން ކުޑަކުދިން ކުރާ ޖިނާއީ ކުށްތަކުގެ ޒިންމާ ނަގަން ޖެހެނީ 15 އަހަރުވުމުންނެވެ. އެހެންވެ، އެ ބާގަނޑުގެ ބޭނުން ހިފައިގެން ގްރޫޕުތަކުން އެކި ކުށްތައް ހިންގަން ކުޑަކުދިން ބޭނުން ކުރެ އެވެ. ސަރުކާރުން ވަނީ ކުށަށް ޒިންމާވާން ޖެހޭ އުމުރު 12 އަހަރަށް ދަށްކުރަން ނިންމައިފަ އެވެ.
ގޭންގް ކުށްތައް ހަރުކަށިކުރުމުގެ ބިލް ތަސްދީގުކޮށްފި
ގޭންގް ކުށްތައް ހަރުކަށިކުރުމުގެ ބިލް ފާސްކޮށްފި
ކުޑަކުއްޖާއަށް އަނިޔާކުރި ތެރަޕިސްޓުން ހައްޔަރުކޮށްފި
ކުއްޖާއަށް އަނިޔާކުރި މުވައްޒަފުން ވަކިކޮށްފި
ކުއްޖަކަށް ޖިސްމާނީ އަނިޔާކުރި މައްސަލައެއް ބަލަނީ
"އެއްވުމުގެ ވާހަކަތަކުގެ ތަހުގީގު ކުރާކަން އެންގި"
"ޖިނާއީ ތަހުގީގެއް ހިންގަން ފުލުހުގައި ނޭދެން"
މާލޭގައި މާރާމާރީ ހިންގައި މީހަކު ޒަހަމްކޮށްލައިފި
އަންނައުނު ބާލުވައިގެން ކޮންމެ މީހެއްގެ ފޮޓޯއެއް ނުނަގާ
މާޒް ސަލީމް ފުލުހަށް ހާޒިރުވާން އަންގައިފި