ފަލަސްތީނުގެ ނަސްލު ނައްތާލަން އިޒްރޭލުން ދޭ ހަމަލާތަކާ ގުޅިގެން އިޒްރޭލްގެ ޕާސްޕޯޓުގައި ރާއްޖެ އަށް އެތެރެވުން މަނާކުރަން ގާނޫނަށް ހުށަހަޅާފައިވާ އިސްލާހު ފާސްކުރުން ލަސްވާތީ، މަޖިލީހަށް މިއަދު ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި އެވެ.
07 އެޕްރީލް 2025
ފަލަސްތީނުގެ ނަސްލު ނައްތާލަން އިޒްރޭލުން ދޭ ހަމަލާތަކާ ގުޅިގެން އިޒްރޭލްގެ ޕާސްޕޯޓުގައި ރާއްޖެ އަށް އެތެރެވުން މަނާކުރަން ގާނޫނަށް ހުށަހަޅާފައިވާ އިސްލާހު ފާސްކުރުން ލަސްވާތީ، މަޖިލީހަށް މިއަދު ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި އެވެ.
ބޮޑު ޗުއްޓީއަކަށް ފަހު މަޖިލީހުގެ ޖަލްސާތައް އަލުން ފެށި ޖަލްސާގައި މި ކުއްލި މައްސަލަ ހުށަހެޅުއްވީ ކެންދޫ ދާއިރާގެ މައުރޫފް ޒާކިރެވެ.
މައުރޫފް ހުށަހެޅުއްވި ކުއްލި މައްސަލައާ ގުޅިގެން، ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވީ، ކުއްލި މައްސަލައެއްގެ ގޮތުގައި ހަމަވާން ޖެހޭ ކަންކަން ހަމަނުވާތީ، ކުއްލި މައްސަލައެއްގެ ގޮތުގައި މައުރޫފްގެ ހުށަހެޅުއްވުން ބަލައިގަނެވެން ނެތް ކަމަށެވެ.
މަޖިލިސްގެ ގަވައިދާ ހަވާލާ ދެއްވައި ނާޒިމް ވިދާޅުވީ، ކުއްލި މައްސަލައަކީ ރައްޔިތުންގެ ނުވަތަ ގައުމުގެ މަސްލަހަތަށް ސީދާ އަސަރު ކުރާފަދަ ބޮޑު ކަމެއް ކުއްލިއަކަށް ދިމާވުމުން އެކަމެއް ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށާއި ސަރުކާރުން އެކަމަށް އަޅާފައިވާ ނުވަަތަ އަޅާފައިނުވާ ފިޔަވަޅަކާމެދު ފާޑުކިޔުމަށް ހުށަހެޅިފައިވާ މައްސަލައަކަށް ވާންވާނެ ކަމަށް ބަޔާންކޮށްފައިވާއިރު، އެ ކަންކަން މި މައްސަލާގައި ފުރިހަމަ ނުވާ ކަމަށެވެ.
މައުރޫފް ޒާކިރު ހުށަހެޅުއްވި ކުއްލި މައްސަލައިގައި ވަނީ ފަލަސްތީނުގައި ހިންގަމުންދާ ގަތުލްއާންމު ފެށި ފަހުން މިއަދަށް ދެ އަހަރާއި ފަސް މަސް ވެގެން ދިޔައިރު ވެސް، އެ ކަން ކުށްވެރިކުރުން ފިޔަވައި އިތުރު ހަރުދަނާ އެއްވެސް ފިޔަވަޅެއް ސަރުކާރުން އަޅާފައިނުވާ ކަމަށް ބުނެފަ އެވެ.
ޕާސްޕޯޓު މަނާކުރަން ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއިލް އަހުމަދު ނަސީމް އިސްލާހު ހުށަހެޅުމާއެކު ކެބިނެޓުން އެ ގޮތަށް ނިންމަން ފާސްކުރި ނަމަވެސް، މިއަދާ ހަމައަށް ވެސް އެ ކަމުގައި އަމަލީ ސިފަ ޖައްސަން ސަރުކާރުން އެއްވެސް މަސައްކަތެއް ކޮށްފައި ނުވާ ކަމަށް ކުއްލި މައްސަލާގައި ބުނެފައިވެ އެވެ.
މި ބިލު ފާސްކުރުން މިހާ ދިގުލައިގެން ގޮސް، ނުވަ މަސް ވެގެން ދިޔައިރު މި މުއްދަތުގައި ސަރުކާރުން ބޭނުންވާ ގޮތަށް އިތުރު އެހެން ގިނަ ބިލުތަކެއް ކުރު މުއްދަތެއްގައި ފާސްކޮށްފައިވާ ކަމަށް ވެސް އެ މައްސަލާގައިވެ އެވެ.
އިޒްރޭލުގެ ޕާސްޕޯޓު އޮންނަ މީހުން ރާއްޖެ އަށް އެތެރެވުން މަނާކުރުމަށް އިމިގްރޭޝަން ގާނޫނު ބަދަލުކުރަން މިދިޔަ އަހަރުގެ މެއި 29 ވަނަ ދުވަހު ހުށަހެޅި ބިލް ބަލައިގަނެ ސަލާމަތީ ހިދުމަތްތަކާ ބެހޭ (241) ކޮމިޓީ އަށް ފޮނުވި ފަހުން، އެ ބިލް އަދިވެސް އޮތީ ކޮމިޓީ މަރުހަލާގަ އެވެ.
ގިނަ ދުވަސްތަކެއް ވަންދެން ކޮމިޓީގައި ޕާކްކޮށްފައި އޮތް ބިލުގެ މަސައްކަތް ނިންމުމަށް އެކި ސުންގަޑިތައް ކަނޑައެޅިއިރު، މިދިޔަ އަހަރު ފުރަތަމަ ނިންމީ މި އަހަރުގެ ފެބްރުއަރީ ނިޔަލަށް ނިންމުމަށެވެ. އޭގެ ފަހުން ޕްރެޝަރު ބޮޑުވެ، މިދިޔަ އަހަރުގެ ޑިސެންބަރު މަހު ނިންމަން ވެސް ކޮމިޓީން އަމާޒު ހިފި އެވެ. ނަމަވެސް، މާ ގިނަ ކުރިއެރުންތަކެއް ނުލިބި، އެ ބިލުގެ މަސައްކަތް އޮތީ ކޮމިޓީގައި މަޑުޖެހިފަ އެވެ.
އިޒްރޭލް ޕާސްޕޯޓް މަނާކުރަން ގެސްޓްހައުސްތަކުން ދެކޮޅު
އިޒްރޭލު ޕާސްޕޯޓު މަނާކުރަން ފަލަސްތީނުގެ ބަސް ހޯދަނީ
ޕާސްޕޯޓް މަނާކުރުމަށް މީކާއިލް ހުށަހެޅުއްވި ބިލް މާދަމާ
އިޒްރޭލު ޕާސްޕޯޓު މަނާކުރުން ލަސްވާތީ ޒަމީރު ކޮމިޓީއަށް ގެންދަނީ
އިޒްރޭލު ޕާސްޕޯޓު މަނާކުރަން ރައީސަށް ހުށަހަޅަނީ
އިޒްރޭލު ޕާސްޕޯޓު މަނާކުރަން މަޖިލީހަށް ޕްރެޝަރު ކުރަނީ
އިޒްރޭލުގެ ޓޫރިސްޓުން އައުން މަނާކުރަން ހުށަހަޅައިފި
އިޒްރޭލާ ދެކޮޅު ގަރާރެއް މަޖިލީހަށް ހުށަހަޅައިފި
ބިލު ބަދަލުކުރީ މަގްސަދު ހާސިލްނުވާ ގޮތަށް: މީކާއިލް
އިޒްރޭލު ޕާސްޕޯޓުގައި އެތެރެނުވެވޭ ގޮތަށް ފާސްކޮށްފި