ފިޝަރީޒްގެ ޑެޕިއުޓީ މިނިސްޓަރު އަހްމަދު ޝާފިއު އާއި މިފްކޯގެ ޑެޕިއުޓީ މެނޭޖަރު އިބްރާހިމް ސައީދު (ކޭޑު) މަގާމުން މިއަދު އިސްތިއުފާ ދެއްވައިފި އެވެ.
06 އެޕްރީލް 2025
ފިޝަރީޒްގެ ޑެޕިއުޓީ މިނިސްޓަރު އަހްމަދު ޝާފިއު އާއި މިފްކޯގެ ޑެޕިއުޓީ މެނޭޖަރު އިބްރާހިމް ސައީދު (ކޭޑު) މަގާމުން މިއަދު އިސްތިއުފާ ދެއްވައިފި އެވެ.
މަގާމުން އިސްތިއުފާ ދެއްވުމަށް ފަހު ޝާފިއު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މަސްވެރި ސިނާއަތުގެ ކަންކަން ހައްލުކޮށްދެއްވާނެ ކަމުގެ އުއްމީދުގައި މިއަދުން ފެށިގެން ޑެޕިއުޓީ މިނިސްޓަރުގެ މަގާމުން އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.
ޝާފިއު މިރޭ "މިހާރު" އަށް ވިދާޅުވީ އެ މަގާމުން އިސްތިއުފާ ދެއްވި ނަމަވެސް، މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ސިޔާސަތުތަކުން އެ ދާއިރާއަށް ކުރިއެރުން ލިބޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.
މިފްކޯގެ ޑެޕިއުޓީ މިނިސްޓަރު ކަމުގެ އިތުރުން މީޑިއާ އޮފިޝަލެއްގެ ގޮތުގައި ވެސް މަސައްކަތް ކުރެއްވި ކޭޑު އިސްތިއުފާ ދެއްވުމަށް ފަހު މިފްކޯގެ މީޑިއާގެ ވަޓްސްއެޕް ގްރޫޕަށް މިއަދު ފޮނުވި މެސެޖެއްގައި ވިދާޅުވީ އެ ކުންފުނީގެ ޕަބްލިކް ރިލޭޝަންގައި އޭނާ މަސައްކަތް ކުރި މުއްދަތުގައި ވަރަށް ގިނަ ގޮންޖެހުންތަކާ އެކުގައި ނަމަވެސް ވަގުތުން ވަގުތަށް މައުލޫމާތު ފޯރުކޮށްދިނުމަށް މަސައްކަތްކޮށް، ކުންފުނީގެ މަގުބޫލުކަން ދެމެހެއްޓުމަށް މަސައްކަތްކޮށްފައި ވާނެ ކަމަށެވެ.
"އަޅުގަނޑު އެދެނީ އަބަދުވެސް، މިފްކޯއަކީ ހަރުދަނާ، ދެފުށް ފެންނަ، އަދި ކޮރަޕްޝަނުން އެއްކިބާވެފައިވާ، މުޖުތަމައުއަށް ތެދުވެރިކަމާ އެކު ހިދުމަތް ކުރާ ކުންފުންޏަކަށް ވެގެން ދިއުން،" ކޭޑު ވިދާޅުވި އެވެ.
ކޭޑު ވިދާޅުވި ގޮތުގައި، މިފްކޯ އަށް ކުރިއެރުމާއި ކާމިޔާބީ އެދުނު ނަމަވެސް، ކޮންމެހެން ބޭނުންވާ އިސްލާހީ އެޖެންޑާ ކުރިއަށް ގެންދިއުމަށް އެކަށީގެންވާ ބާރެއް ލިބިފައިނުވާކަން ވަރަށް ސާފެވެ.
މިފްކޯގެ އެމްޑީ އަދި ސީއީއޯގެ މަގާމުގައި މިދިޔަ މަހުގެ ކުރީކޮޅާ ހަމައަށް ހުންނެވީ ސްވިޒަލޭންޑްގެ ރައްޔިތެއް ކަމަށްވާ ޑރ. ވިޓާލީ ލުބިމޯވް އެވެ. އޭނާ ވަކިކުރުމަށް ފަހު، އެ މަގާމަށް ކުރީގެ ވައިސް ޗީފް އޮފް ޑިފެންސް ފޯސް ފަރުހަތު ޝަހީރު ވަނީ އައްޔަންކުރައްވައިފަ އެވެ.
ވިޓާލީ މަގާމާ ހަވާލުވެވަޑައިގަތުމަށް ފަހު މިފްކޯގެ ތިން ޖެނެރަލް މެނޭޖަރުން ވަކިކުރި އެވެ. އެ ތިން މީހުންނަށް މިހާރު ވަނީ އަލުން ވަޒީފާ ހަމަޖައްސައިފަ އެވެ.
އައިސްޕްލާންޓުތައް މިފްކޯގެ ދަށަށް ބަދަލުކޮށްފި
މަސްވެރިންނަށް މި މަހު 17 މިލިއަން ރުފިޔާ ޖަމާކޮށްފި
ކަނޑުއޮތްގިރީގެ މަސް ކާރުހާނާ ބަންދުކޮށްފި
މަސްވެރިންނަށް 66 މިލިއަން ރުފިޔާ ޖަމާކޮށްދީފި
މިފްކޯގެ ވެރިންގެ މުސާރަ ކުޑަކޮށް،ހާއްސަ ފިޔަވަޅުތަކެއް
މިފްކޯއަށް 1.6 ބިލިއަންގެ ގެއްލުން ވެއްޖެ: ޝިޔާމް
"މާދަމާ އިން ފެށިގެން މަސް ގަންނާނީ ބާޒާރުގެ އަގަަށް"
މި ހަފުތާގައި މަސްވެރިންނަށް 46 މިލިއަން ޖަމާކުރަނީ
"މަސްވެރިންގެ ވައުދުތައް ފުއްދޭނީ މާލީ ހާލަތު ރަނގަޅުވެގެން"
ކަނޑުއޮތްގިރި ފެސިލިޓީ ހުޅުމާލެ އަށް ބަދަލުކުރަނީ