އީދު ބަންދަށް ފަހު ސަރުކާރުގެ އޮފީސްތައް މާދަމާ ހުޅުވިއަސް ދިރާސީ އާ އަހަރާއެކު ކިޔެވުން ފަށާނީ އަންނަ ހޯމަ ދުވަހު އެވެ.
05 އެޕްރީލް 2025
އީދު ބަންދަށް ފަހު ސަރުކާރުގެ އޮފީސްތައް މާދަމާ ހުޅުވިއަސް ދިރާސީ އާ އަހަރާއެކު ކިޔެވުން ފަށާނީ އަންނަ ހޯމަ ދުވަހު އެވެ.
މި ނިމުނު ރޯދައިގެ ފަހު 10ގެ ބަންދާއި އީދު ޗުއްޓީއާ އެކު ސަރުކާރުގެ މުވައްޒަފުންނަށް ވަނީ ދެ ހަފުތާގެ ޗުއްޓީއެއް ލިބިފަ އެވެ. ބޮޑު ބަންދަކަށްފަހު މާދަމާ ރަސްމީ މަސައްކަތް ފަށާނެ އެވެ.
ސްކޫލްތައް ބޮޑު ޗުއްޓީއަށް ދިޔައީ މިދިޔަ ފެބްރުއަރީ 27 ވަނަ ދުވަހު އެވެ. ގާތްގަނޑަކަށް 40 ދުވަހުގެ ޗުއްޓީއަކަށް ދިރާސީ އާ އަހަރު އަންނަ ހަފުތާގައި ފަށާނެ އެވެ.
އާއްމުކޮށް ސްކޫލުތައް ހުޅުވަނީ އާދިއްތަ ދުވަހެއްގައި ވިއަސް، މި ފަހަރު ކިޔެވުން ފަށާނީ އަންނަ ހޯމަ ދުވަހު އެވެ. ސްކޫލުތަކަށް ޓީޗަރުން ވަނީ މިއަދު ނުކުންނަން ފަށައިފަ އެވެ.
އެޑިއުކޭޝަން މިނިސްޓްރީން އާންމުކޮށްފައިވާ ކަލަންޑަރުގައިވާ ގޮތުން ދިރާސީ އާ އަހަރުގެ ފުރަތަމަ ޓާމުގެ ޗުއްޓީ ފަށާނީ ޖުލައި 24 ގަ އެވެ. ދެވަނަ ޓާމު ފަށާނީ އޮގަސްޓު 10 ގަ އެވެ. ދިރާސީ އަހަރު ނިމޭނީ މި އަހަރުގެ ޑިސެމްބަރު 28 ގަ އެވެ.
ސްކޫލްތަކަށް މި އަހަރުގެ ބޮޑު ޗުއްޓީ ލިބޭނީ ޑިސެމްބަރު 28 އިން ޖެނުއަރީ 27، 2026 އާ ހަމައަށެވެ. ނަމަވެސް އަންނަ އަހަރުގެ ބޮޑު ޗުއްޓީ އެއްކޮށް ޑިސެމްބަރުގައި ލިބޭނެ ކަމަށް މިނިސްޓްރީން ކުރިން ވަނީ ބުނެފަ އެވެ.
"ޓީޗަރުން، ޒަމާނަށް އަންނަބަދަލަށް އަހުލުވެރިވާންޖެހޭ"
"ކިޔެވުމުގައި އެއްވެސް ކުއްޖަކު ބާކީވިޔަ ނުދޭނަން"
ދިރާސީ އާ އަހަރުގެ ކިޔެވުން ފަށައިފި
ދިރާސީ އާ އަހަރު ފަށާނީ އޭޕްރީލް ހަތެއްގައި
އޯވަލޯޑު ނުވާނެ ގޮތަކަށް ހަރަކާތްތައް ބާއްވަން އެދިއްޖެ
އަންނަ އަހަރުގެ ބޮޑު ޗުއްޓީ ޑިސެމްބަރު 28 ގައި
އޭ ލެވެލްގައި ބައިވެރިވާ ދަރިވަރުން އިތުރު ކުރަނީ
އޭއައިގެ އެހީގައި ކިޔަވައިދޭން ޓީޗަރުން ތަމްރީނުކުރަނީ
ފުރަތަމަ ތިން ދުވަހު ކިޔަވާ ދޭ ވަގުތު ކުރުކުރަނީ
ރަށްރަށުގެ ސްކޫލުތަކަށް ޓެކްސްޓުފޮތްތައް ބަހަން ފަށައިފި