Roadha Mihaaru

މާދަމާ ވީއައިއޭއަށް ބާރު ބޮޑު ދުވަހެއް، ކުރިން އެއާޕޯޓަށް ދާން އިލްތިމާސްކޮށްފި

މާދަމާ މެންދުރުފަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ބާރު ބޮޑު ވާނެތީ ދުރާލާ އެއާޕޯޓަށް ދިއުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން މިއަދު އިލްތިމާސްކޮށްފި އެވެ.

މާދަމާ ވީއައިއޭއަށް ބާރުބޮޑު ދުވަހެއް،ކުރިން ދާންއެދެފި
ފާތިމަތު އަޖްފާން
ފާތިމަތު އަޖްފާން

03 އެޕްރީލް 2025

މާދަމާ މެންދުރުފަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ބާރު ބޮޑު ވާނެތީ ދުރާލާ އެއާޕޯޓަށް ދިއުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން މިއަދު އިލްތިމާސްކޮށްފި އެވެ.

އެމްއޭސީއެލްއިން ބުނީ މާދަމާ މެންދުރު އުމްރާއިން މީހުން އެނބުރި އަންނާނެ ކަމަށެވެ.

އެހެންކަމުން އޮޕަރޭޝަންތައް ފަސޭހަކަމާއެކު ކުރިއަށް ގެންދިއުމަށް، އެއާޕޯޓަށް ފުރަން ދާ މީހުން ވީހާވެސް އަވަހަށް ޗެކިން އަދި ސެކިއުރިޓީ ކްލިއަރެންސް ހެދުމަށް އެ ކުންފުނިން ވަނީ އިލްތިމާސްކޮށްފަ އެވެ.

އުމްރާއިން މީހުން އަންނަ ފްލައިޓުތައް

- މެންދުރުފަހު 2:00

- ހަވީރު 4:00

އެމްއޭސީއެލުން ވަނީ ޓެކްސީތަކުން ވެސް އެ ގަޑިތަކުގައި އެއާޕޯޓުގެ ޓްރެފިކް ތޮއްޖެހުން ކުޑަކުރުމަށް އެއްބާރުލުން ދިނުމަށް އިލްތިމާސްކޮށްފަ އެވެ.

އުމްރާއިން މީހުން އަންނަ ދުވަސްތަކަކީ އާންމު ގޮތެއްގައި އެއާޕޯޓުގައި ބާރު ބޮޑުވާ ދުވަސްތަކެކެވެ. އުމްރާވެރިންގެ އާއިލާތަކުން އެ މީހުން ބަލައި ދިއުމާއި ޓެކްސީތައް ނުލިބި ކިޔުގައި ގިނައިރު ތިބެން ޖެހުންފަދަ ކަންކަން މީގެ ކުރިން ވެސް ހިނގަ އެވެ.