ފަލަސްތީނުގެ ޣައްޒާގައި ހަނގުރާމައިގެ ޖަރީމާތައް ހިންގާފައިވާ މައްސަލައިގައި ހައްޔަރުކުރުމަށް އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ މައްޗަށް އިންޓަނޭޝަނަލް ކްރިމިނަލް ކޯޓް (އައިސީސީ) ގެ އަމުރެއް އޮއްވައި ދައުވަތު ދީގެން ހަންގޭރީއަށް ގެންދިއުމަށް ފަހު އައިސީސީން ވަކިވަން ނިންމިކަން ހަންގޭރީން އިއުލާނުކޮށްފި އެވެ.
ފަލަސްތީނުގެ ޣައްޒާގައި ހަނގުރާމައިގެ ޖަރީމާތައް ހިންގާފައިވާ މައްސަލައިގައި ހައްޔަރުކުރުމަށް އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ މައްޗަށް އިންޓަނޭޝަނަލް ކްރިމިނަލް ކޯޓް (އައިސީސީ) ގެ އަމުރެއް އޮއްވައި ދައުވަތު ދީގެން ހަންގޭރީއަށް ގެންދިއުމަށް ފަހު އައިސީސީން ވަކިވަން ނިންމިކަން ހަންގޭރީން އިއުލާނުކޮށްފި އެވެ.
ބޮޑުވަޒީރު ވިކްޓާ އޯރްބާން ވަނީ އައިސީސީން ހަންގޭރީ ވަކިވުމުގެ، އަހަރެއްހާ ދުވަހުގެ މަރުހަލާ މިހާރު ފަށާފައިވާކަން އިއުލާނުކޮށްފަ އެވެ.
ނަތަންޔާހޫ ހައްޔަރުކުރަން އައިސީސީގެ އަމުރު ތަންފީޒު ނުކުރާނެ ކަމަށް ކުރިން ވެސް ވައުދުވި އޯރްބާން ވަނީ އަސްކަރީ ޝަރަފާ އެކު، ރަތްދޫލައިގެ މަރުހަބާއެއް ނަތަންޔާހޫއަށް ކިޔައިފަ އެވެ.
ނަތަންޔާހޫއަށް އޮރްބާން ނޮވެމްބަރު މަހު ދައުވަތު ދިނީ އިންސާނިއްޔަތާ ހިލާފު ޖަރީމާތަކާއި ހަނގުރާމައިގެ ޖަރީމާތަކުގެ މައްސަލައިގައި ނަތަންޔާހޫ ހައްޔަރުކުރަން އައިސީސީން އަމުރު ނެރުނުތާ އެއް ދުވަސް ފަހުންނެވެ.
ހަންގޭރީގެ މި އަމަލާ އެކު އައިސީސީން ވަނީ އެ ނިންމުމާ މެދު ހިތާމަކުރާ ކަމަށް ބުނެފަ އެވެ. އަދި އަދި ނަތަންޔާހޫ ހައްޔަރުކުރުމަށް ނެރެފައިވާ އަމުރަށް މެންބަރު ގައުމެއްގެ ހައިސިއްޔަތުން ހަންގޭރީން ތަބާވާން ޖެހޭނެ ކަމަށް ބުނެފައިވެ އެވެ.
"އައިސީސީއަށް އެއްބާރުލުން ދިނުމަކީ ހަންގޭރީއަށް އޮތް ޒިންމާއެއްކަން ކޯޓުން ހަނދާންކޮށްދެން،" އައިސީސީގެ ތަރުޖަމާނު ފާދީ އަލް އަބްދުﷲ ވިދާޅުވި އެވެ.
ނަތަންޔާހޫގެ މި ދަތުރުގެ ބޭނުމަކީ އޭނާއާ އެއްވިސްނުމެއްގެ އޯރްބާންއާ ބައްދަލުކޮށް އިޒްރޭލުގައި ހިނގަމުންދާ ސިޔާސީ މައްސަލަތަކާއި އިޒްރޭލުން ހިންގާ ޖަރީމާތަކުން ސަމާލުކަން އެހެން ދިމާލަކަށް އަނބުރާލުން ކަމަށް ގިނަ ބަޔަކު ބުނެ އެވެ.
ނަތަންޔާހޫ ހައްޔަރުކުރުމަށް ޔޫކޭގެ ސާފު ޖަވާބެއް ނެތް
"ކުރަންއުޅޭ ކަމެއް ނަތަންޔާހޫއަށް ވެސް ނޭނގޭ"
ޣައްޒާ ބަނޑަށްނުޖެހޭކަން ދައްކަން ދޮގު ކެމްޕޭނެއް
ޣައްޒާ ހިފުމުގެ މަސައްކަތް ފަށައިފި
ޣައްޒާއިން މީހުން ނެރޭ ވާހަކަ އަނެއްކާވެސް ދައްކައިފި
އެންމެން ދެކޮޅުހެދިޔަސް ޣައްޒާ ހިފާނަން: ނަތަންޔާހޫ
ޣައްޒާ ހިފަން ކުރި އަމުރަށް އިޒްރޭލު ސިފައިން ދެކޮޅު؟
ހަމަލާތައް ހުއްޓުމުގެ މަޝްވަރާއަށް އިޒްރޭލުގެ ޓީމެއް
އިޒްރޭލުގައި ރައްޔިތުންގެ ސަރުކާރެއް ނެތް: އިދިކޮޅު
ވަގުތީ ގޮތުން ހަމަލާތައް ހުއްޓާލެވިދާނެ: ނަތަންޔާހޫ