އެންޓޮނީ އެލަންގާ އަށް މެންޗެސްޓާ ޔުނައިޓެޑްގައި އޭނާގެ ފެންވަރު ސާބިތު ކޮށްދޭން ފުރުސަތު ލިބުނު ކަމަށާއި، އޭނާ ވިއްކާލުމަކީ ޔުނައިޓެޑުން ހެދި ގޯހެއް ނޫން ކަމަށް، ޔުނައިޓެޑްގެ ކޯޗު ރުބެން އަމޯރިމް ބުނެފި އެވެ.
އެންޓޮނީ އެލަންގާ އަށް މެންޗެސްޓާ ޔުނައިޓެޑްގައި އޭނާގެ ފެންވަރު ސާބިތު ކޮށްދޭން ފުރުސަތު ލިބުނު ކަމަށާއި، އޭނާ ވިއްކާލުމަކީ ޔުނައިޓެޑުން ހެދި ގޯހެއް ނޫން ކަމަށް، ޔުނައިޓެޑްގެ ކޯޗު ރުބެން އަމޯރިމް ބުނެފި އެވެ.
އަމޯރިމް މިހެން ބުނީ އެލަންގާގެ ގޯލުން 1-0 އިން ރޭ ނޮޓްނަމް ފޮރެސްޓް އަތުން ޔުނައިޓެޑް ބަލިވި މެޗަށް ފަހު މީޑީއާއާ ވާހަކަ ދައްކަމުންނެވެ.
"ނޫން، މެންޗެސްޓާ ޔުނައިޓެޑްގައި ކުޅުން ދައްކަން ޖެހޭނެ. މިހާރު ނެތް ކުޅުންތެރިންނަކަށް އަހަރެމެން ނުބަލަން. އެމީހުންނަށް މެންޗެސްޓާ ޔުނައިޓެޑްގައި ވެސް ފުރުސަތު ލިބުނު،" ޔުނައިޓެޑުން 2023 ވަނަ އަހަރު 15 މިލިއަން ޕައުންޑަށް އެލަންގާ ފޮރެސްޓަށް ދޫކޮށްލުމާ ގުޅޭގޮތުން އަމޯރިމް ބުންޏެވެ.
ޔުނައިޓެޑްގެ އެކަޑަމީ އިން ގްރެޖުއޭޓްވި ސްވިޑެންގެ ފޯވާޑަށް ސީނިއާ ޓީމުން ފުރުސަތު ދިނީ އޮލެ ގުނަ ސޯލްޝެއާ އެވެ. ނަމަވެސް 55 މެޗުން އޭނާ ކާމިޔާބު ކުރި ހަތަރު ގޯލާއި ހަތަރު އެސިސްޓް، ފަހުން އައި ކޯޗު އެރިކް ޓެން ހާގަށް ކަމަކު ނުދިޔަ އެވެ.
ޔުނައިޓެޑާއި ފޮރެސްޓް ބައްދަލުކުރި މެޗުގައި އެލަންގާ.-- ފޮޓޯ: އޭއެފްޕީ
ރޭގެ މެޗުން ހޯދި ތިން ޕޮއިންޓާ އެކު ފޮރެސްޓް ވަނީ 30 މެޗުން 57 ޕޮއިންޓް ހޯދައިގެން ލީގުގެ ތިން ވަނައިގައި ހަމަޖެހިލައިފަ އެވެ. ޔުނައިޓެޑަށް ލިބިފައިވާ 37 ޕޮއިންޓާ އެކު އެޓީމު އޮތީ 13 ވަނައިގަ އެވެ.
އެލަންގާ، 22، ވަނީ މި ސީޒަންގައި ފޮރެސްޓް މިހާތަނަށް ކުޅުނު ލީގުގެ 30 މެޗުގައި ވެސް ކުޅެ، ހަ ގޯލު ޖަހައި އަށް އެސިސްޓް ކޮށްފަ އެވެ.
ލީގުގެ ދެވަނައިގައި އޮތް އާސެނަލް ވަނީ 2-1 އިން ފުލަމް ބަލިކޮށްފަ އެވެ. މިކެލް މެރީނޯ އާއި ބުކަޔޯ ސަކާ އާސެނަލްގެ ގޯލުތައް ޖަހައިދިން އިރު، ފުލަމް އަށް ފަހު ވަގުތު ސުން ކަނޑުވައިދިނީ ރޮޑްރިގޯ މުނީޒް އެވެ.
އާސެނަލް އަށް 61 ޕޮއިންޓް ލިބިފައި ވާއިރު، 45 ޕޮއިންޓާ އެކު ފުލަމް އޮތީ ތާވަލްގެ އަށް ވަނައިގަ އެވެ.
އޮނާނާ ނުލައި ވެސް ޔުނައިޓެޑަކަށް ނުވި
ނިއުކާސަލްގެ ކޯޗު ހޮސްޕިޓަލްގައި އެޑްމިޓްކޮށްފި
"ފޮޑެންގެ މަންމައަށް ފުރައްސާރަކުރުން ބަލައެއްނުގަނެވޭ"
ތަށީގެ އުއްމީދު ގެއްލުނީއޭ ބުނަން އާޓެޓާ ބޭނުމެއް ނޫން
ޔުނައިޓެޑްގެ ވަޒީފާ ގެއްލިދާނެތީ އަމޯރިމް ކަންބޮޑެއްނުވޭ
ރަޝްފޯޑަށްވުރެ 63 އަހަރުގެ ކޯޗު ވެސް ރަނގަޅު
މާޓިނޭޒްގެ ނަސީބު ގޯލުން ޔުނައިޓެޑަށް ހިނިތުންވުން
މިއީ ޔުނައިޓެޑުގެ އެންމެ ދަށް ޓީމު: ކޯޗު
ލިވަޕޫލް އަތުން ޕޮއިންޓެއް ލިބުނަސް އަމޯރިމް ދެރަވެފައި
ޔުނައިޓެޑް ކުޅުންތެރިން ނަފްސާނީ އުނދަގޫ ކުރިމަތިވެފައި