Roadha Mihaaru

އޯޓިޒަމް ކުދިންނަށް އަޅާލައި، ލޯބިދިނުމަކީ ގައުމީ ވާޖިބެއް: ރައީސް

އޯޓިޒަމް ކުދިންނަށް އަޅާލައި، ލޯބި ދިނުމަކީ ގައުމީ ވާޖިބެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

"އޯޓިޒަމް ކުދިންނަށް އަޅައިލުމަކީ ގައުމީ ވާޖިބެއް"
މާއިދާ މުހައްމަދު ރަޝާދު
މާއިދާ މުހައްމަދު ރަޝާދު

02 އެޕްރީލް 2025

އޯޓިޒަމް ކުދިންނަށް އަޅާލައި، ލޯބި ދިނުމަކީ ގައުމީ ވާޖިބެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ދުނިޔޭގެ އޯޓިޒަމް ދުވަހާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ކޮންމެ ކުއްޖަކީ ވެސް ގައުމަށް އަގުހުރި ކުއްޖެއް ކަމަށެވެ.

އޯޓިޒަމް ތަހައްމަލުކުރަމުންދާ ކުދިންނަކީ ވެސް ގައުމަށް މަންފާކޮށްދޭނެ އެތައް މޮޅެތި ހުނަރު ހުރި ކުދިން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އޯޓިޒަމުގެ ސަބަބުން ކުއްޖާ މީހުންނާ މުއާމަލާތު ކުރުމާއި އުޅުމުގައި ވަރަށް ބޮޑު ތަފާތުތަކެއް ހުރެ އެވެ. މީގެތެރެއިން ބައެއް ކުދިންނަށް އެހެން ކުދިންނެކޭ އެއްގޮތަށް ތައުލީމް ހާސިލްކުރުމާއި އަސާސީ އެހެން ހިދުމަތްތައް ހޯދުމުގައި ތަކުލީފް އުފުލަން ޖެހެ އެވެ. އެ ކުދިންނާ މެދު ބައެއް މީހުން ދެކޭ ގޮތަކީ ވެސް އާއިލާތަކަށް އުފުލަން ޖެހޭ ހިތާމައެކެވެ.

އޯޓިޒަމް ތަހައްމަލުކުރާ ގިނަ އަދަދެއްގެ ކުދިން ރާއްޖޭގައި ވެސް އުޅެ އެވެ. އެކަމަކު އެ ކުދިންގެ ތެރޭގައި ވެސް އާދަޔާ ހިލާފަށް މޮޅު ހުނަރުވެރި ކުދިން ގިނަ އެވެ.