14 މާޗް 2017
މިިހާރު ރާއްޖޭގައި ހަލުއިކަމާއެކު ހުމާއި އަރިދަފުސްރޯގާ ފެތުރެމުންދާތީ ހުރިހާ މިސްކިތެއްގައި މާދަމާ ރޭ މަޣުރިބް ނަމާދަށްފަހު ގުނޫތު ކިޔަން ޖެހޭ ގޮތަށް އިސްލާމިކް މިނިސްޓްރީން ހަމަޖައްސައިފި އެވެ.
މިިހާރު ރާއްޖޭގައި ހަލުއިކަމާއެކު ހުމާއި އަރިދަފުސްރޯގާ ފެތުރެމުންދާތީ ހުރިހާ މިސްކިތެއްގައި މާދަމާ ރޭ މަޣުރިބް ނަމާދަށްފަހު ގުނޫތު ކިޔަން ޖެހޭ ގޮތަށް އިސްލާމިކް މިނިސްޓްރީން ހަމަޖައްސައިފި އެވެ.
އެ މިނިސްޓްރީން މިރޭ ނެރުނު ސާކިއުލާއެއްގައި ބުނެފައި ވަނީ އެ މިނިސްޓްރީން ވަކި ގޮތެއް އަންގަންދެން ހުރިހާ މިސްކިތެއްގައި މާދަމާ ރޭ މަޣުރިބް ނަމާދަށްފަހު، ކޮންމެ އަޑުހަރުކޮށް ކިޔަވާ ނަމާދެއްގެ ފަހު ރަކްއަތުގެ އިއުތިދާލުގައި ގުނޫތު ނާޒިލާ ކިޔުމަށް އަންގާ ކަމަށެވެ. އަދި އެކަން ހުރިހާ މުދިމުންނަށް އަންގައިދިނުމަށް އެ ސާކިއުލާގައި އެދިފައި ވެ އެވެ.
ރާއްޖޭގައި މީގެ ކުރިން ވެސް މިފަދަ ބައެއް ހާލަތްތަކުގައި ގުނޫތު ކިޔަވަން އަންގާފައިވެ އެވެ.
ވައިރަލް ހުމުގެ އިތުރުން މާލެ އާއި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އެޗްވަންއެންވަން ނުވަތަ ސްވައިން ފުލޫ ކޮންޓްރޯލް ނުކުރެވި ފެތުރެމުން ދާ ކަމުގެ އިންޒާރު ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ ދީފަ އެވެ.
މި އަހަރުގެ މިހާތަނަށް ޓެސްޓް ކުރި 251 މީހެއްގެ ތެރެއިން 51 މީހަކު ވަނީ އެޗް1އެން1 އަށް ޕޮޒިޓްވެފަ އެވެ.
މާލެ ސަރަހައްދުގެ 37 މިސްކިތެއްގައި ނަމާދުކުރެވޭނެ
ގައިދުރުކަމެއް ނެތި މިހާރު ނަމާދު ކުރެވޭނެ
ފުވައްމުލަކުގައި ޖަމާއަތުގައިނަމާދުކުރުން މެދުކަނޑާލައިފި
މާލޭގެ މިސްކިތްތައް ހުޅުވާލައިފި، ޖަމާއަތެއް ނުހެދޭނެ
ހުރިހާ މިސްކިތެއްގައި ޖަމާއަތް ހެދުން މެދުކަނޑާލައިފި
އިމާމުވެ ތަރާވީހް ނަމާދުކުރާނެ ދިވެހިން ހޯދަނީ
12 މިސްކިތެއްގައި ހުކުރު ކުރީ ޒުވާން ހަތީބުން
މާލެ ސަރަހައްދުގެ 25 މިސްކިތެއްގައި އީދު ނަމާދުކުރާނެ
މާލޭގައި ދަމު ނަމާދުކުރާނީ 32 މިސްކިތެއްގައި
"އިރުޝާދު ދިނީ ޖަހުރިއްޔަ ނަމާދުތަކުގައި ބޭރަށް ޖައްސާފައި ހުންނަ އަޑު މަޑުކުރަން"