ހއ. ކެލާ ފަޅުގައި ދެ ރިސޯޓެއް ހެދުމަށްޓަކައި، އެ ރަށުގެ ފަޅުތެރެއިން 325.5 ހެކްޓަރު ކަނޑައެޅުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކަނޑައަޅުއްވައި ކެލާގެ ދާއިރާ އިހުތިސާސަސް ލާމަރުކަޒީ ގާނޫނުގެ ދަށުން މިއަދު ބަދަލު ގެންނަވައިފި އެވެ.
ހއ. ކެލާ ފަޅުގައި ދެ ރިސޯޓެއް ހެދުމަށްޓަކައި، އެ ރަށުގެ ފަޅުތެރެއިން 325.5 ހެކްޓަރު ކަނޑައެޅުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކަނޑައަޅުއްވައި ކެލާގެ ދާއިރާ އިހުތިސާސަސް ލާމަރުކަޒީ ގާނޫނުގެ ދަށުން މިއަދު ބަދަލު ގެންނަވައިފި އެވެ.
ރައީސް އޮފީހުން މިއަދު ވަނީ ކެލާގެ ދާއިރާގެ އިހުތިސާސަށް ގެނައި ބަދަލު ގެޒެޓްކޮށްފަ އެވެ.
ކެލާގެ ރައްޔިތުން ބޭނުންވާ ގޮތަށް އެ ރަށުގެ ފަޅުތެރޭގައި ރިސޯޓެއް އަދި ހއ. ބާރަށުގައި އިކޯ ޓޫރިޒަމްގެ ބޮޑު މަޝްރޫއެއް ހިންގާނެ ކަމަށް ރައީސް މުއިއްޒު ވައުދުވެވަައިގަތީ މިދިޔަ އަހަރުގެ ފެބްރުއަރީ 25 ގައި ކެލާގެ ރައްޔިތުންނާ އެކު ބޭއްވި ބައްދަލުވުމެއްގަ އެވެ.
ކެލަ އަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވެފައި ވަނީ ކެލާގެ ރައްޔިތުން ބޭނުންވާ ގޮތަށް އަދި އެ ރަށާއި އެ ރަށް ކައިރީގައި ހުރި އެހެން ރަށްތަކަށް ވެސް ފައިދާވާނެ ގޮތަށް އެ ރަށުގެ ފަޅުތެރޭގައި ރިސޯޓެއް ތަރައްގީ ކުރެވޭނެ މަގުފަހި ކޮށްދެއްވާނެ ކަމަށެވެ.
"އެއީ އެންމެ މުހިންމު މަޝްރޫއުގެ ގޮތުގައި ދަންނަވާލަން. އެ މަޝްރޫއު ހަގީގަތަކަށް ހަދައިދޭނަން،" ރައީސް މުއިއްޒު ވިދާޅުވި އެވެ.
އެ މަނިކުފާނު އެ ދުވަހު ވިދާޅުވިގޮތުގައި، ޓޫރިޒަމް ކުރިއެރުވުމަށް މި ސަރުކާރުން އުފައްދާފައިވާ އިކޮނޮމިކް ކައުންސިލްގައި އެ މަސައްކަތާ ގުޅޭ މަޝްވަރާތައް ކުރައްވާނެ އެވެ.
ރައީސް ވިދާޅުވެފައި ވަނީ ފުޅާދާއިރާއެއްގައި ދަނޑުވެރިކަން ކުރަމުން އަންނަ ކެލާގައި އެ މަސައްކަތަށް ބޭނުންވާ އިތުރު ވަސީލަތްތައް ވެސް ގާއިމްކޮށްދެއްވާނެ ކަމަށެވެ. ރާއްޖޭގެ ފުޑް ސެކިއުރިޓީ ކަށަވަރުކުރުމަށް މި ސަރުކާރުން ގެންގުޅޭ ސިޔާސަތުގައި ހުރި ކަންކަން ތަންފީޒުކުރުމުގައި ވެސް ކެލާ އަކީ ވަރަށް މުހިންމު ރަށަކަށް ވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ރިސޯޓުތަކުން މިހާތަނަށް 25 މިލިއަން ޑޮލަރު މާރުކޮށްފި
ޑޮލަރު މާރުކުރާ ގަވައިދު ބަދަލެއް ނުކުރާނަން: ރައީސް
ކެލާ ފަޅުގައި ރިސޯޓެއް، ބާރަށުގައި އިކޯ ޓޫރިޒަމް
މިއަހަރު 20 ރިސޯޓު ހުޅުވަން އަމާޒު ހިފައިފި
ބޭނުންވަނީ މުޅި ޓޫރިޒަމް އިންޑަސްޓްރީ އެއްކޮށް ތެދުވުން
ލިވަޕޫލްއާއެކު ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓްކުރަން ފަށައިފި
ލިވަޕޫލާއެކު ރާއްޖެއިން ފަށާކެމްޕެއިނަށް ރައީސް ޔޫކޭއަށް
މިނިވަންކަމާގުޅޭ މަޝްރޫއުގެ އިންވެސްޓްމަންޓް ބޮޑުކޮށްފި
ކާށިދޫ އާއި ކެލާ ފަޅުގައި ރިސޯޓުހަދަން އިއުލާނުކޮށްފި
ފުރަތަމަ ދެ މަހުގެ ޓީޖީއެސްޓީ 7.5 ޕަސެންޓު ދަށަށް