Roadha Mihaaru
މާސްކުގެ ހުސްނުވާ ވަރުގެ ސްޓޮކެއް އެބަހުރި: އެސްޓީއޯ

މާސްކުގެ ހުސްނުވާ ވަރުގެ ސްޓޮކެއް އެބަހުރި: އެސްޓީއޯ

14 މާޗް 2017

ރާއްޖޭގައި މި ދުވަސްވަރު ހުމާއި ވައިރަލް ރޯގާ ފެތުރުންދާ އިރު، ރައްކާތެރި ކަމުގެ ގޮތުން ބޭނުން ކުރާ ސާޖިކަލް މާސްކް ހުސް ނުވެ ލިބޭނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ރާއްޖޭގައި މި ދުވަސްވަރު ހުމާއި ވައިރަލް ރޯގާ ފެތުރުންދާ އިރު، ރައްކާތެރި ކަމުގެ ގޮތުން ބޭނުން ކުރާ ސާޖިކަލް މާސްކް ހުސް ނުވެ ލިބޭނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

"އެއްވެސް ދަތިކަމެއް ނެތި މާސްކު ލިބެން ހުންނާނެ މާލެ އާއި ރަށްރަށުގެ އެސްޓީއޯގެ ބޭސް ފިހާރަތަކުން،" އެސްޓީއޯގެ އޮފިޝަލަކު ވިދާޅުވި އެވެ.

މާލޭގެ ބައެއް ފާމަސީތަކުން މިއަދު ވަނީ ސާޖިކަލް މާސްކް ހުސްވެފަ އެވެ. އެއާ އެކު ސެނިޓައިޒާ ވެސް ލިބުން ވަނީ ދަތިވެފަ އެވެ.

މިހާރު ފެތުރެމުން ދާތީ، މާލޭގައި ވަރަށް ގިނަ ބަޔަކު މިއަދު ވަނީ މާސްކު ބޭނުންކުރަން ފަށައިފަ އެވެ. އެއީ މި ބަލި އިތުރަށް ފެތުރުނަ ނުދިނުމަށާއި އަމިއްލަ ސަލާމަތަށް ޓަކައި އާންމުންނަށް ކުރެވިދާނެ މުހިންމު ކަމެއް ކަމަށް ވެސް ކަމާ ބެހޭ ފަރާތްތަކުން ބުނެ އެވެ.