Roadha Mihaaru
އެންމެ ކުޑަ އަގު މެޑްޓެކުން، ބޮޑު އަގު އެސްޓީއޯއިން

ވެންޓިލޭޓަރުތަކަށް އެންމެ ކުޑަ އަގު ހުށަހެޅީ މެޑްޓެކުން، އެންމެ ބޮޑު އަގު އެސްޓީއޯ އިން

10 މެއި 2020

ކޮވިޑް-19 އާ ގުޅިގެން ރާއްޖެ އަށް 145 ވެންޓިލޭޓަރު ގެންނަން ސަރުކާރުން ހަވާލު ކުރި ތިން ކުންފުނީގެ ތެރެއިިން އެންމެ ކުޑަ އަގެއް ހުށަހަޅާފައި ވަނީ މެޑްޓެކް މޯލްޑިވްސް އިންކަން "މިހާރު" އަށް އެނގިއްޖެ އެވެ. އެންމެ ބޮޑު އަގެއް ހުށަހެޅީ ދައުލަތުގެ ކުންފުނި އެސްޓީއޯ އިންނެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ކޮވިޑް-19 އާ ގުޅިގެން ރާއްޖެ އަށް 145 ވެންޓިލޭޓަރު ގެންނަން ސަރުކާރުން ހަވާލު ކުރި ތިން ކުންފުނީގެ ތެރެއިިން އެންމެ ކުޑަ އަގެއް ހުށަހަޅާފައި ވަނީ މެޑްޓެކް މޯލްޑިވްސް އިންކަން "މިހާރު" އަށް އެނގިއްޖެ އެވެ. އެންމެ ބޮޑު އަގެއް ހުށަހެޅީ ދައުލަތުގެ ކުންފުނި އެސްޓީއޯ އިންނެވެ.

މެޑްޓެކް މޯލްޑިވްސްއާ 50 ވެންޓިލޭޓަރު ގެންނަން ހަވާލުކުރިއިރު، ދުބާއީގެ އެގްޒެކިއުޓާ ޖެނެރަލް ޓްރޭޑިންއާ ވަނީ 75 ވެންޓިލޭޓަރު ގެންނަން ހަވާލުކޮށްފަ އެވެ. އަދި ނާޑް ނަމަކަށް ކިޔާ ކުންފުންޏަކާ 20 ވެންޓިލޭޓަރު ގެންނަން ހަވާލުކޮށްފައި ވެ އެވެ. އޭގެ ތެރެއިން މިހާތަނަށް ރާއްޖެ ގެނެސްފައި ވަނީ މިއަދު މެޑްޓެކުން ގެނައި 18 އައިސީޔޫ ވެންޓިލޭޓަރެވެ.

Medtech inn 18 ventilator eh genesfi

Medtech inn 18 ventilator eh genesfi

The most trusted news source in the Maldives

Mihaaru

މެޑްޓެކްއިން 18 ވެންޓިލޭޓާ ގެނައުން

އެ ވެންޓިލޭޓަރުތައް ގެންނަން ހުށަހެޅި އަގުތަކަށް ބަލާއިރު އެންމެ ކުޑަ އަގެއް ހުށަހެޅީ މެޑްޓެކުންނެވެ. މީގެ ކުރިން ވެސް ހޮސްޕިޓަލްތަކަށް ބޭނުންވާ ސާމާނުތައް ސަޕްލައި ކޮށްދީފައިވާ މެޑްޓެކުން ހުށަހަޅާފައިވަނީ ބެލަވިސްޓާ ބްރޭންޑްގެ ވެންޓިލޭޓަރެއް 288،914ރ. އަށެވެ. އެހެންކަމުން 50 ވެންޓިލޭޓަރުގެ އަގު އަރަނީ 14،445،700ރ. އަށެވެ. އެންމެ ކުރު މުއްދަތެއްގެ ތެރޭގައި ވެސް ވެންޓިލޭޓަރު ގެންނަން ހުށަހަޅެޅީ މެޑްޓެކުންނެވެ. އެއީ ހަތް ދުވަހާއި 14 ދުވަހާ ދެމެދުގެ މުއްދަތެކެވެ. އެކަމަކު އެއްވެސް ކުންފުންޏަކުން ހުށަހަޅާފައިވާ މުއްދަތުގެ ތެރޭގައި ވެންޓިލޭޓަރުތައް ގެނެވިފައެއް ނުވެ އެވެ.

ދެވަނަ އަށް އެންމެ ކުޑަ އަގެއް ހުށަހަޅާފައި ވަނީ 20 ވެންޓިލޭޓަރު ގެންނަން ހަވާލުކޮށްފައިވާ ނާޑުންނެވެ. އީވްއިން ބްރޭންޑްގެ ވެންޓިލޭޓަރެއް 14 ދުވަސް ތެރޭ ގެނެސްދޭން އެ ކުންފުނިން ހުށަހަޅާފައިވަނީ 351،577ރ. އެވެ. އެހެންކަމުން 20 ވެންޓިލޭޓަރުތައް ރާއްޖެ އަށް ގެންނަން ނާޑް ކުންފުނިން ނަގާ އަގަކީ 7،031،541ރ. އެވެ.

ވެންޓިލޭޓަރު ގެންނަން ސަރުކާރަށް ހުށަހެޅި ކުންފުނިތަކުގެ ތެރެއިން އެންމެ ބޮޑު އަގެއް ހުށަހަޅާފައިވަނީ ދައުލަތުގެ ކުންފުނި އެސްޓީއޯއިންނެވެ. ކެއާސްކޭޕް ބްރޭންޑްގެ 15 ވެންޓިލޭޓަރު ގެންނަން އެ ކުންފުނިން ހުށަހަޅާފައިވާ އަގަކީ އެއްޗެއް 878،475ރ. އެވެ. ދެ ވެންޓިލޭޓަރު ނަމަ އެއްޗެއް ގެނެސްދޭ އަގަކީ 783،000ރ. އެވެ. އަދި އެންމެ ދިގު މުއްދަތެއް ވެސް ހުށަހަޅާފައި ވަނީ އެސްޓީއޯއިންނެވެ. އެ ކުންފުނިން ބުނިގޮތުގައި ވެންޓިލޭޓަރުތައް ގެންނަން 60 ދުވަހާއި 75 ދުވަހާ ދެމެދުގެ މުއްދަތެއް ނަގަ އެވެ.

ދުބާއީ ކުންފުންޏާ 75 ވެންޓިލޭޓަރު ގެންނަން ހަވާލުކުރީ 34 މިލިއަން ރުފިޔާ އަށް ކަމަށް ސަރުކާރުން ބުނާއިރު އެ އަދަދަށް ބަލާއިރު ވެންޓިލޭޓަރަކަށް ޖެހެނީ 453،333ރ. އެވެ.

ވެންޓިލޭޓަރު ގެންނަން ސަރުކާރަށް ހުށަހެޅި ކުންފުނިތަކުގެ ތެރެއިން އެންމެ ބޮޑު އަގެއް ހުށަހަޅާފައިވަނީ ދައުލަތުގެ ކުންފުނި އެސްޓީއޯއިންނެވެ. ކެއާސްކޭޕް ބްރޭންޑްގެ 15 ވެންޓިލޭޓަރު ގެންނަން އެ ކުންފުނިން ހުށަހަޅާފައިވާ އަގަކީ އެއްޗެއް 878،475ރ. އެވެ. ދެ ވެންޓިލޭޓަރު ނަމަ އެއްޗެއް ގެނެސްދޭ އަގަކީ 783،000ރ. އެވެ. އަދި އެންމެ ދިގު މުއްދަތެއް ވެސް ހުށަހަޅާފައި ވަނީ އެސްޓީއޯއިންނެވެ. އެ ކުންފުނިން ބުނިގޮތުގައި ވެންޓިލޭޓަރުތައް ގެންނަން 60 ދުވަހާއި 75 ދުވަހާ ދެމެދުގެ މުއްދަތެއް ނަގަ އެވެ.

އަވަސް ކުރުމުގެ ގޮތުން މި މަސައްކަތް ހަވާލުކުރީ ބިޑްކުރުމަކާ ނުލައި، "ސިންގަލް ސޯސް ޕްރޮކިއުމަންޓް" އުސޫލުންނެވެ. އެކަމުގެ ކޮރަޕްޝަން އެކުލެވޭތޯ، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އަންނަނީ ބަދަލުންނެވެ. އެސްޓީއޯ އަށް ނުދީ ދިވެހި އަމިއްލަ ދެ ކުންފުންޏަކާއި ދުބާއީ ކުންފުންޏަކަށް އެ ޕްރޮޖެކްޓް ދިނީ މާ އަގު ބޮޑުކޮށް ކަމަށް ރައްޔިތުން މަޖިލީހުގެ ބައެއް މެމްބަރުން ވެސް ވަނީ ތުހުމަތު ކޮށްފަ އެވެ.

ސިއްހީ ދާއިރާގެ ތަކެތި ސަޕްލައިކޮށް ސާވިސް ދޭ މެޑްޓެކް މޯލްޑިވްސްއަކީ ރާއްޖެ އަށް މެޑިކަލް ސާމާނު ގެނެސްދޭތާ 10 އަހަރު ވެފައިވާ ކުންފުންޏެކެވެ. އައިޖީއެމްއެޗްގެ އައިސީޔޫ އާއި ކޮވިޑް-19ގެ ސަބަބުން ހާލުބޮޑުވާ މީހުންނަށް ފަރުވާ ދިނުމަށް ދަރުމަވަންތަ ހޮސްޕިޓަލްގައި ހަދާފައިވާ ޑީއެޗް11 އާއި އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް)ގެ އިތުރުން އޭޑީކޭ އާއި ޓްރީޓޮޕް ހޮސްޕިޓަލަށް ބޭނުންވާ ގިނަ މެޑިކަލް ސާމާނު ފޯރުކޮށްދީ ސާވިސް ކޮށްދެނީ ވެސް މެޑްޓެލްއިންނެވެ. ކޮވިޑް-19 އަށް ރާއްޖޭން މީހުން ޓެސްޓް ކުރާ ޕީސީއާރު މެޝިން ވެސް ގެނެސްދީފައި ވަނީ މެޑްޓެކްއިންނެވެ.

އެ ކުންފުނީގެ މެނޭޖިން ޑިރެކްޓާ މުބާހް ރަފީއު ވިދާޅުވިގޮތުގައި އެހެން ކުންފުނިތަކަށް ވުރެ މާ ހެޔޮ އަގުގައި ސިއްހީ ސާމާނު ފޯރުކޮށްދިނުގެ ފުރުސަތު އެ ކުންފުންޏަށް ލިބިފައިވަނީ އެއީ މެޑިކަލް އިކުއިޕްމެންޓް އުފައްދާ ދުނިޔޭގެ ބޮޑެތި ގިނަ ކުންފުނިތަކެއްގެ ރާއްޖޭގެ އެޖެންޓް ކަމަށް ވާތީ އެވެ.

"އަގު މިހެޔޮ ވަނީ އަޅުގަނޑުމެންނަށް މި ލިބެނީ ޑިސްޓިބިއުޓާގެ އަގުތަކުގައި ކަމަށް ވާތީ. އެހެން ކުންފުނިތަކަކަށް އެ އަގަކު ނުލިބޭނެ. އެހެންވީމާ ވަރަށް ބޮޑުތަން އެހެން ކުންފުނިތަކުން އަގު ބޮޑުވާނެ،" މުބާހް ވިދާޅުވި އެވެ.

މެޑިކަލް އިކުއިޕްމެންޓް ސަޕްލައި ކުރުމުގެ އިތުރުން އެ ކުންފުނިން އަންނަނީ ސާވިސް ވެސް ދެމުންނެވެ. އެ ކުންފުނީގައި އެ ދާއިރާގެ ހަތް އިންޖީނިއަރުން މަސައްކަތް ކުރެ އެވެ.

މުބާހް ވިދާޅުވީ، މެޑްޓެކުން ގެންނަން ހަވާލުވި ވެންޓިލޭޓަރުތަކުގެ ތެރެއިން ބައެއް ވެންޓިލޭޓަރުތައް މި މަހުގެ ފަހުކޮޅު ވެސް ގެނެވޭނެ ކަމަށެވެ. ކުރިން ލަފާ ކުރި މުއްދަތަށް ވުރެ ވެންޓިލޭޓަރު ގެނައުން ލަސްވީ ރާއްޖެ ގެންނަން ހުރި ވެންޓިލޭޓަރުތައް އެމެރިކާގެ ސަރުކާރުގެ އެންގުމަށް އުފެއދި ކުންފުނިން ދޫކުރަން ޖެހުމުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެމެރިކާގެ ކުންފުންޏެއް ވީމަ އެ ކުންފުންޏަށް ޖެހުނީ އެ ވެންޓިލޭޓަރުތައް ސަރުކާރުގެ އެންގުމުގެ މަތިން ދޭން. ދެން އަލުން އިތުރު ވެންޓިލޭޓަރުތައް ހަދައިގެން ގެންނަން ވީމަ ލަސްވީ،" މުބާހް ވިދާޅުވި އެވެ.

"އަގު މިހެޔޮ ވަނީ އަޅުގަނޑުމެންނަށް މި ލިބެނީ ޑިސްޓިބިއުޓާގެ އަގުތަކުގައި ކަމަށް ވާތީ. އެހެން ކުންފުނިތަކަކަށް އެ އަގަކު ނުލިބޭނެ. އެހެންވީމާ ވަރަށް ބޮޑުތަން އެހެން ކުންފުނިތަކުން އަގު ބޮޑުވާނެ،" މުބާހް

އެނގިފައިވާ ގޮތުގައި ކޮވިޑް-19 އަށް ބޭނުންވާ ވެންޓިލޭޓަރުތައް ރާއްޖެ ގެނެސްދޭނެ ކުންފުންޏެއް ހޯދުމަށް އެފަދަ ތަކެތި އެތެރެކުރާ ހުރިހާ ކުންފުންޏަކުން އަގު ހެލްތު މިނިސްޓްރީން ހޯދި އެވެ. ބިޑް ކުރުމަކާ ނުލައި އެ މަސައްކަތް ކުންފުނިތަކާ ހަވާލު ކުރީ އަގަށާއި އެ ކުންފުންޏެއްގެ ގާބިލްކަމަށް ބެލުމަށް ފަހުގަ އެވެ.

ބިޑް ކުރުމަކާ ނުލައި އެ ޕްރޮޖެކްޓް ހަވާލު ކުރުމާ ގުޅޭގޮތުން ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ކުރިން ވިދާޅުވެފައި ވަނީ އެއީ، ކޮވިޑް-19 ރާއްޖެ އަށް ހަލުވިކަމާ އެކު ފެތުރެމުންދާތީ ވީހާ ވެސް އަވަހަކަށް އެ ތަކެތި ބޭނުންވާތީ އަމަލު ކުރެއްވި ގޮތެއް ކަމަށެވެ.

ސަރުކާރުން ބުނެފައި ވަނީ ދުބާއީގެ ކުންފުންޏާ ވެންޓިލޭޓަރު ގެންނަން ހަވާލުކުރީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) މެދުވެރިކޮށް ކަމަށެވެ.