Roadha Mihaaru
ފުށް ބަސްތާތަކެއް ވެއްޓި ދެ މީހަކަށް އަނިޔާވެއްޖެ

ފުށް ގުދަނުގައި ބަސްތާތަކެއް ވެއްޓި ދެ މީހަކަށް އަނިޔާވެއްޖެ

07 މެއި 2023

އެސްޓީއޯ ފުށް ގުދަނުގައި ހުރި ފުށް ބަސްތާތަކެއް ވެއްޓި ދެ މީހަކަށް އަނިޔާވެއްޖެ އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

އެސްޓީއޯ ފުށް ގުދަނުގައި ހުރި ފުށް ބަސްތާތަކެއް ވެއްޓި ދެ މީހަކަށް އަނިޔާވެއްޖެ އެވެ.

އެސްޓީއޯގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ ފުށް ބަސްތާތަކެއް ވެއްޓި އަނިޔާވީ ބިދޭސީ ދެ ލޭބަރަކަށް ކަމަށާއި އެ ދެ މީހުންނަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުން އަންނަ ކަމަށެވެ.

އޮފިޝަލް ވިދާޅުވީ މިހާތަނަށް ހެދި ޗެކަޕްތަކުން އެ މީހުންނަށް ސީރިއަސް ގެއްލުމެއް ލިބިފައިވާ ކަމަށް ފާހަގަވެފައި ނުވާ ކަމަށެވެ.

އެކަމާ ގުޅިގެން އެސްޓީއޯ އިން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

އެފަދަ ހާދިސާއެއް ދިމާވާން މެދުވެރިވި އެއް ސަބަބެއް ކަމުގައި އޭނާ ވިދާޅުވީ އެއީ ފުށް ބަސްތާތައް ޕެލެޓައިޒް ކޮށްފައި ނެތުމެވެ. އެއީ ބަސްތާތައް ޕެލެޓްތައް މަތީ ބަރިބަރި އަށް ޖަހާފައި ހުރުމެވެ.

"މިހާރު ހަނޑޫ ހަކުރުގެ ބޮޑުބައި ވާނީ ޕެލެޓައިޒް ކޮށްފައި. ފުށް ގުދަންތައް ވެސް ޕެލެޓައިޒް ކުރެވުނީމަ ރައްކާތެރިކަމާއެކީ އެ މަސައްކަތް ކުރެވޭނެ،" އޭނާ ވިދާޅުވި އެވެ.