Roadha Mihaaru

"އޯޝަން ވިއު"އާ އެކު ލަގްޒަރީ ދިރިއުޅުމަކަށް ބޭނުންވާނެ ފެސިލިޓީތައް ބޭފެންސީން ހަދަނީ

ހުޅުމާލެ 2 ގައި މިހާރު ހަދަމުން އަންނަ ލަގްޒަރީ އެޕާޓްމަންޓު ކޮމްޕްލެކްސް "ބޭފެންސީ ރެޒިޑެންސް"ގައި ދިރިއުޅޭ މީހުންނަށް ގާއިމުކުރާ ފެސިލިޓީތައް ހެދުމަށް ހަމަޖެހިފައި ވަނީ އެ އިމާރާތުގެ 17 ވަނަ ފްލޯގައި ކަމަށް އެ ތަން ހަދަމުން އަންނަ ބޭފެންސީން ބުނެފި އެވެ.

ލަގްޒަރީ ދިރިއުޅުމަކަށް ބޭނުންވާ ފެސިލިޓީތައް ބޭފެންސީގައި
އައިޝަތު ޖަޒްލީ
އައިޝަތު ޖަޒްލީ

26 މާޗް 2025

ހުޅުމާލެ 2 ގައި މިހާރު ހަދަމުން އަންނަ ލަގްޒަރީ އެޕާޓްމަންޓު ކޮމްޕްލެކްސް "ބޭފެންސީ ރެޒިޑެންސް"ގައި ދިރިއުޅޭ މީހުންނަށް ގާއިމުކުރާ ފެސިލިޓީތައް ހެދުމަށް ހަމަޖެހިފައި ވަނީ އެ އިމާރާތުގެ 17 ވަނަ ފްލޯގައި ކަމަށް އެ ތަން ހަދަމުން އަންނަ ބޭފެންސީން ބުނެފި އެވެ.

ސިންގަޕޫރުގެ ރިއަލްއެސްޓޭޓް ޑިވެލޮޕްމަންޓް ކުންފުނިން ބުނީ، ރާއްޖޭގައި މިވަގުތު ހުރި އެ ފަދަ ގިނަ އިމާރާތްތަކުގައި ދިރިއުޅޭ މީހުންނަށް ހިދުމަތްތައް ދިނުމަށް ގާއިމުކުރާ ތަންތަން އާއްމުކޮށް ހުންނަނީ ދެ ވަނަ ފަންގިފިލާގައި ކަމަށެވެ.

އެކަމަކު، ބޭފެންސީން އެ ހިދުމަތްތައް އިމާރާތުގެ 17 ވަނަ ފްލޯގައި ދޭން ނިންމީ އެ ތަނުގައި ދިރިއުޅޭ މީހުންނަށް ހިތްފަސޭހަ މާހައުލެއް ފަހިކޮށްދޭން ކަމަށް ބުންޏެވެ. އެގޮތުން 17 ވަނަ ފްލޯގައި އެކި ފެސިލިޓީތައް ގާއިމުކުރުމުން ގުދުރަތީ ހިތްގައިމު މަންޒަރުތަކާއި "އޯޝަން ވިއު" އިން އެ ހިދުމަތްތައް އިތުރަށް ފުރިހަމަވާނެ ކަމަށް ބުންޏެވެ.

ބޭފެންސީން ބުނިގޮތުގައި، ހަގީގީ ލަގްޒަރީ ދިރިއުޅުމެއްގެ ތަޖުރިބާ ހޯދައި ދެވޭނީ އެފަދަ ހިދުމަތްތައް އެންމެ ފުރިހަމަ އަށް ފޯރުކޮށްދީގެންނެވެ.

ބޭފެންސީގެ ރެޒިޑެންޓުންނަށް 17 ވަނަ ފްލޯގައި ހަދާ ބައެއް ފެސިލިޓީތައް ހުންނާނެ ގޮތުގެ މޮޑެލް.

ބޭފެންސީގެ ރެޒިޑެންޓުންނަށް 17 ވަނަ ފްލޯގައި ހަދާ ބައެއް ފެސިލިޓީތައް ހުންނާނެ ގޮތުގެ މޮޑެލް.

ބޭފެންސީ ރެޒިޑެންސްގެ 17 ވަނަ ފްލޯގައި އިންފިނިޓީ ޕޫލަކާއި ކުޑަކުދިންނަށް ހާއްސަ ޕްލޭ އޭރިއާއެއް އަދި ޖިމަކާއި ޔޯގާ ޒޯނެއް ހުންނާނެ އެވެ. އޭގެ އިތުރުން ބާބަކިއު ހެދުމަށް ބޭނުންވާނެ ހުރިހާ ގްރިލިން ޓޫލަކާ އެކު ހަދާފައިވާ ބާބަކިއު ސަރަހައްދަކާއި އެކި ކަހަލަ އެއްވުންތަކާއި ޕާޓީތައް ބާއްވާނެ ސަރަހައްދެއް ވެސް ހެދުމަށް ވަނީ ނިންމައިފަ އެވެ.

ބޭފެންސީގައި ހެދުމަށް ހަމަޖެހިފައިވާ އިންފިނިޓީ ޕޫލް ހުންނާނެ ގޮތުގެ މޮޑެލް

ބޭފެންސީގައި ހެދުމަށް ހަމަޖެހިފައިވާ އިންފިނިޓީ ޕޫލް ހުންނާނެ ގޮތުގެ މޮޑެލް

ތިން އަހަރު ދުވަހުގެ ތެރޭގައި ނިންމަން ހަމަޖެހިފައިވާ އެ އިމާރާތުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ. ބޭފެންސީން ބުނީ އެ އިމާރާތުގެ މަސައްކަތް ތާވަލް ކޮށްފައިވާ ތާރީހުތަކަށް ވުރެ މާ އަވަހަށް ނިމެމުން އަންނަ ކަމަށެވެ. އިމާރާތުގެ މަސައްކަތް ނިމެން ކައިރި ވުމުން، އިމާރާތް އިތުރަށް ފުރިހަމަކުރުމަށް ބޭނުންވާ ކަންތައްތަކަށް ވަގުތު ދޭން ބޭފެންސީން ވަނީ ނިންމައިފަ އެވެ. އަދި އެ ކުންފުނީގެ އެންމެ އިސް އަމާޒަކީ ކޮލެޓީ ކަށަވަރު ކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތްތަކެއް ކުރުން ކަމަށް ވެސް ބުންޏެވެ.

ބޭފެންސީން ރާއްޖޭގައި މަސައްކަތް ކުރަނީ ރާއްޖޭގައި ރީ-ރަޖިސްޓަރީކޮށްގެންނެވެ. ލަގްޒަރީ ރެޒިޑެންސް ކޮމްޕްލެކްސްއެއް އަޅަނީ ހުޅުމާލޭގަ އެވެ.