Roadha Mihaaru

ފަޅުގައި އަޅާފައި އޮންނަ އުޅަނދުތަކުގައި ވެސް ފަޅުވެރިން ތިބެން އަންގައިފި

އުޅަނދުތައް ފަޅުގައި އަޅާފައި އޮންނަ އިރު ވެސް އެކަށީގެންވާ އަދަދަކަށް އަބަދުވެސް މީހުން ތިބުމަށް ޓްރާންސްޕޯޓު މިނިސްޓްރީން އަންގައިފި އެވެ.

އަޅާފައި ހުންނަ އުޅަނދުތަކުގައި ފަޅުވެރިން ތިބެންޖެހޭ
މާއިދާ މުހައްމަދު ރަޝާދު
މާއިދާ މުހައްމަދު ރަޝާދު

23 މާޗް 2025

އުޅަނދުތައް ފަޅުގައި އަޅާފައި އޮންނަ އިރު ވެސް އެކަށީގެންވާ އަދަދަކަށް އަބަދުވެސް މީހުން ތިބުމަށް ޓްރާންސްޕޯޓު މިނިސްޓްރީން އަންގައިފި އެވެ.

މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ ފަޅުތެރޭގަ އާއި ކަނޑުގެ ސަރަހައްދުގައި ނަގިލި ލުމަށް ފަހު އުޅަނދު ބެލެހެއްޓުމަށް އެއްވެސް ފަޅުވެރިއަކު އުޅަނދުގައި ނެތި ދޫކޮށްލާފައިވާ ދިއުމުގެ ސަބަބުން ނުރައްކާތެރި ހާދިސާތައް ދިމާވެ، މީހުންގެ މުދަލަށް ގެއްލުންވަމުންދާ ކަމަށެވެ.

"...ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދުއްވާ ކަނޑު އުޅަނދުފަހަރު ނަގިލިލާފައި ނުވަތަ ޖެޓީގައި އޮންނަ ވަގުތުތަކުގައި އެ އުޅަނދެއް ބެލެއްހެއްޓުމަށްޓަކައި އެކަށީގެންވާ އަދަދަށް ފަޅުވެރިން ތިބުމަކީ ސަލާމަތާ ރައްކާތެރިކަމުގެ ގޮތުން ކޮންމެހެން ލާޒިމްކަމެކެވެ." މިނިސްޓްރީގެ އިއުލާނުގައިވެ އެވެ.

މިނިސްޓްރީން ވަނީ އުޅަނދު ބެލެހެއްޓުމަށް ބޭނުންވާ އަދަދަށް އެ އުޅަނދުގައި ފަޅުވެރިން ނެތި އުޅަނދު ދޫކޮށްލާ ނަމަ، "ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދަތުރުކުރާ އުޅަނދުފަހަރުގެ ސަލާމަތާބެހޭ ގަވާއިދު" ގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށް ބުނެފަ އެވެ.