އާރުޓީއެލުން ހިލޭ ދަތުރުކުރެވޭ "ސްމާޓް ކާޑެއް" ވިއްކާ ކަމަށް ބުނެ ފޭސްބުކް ޕޭޖެއް މެދުވެރިކޮށް ސްކޭމެއް ހިންގާތީ ސަމާލުވާން އެމްޓީސީސީން މިއަދު އިލްތިމާސްކޮށްފި އެވެ.
03 މާޗް 2025
އާރުޓީއެލުން ހިލޭ ދަތުރުކުރެވޭ "ސްމާޓް ކާޑެއް" ވިއްކާ ކަމަށް ބުނެ ފޭސްބުކް ޕޭޖެއް މެދުވެރިކޮށް ސްކޭމެއް ހިންގާތީ ސަމާލުވާން އެމްޓީސީސީން މިއަދު އިލްތިމާސްކޮށްފި އެވެ.
އެ ކުންފުނިން ނެރުނު ނޫސްބަޔާނެއްގައި ބުނީ ސޯޝަލް މީޑިއާގެ ޕްލެޓްފޯމްތަކުގައި އެކި ފަރާތްތަކުގެ ނަމުގައި ހިންގާ ސްކޭމްތައް އިތުރުވަމުންދާއިރު، އެ ކުންފުނީގެ ދަށުން ހިންގަމުން އަންނަ އާރުޓީއެލްގެ ނަމުގައި މި ކަހަލަ ކަމެއް ހިންގަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
އެ ބަޔާނުގައި ބުނި ގޮތުގައި، "މޯލްޑިވްސް ޕަބްލިކް ޓްރާންސްޕޯޓް"ގެ ނަމުގައި ހިންގާ ފޭސްބުކް ޕޭޖަކުން ދަނީ އާރްޓީއެލް މެދުވެރިކޮށް ތިން މަސްދުވަސް ވަންދެން ހިލޭ ދަތުރުކުރުމަށް މަގުފަހިކޮށްދޭނެ ކަމަށް ބުނާ "ސްމާޓް ކާޑެއް "ވިއްކުމުގެ މަސައްކަތްކުރަމުންނެވެ.
އެ ފޭސްބުކް ޕޭޖުގައި ހިންގަމުން ގެންދާ އެއްވެސް ހަރަކާތަކީ އެމްޓީސީސީ އާއި އާރުޓީއެލްއާ ވެސް އެއްވެސް ގުޅުމެއް ނެތް ކަމެއް ކަމަށް އެމްޓީސީސީން ބުންޏެވެ.
އެމްޓީސީސީގެ ފަރާތުން އާ ހިދުމަތެއް ނުވަތަ ޕްރޮޑަކްޓެއް ތައާރަފުކުރާ ނަމަ އެ ކަމެއް ރަސްމީކޮށް ފެށުމުގެ ކުރިން ކުންފުނީގެ އޮފިޝަލް ސޯޝަލް މީޑިއާ އަދި އެހެނިހެން މީޑިއާ ޗެނަލްތަކުން އެކަމުގެ މައުލޫމާތު ހިއްސާކުރާނެ ކަމަށް ވެސް ބުންޏެވެ.
"މިއަދު މިފަދަ ސްކޭމްތައް އާންމުވެފައިވާއިރު، މި ކަންކަމަށް ސަމާލުވުމުގެ ގޮތުން އެމްޓީސީސީ ނުވަތަ އާރްޓީއެލްގެ ނަމުގައި އެއްވެސް ފަރާތަކުން ފޮނުވާ ލިންކްތަކަށް ސަމާލުވުމަށާއި އެފަދަ ފަރާތްތަކާ އެކު އެއްވެސް ފައިސާގެ މުއާމަލާތެއް ނުކުރުމަށް އެންމެހާ ކަސްޓަމަރުންނަށް ނަސޭހަތްތެރިވަމެވެ،" އެމްޓީސީސީގެ ބަޔާނުގައި ބުންޏެވެ.
އެމްޓީސީސީން ބުނީ އެ ކުންފުންޏަށް ރައްޔިތުން ކުރާ އިތުބާރުގެ ބޭނުން ނަހަމަ ގޮތުގައި ހިފައި، ނުހައްގުން ފައިސާ ހޯދުމަށް ކުރާ މި ކަހަލަ ނާތަހުޒީބު އަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.
ރާއްޖޭގައި ސްކޭމްގެ މައްސަލަތައް ފާއިތުވި އަހަރުތަކުގައި ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.
އެމްޓީސީސީގެ އާރުޓީއެލް ނެޓްވޯކުގެ ދަށުން މާލެ އާއި ބައެއް ރަށްރަށުގައި ބަހުގެ ހިދުމަތް ދެ އެވެ. އަދި ރާއްޖޭގެ އެންމެ އުތުރާއި ދެކުނުގެ އަތޮޅުތަކުގައި ސްޕީޑް ފެރީގެ ހިދުމަތް ދެ އެވެ.
ޖެމްކިޔު އިން ފައިސާ ލިބުން ހުއްޓި، މީހުން ރަތަށް!
ކާކުގެ ސްކީމެއްކަން ވެސް ނޭނގި ބޮޑު ސްކޭމަކާ ދިމާލަށް
ޖެމްކިޔުސްކީމްގައި 50،000 އަށް ވުރެ ގިނަ ދިވެހިން
ސްކޭމްތަކުގައި އެންމެ ގިނަ ފައިސާ ރިކަވާކުރީ ރާއްޖެއިން
ޓެކްސީލައިނަށް ބިމެއް، އޮގަސްޓް މަހު ހިދުމަތް ފަށަނީ
މިދިޔަ މަހު 136 ސްކޭމް، 1.4 މިލިއަން ގެއްލުނު
ޒައިދާންގެ ޝަރީއަތް ނުފެށި 1،000 ދުވަސް
ފޭކް ސްލިޕުން 30 އޯޑަރަށް 9،000ރ. ގެ ކެއުން
ޓެކްސީ ލައިންގައި ހަނި ގޯޅިއަށް ވަދެވޭ ޓެކްސީ ހުންނާނެ
ޓެމޫގެ ނަމުގައި ހިންގާ ސްކޭމްތައް އިތުރުވަނީ