Roadha Mihaaru
ޓްރަމްޕުގެ ތުހުމަތު ސާބިތުކޮށްދޭން މެކްކޭން ގޮވާލައިފި

ޓްރަމްޕުގެ ތުހުމަތު ސާބިތުކޮށްދޭން މެކްކޭން ގޮވާލައްވައިފި

13 މާޗް 2017

ވޮޝިންޓަން (މާޗް 13) - އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ތެރޭގައި ރައީސް ބަރަކް އޮބާމާ އަންގަވައިގެން ފޯނު އަޑު އެހިކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ކުރެއްވި ތުހުމަތު ސާބިތުކޮށްދޭން ޖެހޭނެ ކަމަށާއި އެހެން ނޫނީ އެ ތުހުމަތު އަނބުރާ ގެންދިއުމަށް ގާނޫނީ ހަދާ މަޖިލީހުގެ ސީނިއާ މެންބަރު ޖޯން މެކްކޭން ގޮވާލައްވައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ވޮޝިންޓަން (މާޗް 13) - އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ތެރޭގައި ރައީސް ބަރަކް އޮބާމާ އަންގަވައިގެން ފޯނު އަޑު އެހިކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ކުރެއްވި ތުހުމަތު ސާބިތުކޮށްދޭން ޖެހޭނެ ކަމަށާއި އެހެން ނޫނީ އެ ތުހުމަތު އަނބުރާ ގެންދިއުމަށް ގާނޫނީ ހަދާ މަޖިލީހުގެ ސީނިއާ މެންބަރު ޖޯން މެކްކޭން ގޮވާލައްވައިފި އެވެ.

ޓްރަމްޕަށް އާއްމުކޮށް ފާޑު ވިދާޅުވާ 2008 ވަނަ އަހަރުގެ ރިޕަބްލިކަން ރިޔާސީ ކެންޑިޑޭޓް ސީއެންއެންގައި ވާހަކަ ދައްކަވަމުން ވިދާޅުވީ ރައީސް ޓްރަމްޕަށް އޮތީ ދެ އިޚްތިޔާރު ކަމަށެވެ.

"އެއީ ރައީސް އޮބާމާ ފޯނު އަޑު އެހިކަން ސާބިތުކޮށް ދިނުން. ނޫނީ ތުހުމަތު އަނބުރާ ގެންދިއުން. ޓްރަމްޕް ދެއްކެވި ވާހަކަތައް ގަބޫލް ކުރެވޭނެ އެއްވެސް ސަބަބެއް ނެތް،" މެކްކޭން ވިދާޅުވި އެވެ. "ޓްރަމްޕް ހައްދަވަން ޖެހޭ ގޮތަކީ ފޯނު ނަންގަވާ ސީއައިއޭގެ ޑިރެކްޓަރާއި ނޭޝަނަލް އިންޓެލިޖެންސްގެ ޑިރެކްޓަރަށް ގުޅުއްވާ ވެގެން އުޅޭގޮތް ސާފު ކުރެއްވުން. ސަބަބަކީ ޓްރަމްޕް ޓަވަރުގެ ފޯނު ކޯލްތައް ކުރީގެ ރައީސް އަޑު އެއްސެވިކަން އެމީހުންނަށް އެނގެން ޖެހޭނެތީ."

ރައީސް އޮބާމާގެ ތަރުޖަމާން މެދުވެރި ކުރައްވާ ވަނީ ޓްރަމްޕުގެ ތުހުމަތުތައް ދޮގު ކުރައްވައިފަ އެވެ. ކެމްޕޭން ދުވަސްވަރު ނޭޝަނަލް އިންޓެލިޖެންސްގެ ޑިރެކްޓަރަކަށް ހުންނެވި ޖޭމްސް ކްލެޕާ ވެސް ވަނީ ފޯނު އަޑު ނާހާ ކަމަށް ވިދާޅުވެފަ އެވެ.

ޓްރަމްޕް ވަނީ ފޯނު އަޑު އެހި މައްސަލަ ތަހުގީގު ކުރުމަށް ކޮންގްރެސްގައި އެދިވަޑައިގެންފަ އެވެ. ކޮންގްރެސްގެ ކޮމިޓީއަކުން ދަނީ އެމެރިކާގެ ރިޔާސީ އިންތިޚާބަށް ރަޝިޔާ އިން ނުފޫޒް ފޯރުވި މައްސަލަ ބަލަމުންނެވެ.

ޑިމޮކްރެޓިކް ޕާޓީގެ އޮފިޝަލުން ބުނަމުން ދަނީ އޮބާމާއާ ބެހޭ ގޮތުން ޓްރަމްޕް މި ބާވަތުގެ ތުހުމަތުތައް ކުރައްވަމުން ގެންދަވަނީ ރިޔާސީ އިންތިޚާބަށް ރަޝިޔާ އިން ނުފޫޒު ފޯރުވާފައިވާ ކަމަށް ބުނާ މައްސަލައިގެ ސަމާލުކަން އަނބުރާލުމަށް ކަމަށެވެ.