އެޗްޑީސީގެ ޗީފް ބިޒްނަސް އޮފިސަރު އަދި މީޑިއާ ޑިޕާޓްމަންޓްގެ ހެޑް އަހުމަދު ޔާމީންގެ އެއްބަސްވުން އާނުކުރަން އެ ކުންފުނިން ނިންމުމުން އެ މައްސަލަ ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް އޭނާ ހުށަހަޅުއްވައިފި އެވެ.
14 ފެބުރުއަރީ 2025
އެޗްޑީސީގެ ޗީފް ބިޒްނަސް އޮފިސަރު އަދި މީޑިއާ ޑިޕާޓްމަންޓްގެ ހެޑް އަހުމަދު ޔާމީންގެ އެއްބަސްވުން އާނުކުރަން އެ ކުންފުނިން ނިންމުމުން އެ މައްސަލަ ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް އޭނާ ހުށަހަޅުއްވައިފި އެވެ.
އެޗްޑީސީގެ ޗީފް ބިޒްނަސް އޮފިސަރުގެ މާގަމަށް ޔާމީން އައްޔަން ކުރީ އެއް އަހަރުގެ އެއްބަސްވުމެއްގެ ދަށުން ޑިސެމްބަރު 2023 ގަ އެވެ. އެ މުއްދަތު ހަމަވެފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހަށެވެ.
ނަމަވެސް، ޔާމީންގެ އެއްބަސްވުން އާނުކުރާނެ ކަން އަންގާފައިވަނީ އޭގެ އެއް މަސް ފަހުން މިދިޔަ ޖެނުއަރީ މަހު އެވެ.
ޔާމީން "މިހާރު" އަށް މިރޭ ވިދާޅުވި ގޮތުގައި އެޗްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދުގެ ބެއްލެވުމުގެ ދަށުން އޭނާ ވަނީ ދާއިމީ މުވައްޒަފަކަށް ވުމަށްޓަކައި އެޕްރައިސަލް ފުރިހަމަ ކުރައްވައިފަ އެވެ. އަދި ވަޒީފާ ދާއިމީ ކުރަން ވެސް އޭރުގެ އެމްޑީ ފަޒުލް ނިންމަވާފައިވާ ކަމަށް ޔާމީން ވިދާޅުވި އެވެ.
"އެހެންވީމާ ގަބޫލުކުރަނީ މިހާރު އަޅުގަނޑަކީ ދާއިމީ މުވައްޒަފެއް ކަމަށް،" ޔާމީން ވިދާޅުވި އެވެ.
އެހެންވެ، ދާއިމީ މުވައްޒަފެއްގެ ގޮތުގައި ހުއްޓާ، އޭނާގެ އެއްބަސްވުން އާނުކުރަނީ ކަމަށް ވިދާޅުވެ، ވަޒީފާ އިން ވަކިކުރަން ނިންމި ނިންމުން ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ހުށަހަޅުއްވާފައިވާ ކަމަށް ޔާމީން ވިދާޅުވި އެވެ.
މި އުޅޭ މައްސަލަ [ގެދޮރުވެރިޔާ ސްކީމާ ގުޅޭ ގޮތުން] އާ ގުޅޭ ގޮތުން އެއްވެސް ސުވާލެއް ވެސް ތުހުމަތެއް ވެސް ކޮށްފައެއް ނުވޭ،"--- ޔާމީން
އެއް އަހަރުގެ އެއްބަސްވުން ހަމަވިތާ ވެސް އެއް މަސް ފަހުން އެއްބަސްވުން އާނުކުރަން ނިންމާފައިވާ ކަމަށް ކަމަށް އަންގައި ސިޓީ ފޮނުވާފައިވަނީ ކޮން އުސޫލަކުން ކަމެއް ވެސް ސާފުނުވާ ކަމަށް އޭނާ ވިދާޅުވި އެވެ. ޔާމީންގެ އެއްބަސްވުން އާނުކުރަން ނުވަތަ ވަޒީފާ އިން ވަކިކުރަން ނިންމި ސަބަބެއް ވެސް ސާފުނުވާ ކަމަށް ވެސް ވިދާޅުވި އެވެ.
"މި އުޅޭ މައްސަލަ [ގެދޮރުވެރިޔާ ސްކީމާ ގުޅޭ ގޮތުން] އާ ގުޅޭ ގޮތުން އެއްވެސް ސުވާލެއް ވެސް ތުހުމަތެއް ވެސް ކޮށްފައެއް ނުވޭ،" ޔާމީން ވިދާޅުވި އެވެ.
ޔާމީންގެ އެއްބަސްވުން އާނުކުރަން އެޗްޑީސީން ނިންމާފައިވަނީ ގެދޮރުވެރިޔާ/ބިންވެރިޔާ ސްކީމާ ގުޅޭ ގޮތުން ހިންގާ ތަހުގީގާ ގުޅިގެން ޔާމީން މަސްއޫލިއްޔަތުތަކުން އެކަހެރިކޮށް އަދި ފަހުން އެ ސަސްޕެންޝަން އުވައިލުމަށް ފަހު އެވެ.
ޔާމީންގެ އިތުރުން އެޗްޑީސީގެ ޗީފް ޑިވެލޮޕްމަންޓް އޮފިސަރު (ސީއެފްއޯ) އަބްދުﷲ ފާއިދު ވެސް މިހާރު ވަނީ މަގާމުން ވަކިކޮށްފަ އެވެ.
ބިންވެރިޔާ ސްކީމްގެ ޝަރުތު ހަމަނުވަނީސް އެޗްޑީސީގެ އޭރު މެނޭޖިން ޑިރެކްޓަރު ފަޒުލްގެ ބޭބެ އެމްޑަބްލިއުއެެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޒީލް ރަޝީދަށް ގޯއްޗެއް ދިން މައްސަލަ ފަޅާ އެރުމާ އެކު، އޭސީސީ އާއި ފުލުހުން ވަނީ ބޮޑު ތަހުގީގެއް ފަށައިފަ އެވެ. އަދި އެ މައްސަލައާ ގުޅިގެން ފަޒުލް ސަސްޕެންޑް ކުރުމާ އެކު، އޭނާ މަގާމުން އިސްތިއުފާ ދެއްވި އެވެ.
އެކަމަކު، އެ ތަހުގީގުގެ އެއްވެސް ތަފުސީލެއް ކަމާ ގުޅޭ އިދާރާތަކުން މިހާތަނަކަށް ހާމައެއް ނުކުރެ އެވެ.
ކުލި ނުދައްކާ ފްލެޓްތަކަށް ނޯޓިސް ފޮނުވަން ފަށައިފި
ހުޅުމާލެއިން އާބަން ފާމިންއަށް 18 ބިމެއް ދީފި
ހުޅުމާލޭގެ އާ މާސްޓަޕްލޭނަށް އާންމުންގެ ހިޔާލު ހޯދަނީ
ހިޔާ 2 ގެ އާ ލިފްޓުތައް ބޭނުންކުރަން ފަށައިފި
ހުޅުމާލެ ރަމްޒުކޮށްދޭ 100 މީޓަރު އުސް ޓަވަރެއް
"ކުންފުނިތަކަށް ބަދަލުތައް ގެންނަން، ފައިދާ ފެނޭ"
މާސްޓަޕްލޭނަށް ބަދަލު ގެނައީ ބަނދަރުގެ ޖާގަ ކުޑަވާތީ
ހުޅުމާލޭގެ މާސްޓަޕްލޭނަށް ބަދަލު ގެެނެސް އާންމުކޮށްފި
ސަފާރީ ބަނދަރުކުރާތަން ހުސްކުރުމަކީ ބޮޑު ގޮންޖެހުމެއް!
ވިނަރެސްގެ ޓަވަރެއްގައި އެޗްޑީސީގެ އޮފީހެއް ހުޅުވައިފި