Roadha Mihaaru

"ހަވީރު" އަދި "މިހާރު" އިން ބިންމާގެ ހިދުމަތުގެ އަގުވަޒަންކޮށްފި

ރާއްޖޭގެ މަޝްހޫރު ވާހަކަ ލިޔުންތެރިޔާ ބިންމާ އިބްރާހީމް ވަހީދު މެދުކެނޑުމެއް ނެތި 31 އަހަރު "ހަވީރު" ނޫހަށާއި "މިހާރު" ނޫހަށް ވާހަކަ ލިޔެދީފައިވާތީ އެ ދެ ނޫހުން އޭނާގެ ހިދުމަތުގެ އަގުވަޒަންކޮށްފި އެވެ.

މިއަދު ހެނދުނު "މިހާރު" ގެ އޮފީހުގައި ބޭއްވި ބައްދަލުވުމެއްގައި "ހަވީރު" ގެ ޗެއާމަން ޑރ. މުހައްމަދު ޒާހިރު ހުސައިން ވަނީ ބިންމާގެ ހިދުމަތުގެ އަގުވަޒަންކުރުމުގެ ހަނދާނީ ލިޔުމެއް ދެއްވައިފަ އެވެ. އަދި ޖެނުއަރީ 31، 1994 ގައި އޭނާ "ހަވީރު" ނޫހަށް ލިޔުނު ފުރަތަމަ ވާހަކަ ކަމަށްވާ "އެހެނަސް" ގެ ކޮޕީއެއް ވެސް ފްރޭމްކޮށް ބިންމާ އަށް ޒާހިރު ހަދިޔާ ކުރެއްވި އެވެ.

Vaahaka bageechaa in Dhiveheen bin maa

Vaahaka bageechaa in Dhiveheen bin maa

The most trusted news source in the Maldives

Mihaaru

ބިންމާ އިބްރާހީމް ވަހީދު އާ ބެހޭ ގޮތުން "މިހާރު" ނޫހުގައި ހުކުރު ދުވަހު ޝާއިއުކުރި ފީޗާ ރިޕޯޓް.

މި ބައްދަލުވުމުގައި "މިހާރު" ގެ އެގްޒެކެޓިވް ޑައިރެކްޓަރު ވާއިލް ޒާހިރު ހުސެއިން އާއި، އެ ނޫހުގެ އެޑިޓަރު އަހުމަދު ހަމްދޫން ބައިވެރިވެވަޑައިގަތެވެ.

ބިންމާ ވަނީ 1994 އިން ފެށިގެން 2016 ވަނަ އަހަރު "ހަވީރު" ނޫސް ހުއްޓާލަން ޖެހުމާ ހަމަޔަށް އެ ނޫހަށް ކޮންމެ ހަފުތާއަކު ވާހަކަ ލިޔެދީފަ އެވެ. އަދި "ހަވީރު" ގެ މެނޭޖްމަންޓުން 2016 ވަނަ އަހަރު "މިހާރު" އުފެއްދީއްސުރެ އެ ނޫހަށް އަންނަނީ ލިޔަމުންނެވެ.

ބިންމާ ބުނީ އަބަދުވެސް އެންމެ އިސްކަންދެނީ ކޮންމެ ހަފުތާއަކު ނޫހަށް ލިޔަން ޖެހޭ ވާހަކަ އަށް ކަމަށާއި، އެ ވާހަކަ ނިންމާފައި ނޫނީ އިތުރު މަސައްކަތެއް ނުކުރާ ކަމަށެވެ. "ހަވީރު" އަދި "މިހާރު" ގެ ކިޔުންތެރިންގެ ތެރޭގައި ބިންމާގެ ބޮޑު އޯޑިއެންސެއް އަބަދުވެސް އޮވެ އެވެ.

ބިންމާ އިބްރާހީމް ވަހީދު (ވ) "ހަވީރު" ނޫހަށް ލިޔުނު ފުރަތަމަ ވާހަކައިގެ ކޮޕީއެއް އެ ނޫހުގެ ޗެއާމަން ޑރ. ޒާހިރު މިއަދު ބިންމާ އަށް ދެއްވަނީ. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ބިންމާ އިބްރާހީމް ވަހީދު (ވ) "ހަވީރު" ނޫހަށް ލިޔުނު ފުރަތަމަ ވާހަކައިގެ ކޮޕީއެއް އެ ނޫހުގެ ޗެއާމަން ޑރ. ޒާހިރު މިއަދު ބިންމާ އަށް ދެއްވަނީ. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

އޭނާގެ ވާހަކަތަކުގެ ތެރެއިން މިހާތަނަށް އެންމެ މަޝްހޫރުވީ ވެސް "ހަވީރު" ނޫހުގައި 1995 ގައި ޝާއިއުކުރަން ފެށި "ފަތިސްހަނދުވަރު" އެވެ. އެ ވާހަކައަށް 1997 ގައި ސްލޭމް ސްޓޫޑިއޯ އިން ހެދި ފިލްމަކީ މިހާތަނަށް ރާއްޖޭގައި އުފެއްދި އެންމެ ކާމިޔާބު އެއް ފިލްމެވެ.

ބިންމާ އިބްރާހީމް ވަހީދުގެ ހިދުމަތުގެ އަގުވަޒަންކުރުމަށް މިއަދު ބޭއްވި ބައްދަލުވުމުގައި "ހަވީރު" ގެ ޗެއާމަން ޑރ. ޒާހިރު ހުސެއިނާއި "މިހާރު" ގެ އެޑިޓަރު އަހުމަދު ހަމްދޫން ބައިވެރިވެވަޑައިގަންނަވަނީ. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ބިންމާ ވަނީ ކުރުވާހަކަ، ދިގުވާހަކަ، އަދި ސިލްސިލާ ހިމަނައިގެން މިހާތަނަށް 1،073 ވާހަކަ ލިޔެފަ އެވެ. އޭނާ ވަނީ 100 އަށް ވުރެ ގިނަ ވާހަކަ ފޮތް ޝާއިއުކޮށްފަ އެވެ. މީގެ އިތުރުން ބިންމާ ވަނީ ވަނީ ވަރަށް ގިނަ ފިލްމުތަކަށް ސްކްރީންޕްލޭ އާއި ޑައިލޮގް ލިޔެދީފަ އެވެ. އޭގެ ތެރޭގައި ބުޚާރީ ފިލްމްސް އިން 1995 ގައި ނެރުނު "ހައްގު" ހިމެނެ އެވެ. އަދި ރާއްޖޭގައި މިހާތަނަށް ހެދި އެންމެ ކާމިޔާބު ޓެލެޑްރާމާ ސިލްސިލާ "ކައްތިރި" ބިނާކޮށްފައި އޮތީ ވެސް ބިންމާގެ ހިއްސާ އޮވެގެން ލިޔުނު ސްކްރީންޕްލޭ އަކަށެވެ.