ގއ. ނިލަންދު އާއި އެ އަތޮޅު ދާންދުއަށް ރޯދަ ހަދިޔާ ހިފައިގެން ދަތުރުކުރި ދޯންޏެއް މިއަދު ފަރަށް އަރައި، އޭގައި ހުރި ކާޑު ބަސްތާތައް މޫދަށް ވެއްޓިއްޖެ އެވެ.
27 ޖެނުއަރީ 2025
ގއ. ނިލަންދު އާއި އެ އަތޮޅު ދާންދުއަށް ރޯދަ ހަދިޔާ ހިފައިގެން ދަތުރުކުރި ދޯންޏެއް މިއަދު ފަރަށް އަރައި، އޭގައި ހުރި ކާޑު ބަސްތާތައް މޫދަށް ވެއްޓިއްޖެ އެވެ.
މި ދެ ރަށުގައި މީހުން ދިރިއުޅޭ ހުރިހާ ގެތަކަކަށް ކާޑު ހަދިޔާކުރީ ލިއޯ ޓްރޭޑިން ކުންފުނިންނެވެ.
އެ އަތޮޅު ކައުންސިލުން ބުނީ ލިއޯ ވިންގު ދޯނީގައި ހުރީ އެ ދެ ރަށުގައި މީހުން ދިރިއުޅޭ ހުރިހާ ގެއަކަށް އެ ކުންފުނީގެ ޗެއާމަން އަބްދުﷲ ސަވާދުގެ ރޯދަ ހަދިޔާ ކަމަށެވެ. ނިލަންދުއަކީ ސަވާދުގެ އުފަން ރަށެވެ.
އެ ދޯނީގައި، ހަކުރާއި ހަނޑުލާއި ފުށުގެ 1،070 އަށްވުރެ ގިނަ ބަސްތާ ހުންނާނެ ކަމަށް ކައުންސިލުން ބުންޏެވެ.
ކައުންސިލުން ބުނީ ދޯނި އެކެފަރު ފަރަށް އެރުމުން އެ ހުރިހާ ކާޑެއް ވަނީ މޫދަށް ވެއްޓިފަ އެވެ.
އެ ކުންފުނިން ވާހަކަ ދެއްކި އޮފިޝަލަކު ވިދާޅުވި ގޮތުގައި ދޯނި ފުންކުރުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.
ގއ. އަތޮޅުގެ ދެ ރަށަށް އަލުން ރޯދަ ހަދިޔާ ފޮނުވަނީ
ގއ. އަތޮޅުގެ ދާއިރާތައް ކަނޑައެޅި ގޮތަށް ބަދަލެއް
މަޝްރޫއުތަކެއް ފެއްޓެވުމަށް ރައީސް ހުވަދޫގެ 3 ރަށަކަށް
ދާންދު އާއި ނިލަންދޫ ބްރިޖަކުން ގުޅާލަދޭން ގޮވާލައިފި
ފަރަށް އަރާ ބޯޓުތަކުގެ ޖޫރިމަނާ ހޯދަން ގަވާއިދެއް
ދަނޑުވެރިންނަށް އޮތީ ފާގަތިކަން، އެ ދާއިރާ ފުޅާކުރާނެ
އެފްއެސްއެމްގެ ބޯޓު ފުންކުރަނީ، ލީކެއްގެ ނިޝާނެއް ނެތް
ފަރަށް އުރިފައިވާ 8 އުޅަނދު އަދިވެސް ފުން ނުކުރޭ!
ދާންދޫ މަގުމަތީގައި މަރުވެފައި އޮތް މީހަކު ފެނިއްޖެ
ތިމާވެށީގެ ޖޫރިމަނާތަކުން 825 މިލިއަން ރުފިޔާ ނުލިބޭ