ސަރުކާރުގެ ހުރިހާ ސްކޫލްތަކެއް އޭސީ ކުރުމުގެ މަޝްރޫއުގައި، އަންނަ ސެޕްޓެމްބަރުގެ ނިޔަލަށް އިޔާދަކުރަނިވި ހަކަތައިން ހުރިހާ ސްކޫލެއް އޭސީކޮށް ނިންމާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
22 ޖެނުއަރީ 2025
ސަރުކާރުގެ ހުރިހާ ސްކޫލްތަކެއް އޭސީ ކުރުމުގެ މަޝްރޫއުގައި، އަންނަ ސެޕްޓެމްބަރުގެ ނިޔަލަށް އިޔާދަކުރަނިވި ހަކަތައިން ހުރިހާ ސްކޫލެއް އޭސީކޮށް ނިންމާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދާ ދަތުރުފުޅުގައި އެ އަތޮޅު ހުޅުދުއްފާރު ރައްޔިތުންނާ ބައްދަލު ކުރައްވައި ރައީސް ވިދާޅުވީ، ހޫނުގަދަ ރަށްތަކުގައި ސްކޫލްތައް ހުންނަން ޖެހޭނީ ފިނިކޮށް ކަމަށެވެ.
ސަރުކާރުގެ ވިސްނުމަކީ، ސްކޫލްތައް އޭސީ ކުރުމަށް އެޑިޔުކޭޝަން މިނިސްޓްރީން ފަށާފައިވާ "ކޫލް ސްކޫލް" ޕްރޮޖެކްޓް އިޔާދަކުރަނިވި ހަކަތައިން ހިންގުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"މިހާރު ވަނީ އެކަން ފެށި، ވަރަށް ރަނގަޅު ހިސާބަކަށް ގެންދެވިފައި، މި އަހަރުގެ ދެން އޮތް ތަނުގައި މި ރަށާއި [ހުޅުދުއްފާރާއި] ރާއްޖޭގެ ހުރިހާ ރަށެއްގެ ސްކޫލެއްގެ ހުރިހާ ކްލާހެއް އިއާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން އޭސީ ކުރާނެ ކަމުގެ ޔަގީންކަން އަޅުގަނޑުދެން،" ރައީސް ވިދާޅުވި އެވެ.
ރ. ހުޅުދުއްފާރުން ރައީސް ޑރ. މުހައްމަދު މުއިއްޒަށް މަރުހަބާ ދަންނަވަން ނުކުތް މީހަކާ ސަލާމްކުރައްވަނީ.-- ފޮޓޯ: ރައީސް އޮފީސް
އެމަނިކުފާނު ވިދާޅުވީ މަސައްކަތް ކުރައްވަނީ ސެޕްޓެމްބަރު މަހުގެ ކުރިން އެ މަޝްރޫއު ނިންމަން ކަމަށެވެ.
ރާއްޖޭގެ ހުރިހާ ސްކޫލެއް ދެ އަހަރުގެ ތެރޭގައި އޭސީ ކުރަން، "ކޫލް ސްކޫލް" ޕްރޮޖެކްޓް ފެށީ މިދިޔަ އަހަރު ޖޫންގަ އެވެ.
ސްކޫލްތައް އޭސީކުރުމުން މިހާރު ދައުލަތުން ކުރާ ހަރަދަށްް އިތުރުވެގެންދަނީ 38 ޕަސެންޓް ކަމަށް އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވަނީ ވިދާޅުވެފަ އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި މި މަޝްރޫއު ކުރިއަށް ގެންދާނީ ސަރުކާރާއި އަމިއްލަ ފަރާތްތަކުގެ އެހީތެރިކަމާ އެކު، ސޯލާ ޕެނަލް ހަރުކުރެވޭނެ ސްކޫލްތައް ފާހަގަކޮށް ކުޑަ ހަރަދެއްގަ އެވެ.
ހުރިހާ ކްލާސްރޫމެއް މި އަހަރު އޭސީ ކުރާނަން: ރައީސް
ދިރާސީ އަހަރާ އެކު ގައުމިއްޔަތު މާއްދާ ކިޔަވައިދޭނެ
"ކޫލް ސްކޫލް":ދަރިވަރުންގެ މާހައުލަށް ހެޔޮ ބަދަލެއް؟
ހުޅުމާލެ 2 ގެ އާ ސްކޫލްގެ ޖާގަ ހުޅުވާލައިފި
އަވަށު މަދަރުސާތަކަށް މިހާތަނަށް 14.7މިލިއަން ރުފިޔާ
ހުޅުމާލޭ ޣާޒީ ސްކޫލަށް 18 ކްލާސްރޫމް އިތުރުކުރަނީ
ގެއްލިގެން ހޯދި ކުއްޖާ ފެނިއްޖެ
"އަހުމަދިއްޔާ ސްކޫލު އޮޑިޓުކުރަން މަރުހަބާ ކިޔަން"
"ކިޔެވުމުގައި އެއްވެސް ކުއްޖަކު ބާކީވިޔަ ނުދޭނަން"
ދިރާސީ އާ އަހަރުގެ ކިޔެވުން ފަށައިފި