ހިންދޫ ދީނުގެ ހާމުދުރަކު ރާއްޖެ އައިސް، ރޫހާނީ ފަރުވާ ދޭން އިޝްތިހާރު ކުރަމުންދާ މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.
21 ޖެނުއަރީ 2025
ހިންދޫ ދީނުގެ ހާމުދުރަކު ރާއްޖެ އައިސް، ރޫހާނީ ފަރުވާ ދޭން އިޝްތިހާރު ކުރަމުންދާ މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.
ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ "މާސްޓަ ދުރްގާ ރާއޯ ގުރުޖީ" ނަމަކަށް ކިޔާ މީހަކު ރާއްޖޭގައި ރޫހާނީ ފަރުވާގެ ހިދުމަތްތަކެއް ދޭ ކަމަށް ބުނެ ސޯޝަލް މީޑިއާގައި އިޝްތިހާރު ކުރަމުންދާ މައްސަލައެއް ފުލުހުންގެ ސަމާލު ކަމަށް އައިސްފައިވާ ކަމަށެވެ.
އެ މައްސަލައާ ގުޅިގެން، ގާނޫނީ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް ކުރަން ޖެހޭ މަސައްކަތްތައް ކަމާބެހޭ އިދާރާތަކާ ގުޅިގެން ފުލުހުން ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
"ދިވެހިންގެ ސަގާފަތާއި ދީނާ ހިލާފު މިފަދަ ކަންކަމުގެ މައުލޫމާތު އެކަކު އަނެއްކަކާ ހިއްސާކުރުމުގެ ބަދަލުގައި ވީ އެންމެ އަވަހަކަށް ކަމާ ބެހޭ އިދާރާތަކުގެ ސަމާލުކަމަށް ގެނެސް ގާނޫނީ ފިޔަވަޅު އެޅުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަކީ މުހިންމު ކަމެއް ކަމުގައި އަޅުގަނޑުމެން ދެކެން. އެހެންކަމުން، މިފަދަ އިޝްތިހާރެއް ފެނިވަޑައިގަންނަވައިފި ނަމަ ލަސް ނުކުރައްވައި ފުލުހުންނަށް އަންގަވައިދެއްވުން އެދެން،" ފުލުހުން ބުންޏެވެ.
"މާސްޓަ ދުރްގާ ރާއޯ ގުރުޖީ" ކިޔާ ފޭސްބުކް ޕޭޖެއްގައި ޖަހާފައިވާ އެ އިޝްތިހާރުގައި ބުނާ ގޮތުގައި، އެ މީހާއަކީ ފާލު ބެލުމާއި ސިހުރު ރަނގަޅުކުރުމުގެ ފަރުވާ އާއި ސިއްހީ މައްސަލަތަކާއި ކައިވެނީގެ މައްސަލަތަކަށް ހައްލު ހޯދައިދޭ މީހެކެވެ. އަދި އެ މީހާ އަށް އެޕޮއިޓްމަންޓް ހެއްދުމަށް ރާއްޖޭގެ ފޯނު ނަންބަރެއް ވެސް އެ އިޝްތިހާރުގައި ހިމަނާފައިވެ އެވެ.
އޭނާ މިވަގުތު ހުރީ ރާއްޖޭގައި ކަމަށް ވެސް އެ ޕޭޖުގައި ޖަހާފައިވާ އިޝްތިހާރުތަކުގައި ބުނެފައިވެ އެވެ.
މީގެކުރިން 2023 ވަނަ އަހަރު ވެސް ހިންދޫ ދީނުގެ މީހަކު މާލޭގައި އެ ދީން ފަތުރަން ހަރަކާތްތަކެއް ބާއްވަން އުޅުނު މައްސަލައެއް ފެންމަތިވެ، އިސްލާމިކް މިނިސްޓްރީން އެ މައްސަލަ ފުލުހުންނަށް ހުށަހެޅި އެވެ.
ރޫހާނީ ފަރުވާދޭ ކަމަށް އިސްތިހާރުކުރި މީހުން ޑީޕޯޓް
ޒައިދާންގެ ޝަރީއަތް ނުފެށި 1،000 ދުވަސް
އަންހެން ހެދުން އަޅައިގެން ވައްކަންކޮށްފި
ރައުދު ބަންދުން ދޫކޮށްލައިފި
ފޭކް ސްލިޕުން 30 އޯޑަރަށް 9،000ރ. ގެ ކެއުން
ރައުދުގެ މައްޗަށް ދައުވާކުރަން ޕީޖީއަށް ފޮނުވައިފި
ޝަމްއާންގެ މައްޗަށް މަނީލޯންޑްރިންގެ ދައުވާ
ކުރީގެ ފިރިމީހާ އާއި މިހާރު ލޯބިވެރިޔާއާދެމެދު މާރާމާރީ
ކޭބަލްތައް ބުރިކޮށްލި މީހާގެ ބަންދަށް 10 ދުވަސް
އާ އަމުރެއްގެ ދަށުން ރައުދު އަނެއްކާވެސް ހައްޔަރުކޮށްފި