ހުޅުމާލޭގެ އެކި ސަރަަހައްދުތަކުން ރޭ ކަރަންޓު ކެނޑުނީ ފަހި ދިރިއުޅުން ކޯޕަރޭޝަނުގެ ފްލެޓްތައް ހެދުމުގެ މަސައްކަތަށް ކޮނުމުގެ ތެރޭގައި ހައި ވޯލްޓޭޖް ކޭބަލަކަށް ގެއްލުންވެގެން ކަމަށް ސްޓެލްކޯ އިން މިއަދު ބުނެފި އެވެ.
19 ޖެނުއަރީ 2025
ހުޅުމާލޭގެ އެކި ސަރަަހައްދުތަކުން ރޭ ކަރަންޓު ކެނޑުނީ ފަހި ދިރިއުޅުން ކޯޕަރޭޝަނުގެ ފްލެޓްތައް ހެދުމުގެ މަސައްކަތަށް ކޮނުމުގެ ތެރޭގައި ހައި ވޯލްޓޭޖް ކޭބަލަކަށް ގެއްލުންވެގެން ކަމަށް ސްޓެލްކޯ އިން މިއަދު ބުނެފި އެވެ.
ރޭ 11:00 ހާއިރު ކަރަންޓު ކެނޑުނީ ހިޔާ ފްލެޓުގެ 9 ވަނަ ޓަވަރުން ފެށިގެން 16 ވަނަ ޓަވަރާ ހަމައަށެވެ. އަދި އެމްޕީއެލްގެ ފްލެޓްތަކާއި ހުޅުމާލެ ފޭސް އެކެއްގެ އެކި ސަރަހައްދުތަކުން ވެސް ކަރަންޓު ކެނޑުނެވެ.
އެ މައްސަލާގައި ސްޓެލްކޯ އިން ކުރި ޕޯސްޓެއްގައި ބުނީ ކަރަންޓުގެ މައްސަލަ ދިމާވީ ހައި-ވޯލްޓޭޖް ކޭބަލަކަށް ގެއްލުންވެގެން ކަަމަށެވެ.
ސްޓެލްކޯ އިން ވަނީ ކަރަންޓުގެ ހިދުމަތް މެދުކެނޑި އާންމުންނަށް ދިމާވާ ދަތި އުނދަގޫތަކުން ސަލާމަތްވުމުގެ ގޮތުން، ކަރަންޓުގެ ވިއުގައިގެ ކޭބަލްތައް އަޅާފައިވާ ސަރަހައްދުތަކުގައި މަސައްކަތް ކުރާ ފަރާތްތަކުން ސަމާލުވާން އެދިފަ އެވެ.
ހުޅުމާލޭގެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހީގެ ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ހިދުމަތް ރޭ މެދުކެނޑިފައިވަނީ ފަހި ދިރިއުޅުން ފްލެޓްތައް އެޅުމުގެ މަސައްކަތަށް ކޮނުމުގެ ތެރޭ ހައި-ވޯލްޓޭޖް ކޭބަލަކަށް ގެއްލުން ވެގެން. ހިދުމަތް މެދުކެނޑި ރައްޔިތުންނަށް ދިމާވާ ދަތި އުނދަގޫތަކުން… pic.twitter.com/AYwDTnoQ6e
— STELCO (@STELCOMALDIVES) January 19, 2025
ކަރަންޓް ކެނޑުނު ޓަވަރުތަކަށް ރޭ 12:15 ހާއިރު ސްޓެލްކޯ އިން ވަނީ ކަރަންޓް ދީފަ އެވެ.
އެ ކުންފުނިން ބުނި ގޮތުގައި ކަރަންޓު ދިނީ ހުޅުމާލެ 1 ގެ ތިން ޓްރާންސްފޯމަރެއް އެނަޖައިޒްކޮށްގެންނެވެ.
ހުޅުމާލެ 2 ގެ ބޮޑު ބަޔަކުން ކަރަންޓު ކަނޑާލަނީ!
ޕީކް ސީޒަނަށް ހުޅުމާލޭގައި ހެދި އިންޖީނުގެ ހުޅުވައިފި
ސްޓެލްކޯގެ ފްލެޓަކުން މީހަކު ވެއްޓި މަރުވެއްޖެ
ހުޅުމާލެ 2 ގެ ބޮޑު ބަޔަކަށް އަލުން ކަރަންޓު ދީފި
ޓްރާންސްފޯމަރުތައް މޮނިޓާކުރަން ސީސީޓީވީ ހަރުކުރަނީ
ޓްރާންސްފޯމަރު "ވަގު" ހުއްޓުވުމުން ބޯފަޅާލައިފި
ކަރަންޓު ޓްރާންސްފޯމަރުތަކަކަށް ގެއްލުން ދީފި
މާލެ/ހުޅުމާލެއިން އެކި ގަޑިތަކުގައި ކަރަންޓު ކެނޑޭނެ
މާލެއިން މާދަމާ ހެނދުނު 6-7އަށް ކަރަންޓު ކަނޑަނީ
ހާމަ އަށް ދޫކޮށްލާފައި އޮންނަ މަރުގެ ދަންތުރަތަކެއް!