09 ޖެނުއަރީ 2025
ފަލަސްތީނުގެ ޣައްޒާއަށް އިޒްރޭލުން ދެމުން ގެންދާ ހަމަލާތައް ހުއްޓާލުމަށާއި ހަމާސް އިން ރަހީނުކޮށްފައިވާ އިޒްރޭލު މީހުން މިނިވަންކުރުމާ ބެހޭ އެއްބަސްވުމެއް މިހާރު އޮތީ ވަރަށް ގާތުގައި ކަމަށް އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންތަނީ ބްލިންކެން އިއްޔެ ވިދާޅުވެއްޖެ އެވެ.
ފަލަސްތީނުގެ ޣައްޒާއަށް އިޒްރޭލުން ދެމުން ގެންދާ ހަމަލާތައް ހުއްޓާލުމަށާއި ހަމާސް އިން ރަހީނުކޮށްފައިވާ އިޒްރޭލު މީހުން މިނިވަންކުރުމާ ބެހޭ އެއްބަސްވުމެއް މިހާރު އޮތީ ވަރަށް ގާތުގައި ކަމަށް އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންތަނީ ބްލިންކެން އިއްޔެ ވިދާޅުވެއްޖެ އެވެ.
އިޒްރޭލުން ޣައްޒާއަށް ހަމަލާ ދޭތާ 15 މަސް ދުވަސް ވެގެން ގޮސްފައި ވާއިރު، މިކަން ހުއްޓުމަކަށް ގެނެވޭތޯ އެތައް ފަހަރަކު މަސައްކަތްކޮށް ވަނީ ނާކާމިޔާބު ވެފަ އެވެ.
އޮކްޓޫބަރު 7، 2023 ގައި އިޒްރޭލަށް ހަމާސް އިން ދިން ކުއްލި ހަމަލާތަކެއްގައި ބަޔަކު މަރާލައި އަދި ބަޔަކު ރަހީނުކުރުމާ އެކު އިޒްރޭލުން ދޭން ފެށި ހަމަލާތައް ހުއްޓުމަކަށް ގެނެވޭތޯ ކުރާ މަސައްކަތުގައި ކުރިއެރުން ލިބުނު ކަމަށް ބުންޏަސް ބްލިންކެން ވިދާޅުވީ އެމެރިކާގެ މިހާރުގެ ރައީސް ޖޯ ބައިޑެންގެ ދައުރު ހަމަވެ ޑޮނަލްޑް ޓްރަމްޕް ވެރިކަމާ ހަވާލުވެ ވަޑައިގަތުމުގެ ކުރިން އެއްބަސްވުމަކާ ހަމަޔަށް ނުދެވިދާނެ ކަމަށެވެ.
"މެދުއިރުމަތީގައި، ހަމަލާތައް ހުއްޓުމަކަށް ގެނެސް ރަހީނުން މިނިވަންކުރުމުގެ އެއްބަސްވުމަކާ ވަރަށް ގާތަށް ވަނީ ދެވިފައި،" ޕެރިހުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ބްލިންކެން ވިދާޅުވި އެވެ.
"އުންމީދުކުރަނީ މިހާރު މި އޮތް ވަގުތު ތެރޭ އެކަން ކުރެވޭނެ ކަމަށް،" މި މަހުގެ 20 ވަނަ ދުވަހު ޓްރަމްޕް ވެރިކަމާ ހަވާލުވެ ވަޑައިގަތުމާ އެކު މަގާމު ގެއްލޭ ބްލިންކެން ވިދާޅުވި އެވެ.
ބްލިންކެން ވިދާޅުވީ ބައިޑެންގެ ވެރިކަން ނިމުމުގެ ކުރިން އެއްބަސްވުމަކަށް ނާދެވުނު ކަމުގައި ވިޔަސް އެއްބަސްވުމަކާ ހަމަޔަށް ފަހުން ދެވޭއިރު އޮންނާނީ މިދިޔަ އަހަރުގެ މެއި މަހު ބައިޑެން އިއުލާނުކުރެއްވި އަސާސްތަކުގެ މައްޗަށް ވެފައިވާ އެއްބަސްވުމެއް ކަމަށެވެ.
އިޒްރޭލާއި ހަމާސް އެއްބަސްވުމަކަށް ގެނެސް ހަމަލާތައް ހުއްޓުމަކަށް ގެނެވޭތޯ ގަތަރާއި މިސްރާއި އެމެރިކާ މެދުވެރިވެގެން، ހަމަލާތަކުގެ ކުރީކޮޅު އެއް ހަފްތާއަށް ހަމަލާތައް ހުއްޓާލި އެވެ. އެކަމަކު ފަހުން ކުރި މަސައްކަތުން އެއްވެސް ކުރިއެރުމެއް ނުލިބޭއިރު މިކަމުގައި ދަނީ އެއްބަޔަކު އަނެއްބަޔަކަށް ތުހުމަތުކުރަމުންނެވެ.
ރައީސް ބައިޑެން އާއި ދެ ވަޒީރަކަށް ދައުވާކޮށްފި
ތުރުކީން ބްލިންކެންއަށް ލިބުނީ ނާއުންމީދީ ޖަވާބެއް
އެމެރިކާ-އަރަބި ޑްރާމާ އިން ލަދުވެތިކަން
އިޒްރޭލު މިހާރު އެކުރަނީ ދިފާއީ ހަނގުރާމައެއް ނޫން
ފަލަސްތީނަށް ހައްލެއް ނުލިބި، އިޒްރޭލާ ގުޅުމެއް ނެތް
މިއީ ޣައްޒާގެ ހަމަލާތައް ހުއްޓަންވީ ވަގުތު: އެމެރިކާ
އެމެރިކާއިން އިޒްރޭލަށް 20 ބިލިއަން ޑޮލަރުގެ ހަތިޔާރު
މެދުއިރުމަތީގެ ކޮންމެ ހާލަތަކަށް ވެސް އެމެރިކާ ތައްޔާރު
ޔުނިވަސިޓީތަކުގައި ފަލަސްތީނުގެ ދިފާއުގައި މުޒާހަރާ
"ޣައްޒާ ނައު" އަށް ޔޫއެސް އާއި ޔޫކޭއިން ދަތިކޮށްފި