އިޒްރޭލުން ހިސާރުކޮށްފައި އޮންނަ ފަލަސްތީނުގެ ޣައްޒާގައި އާންމުންނަށް އެހީ ފޯރުކޮށްދިނުމުގެ މަސައްކަތްކުރި، ފަލަސްތީނުގެ ރެފިއުޖީންނާ ބެހޭ އދ.ގެ އިދާރާގެ މަސައްކަތް އިޒްރޭލުން ހުއްޓުވުމަށް ފަހު އެކަން އެމެރިކާ އާއި އިޒްރޭލުން ހަވާލުކުރި ޣައްޒާ ހިއުމެނިޓޭރިއަން ފައުންޑޭޝަން (ޖީއެޗްއެފް) ގެ ވެރިޔާ އިސްތިއުފާ ދީފި އެވެ.
އިޒްރޭލުން ހިސާރުކޮށްފައި އޮންނަ ފަލަސްތީނުގެ ޣައްޒާގައި އާންމުންނަށް އެހީ ފޯރުކޮށްދިނުމުގެ މަސައްކަތްކުރި، ފަލަސްތީނުގެ ރެފިއުޖީންނާ ބެހޭ އދ.ގެ އިދާރާގެ މަސައްކަތް އިޒްރޭލުން ހުއްޓުވުމަށް ފަހު އެކަން އެމެރިކާ އާއި އިޒްރޭލުން ހަވާލުކުރި ޣައްޒާ ހިއުމެނިޓޭރިއަން ފައުންޑޭޝަން (ޖީއެޗްއެފް) ގެ ވެރިޔާ އިސްތިއުފާ ދީފި އެވެ.
ސްވިޓްޒަލެންޑުގެ އެންޖީއޯއެއް ކަމަށްވާ ޖީއެޗްއެފް އަކީ އެމެރިކާގެ ޖަމާއަތާ ގުޅިގެން ޣައްޒާގައި އާންމުންނަށް އެހީ ފޯރުކޮށްދިނުމުގެ މަސައްކަތް ކުރުމަށް އެމެރިކާ އާއި އިޒްރޭލުން ހަމަޖައްސައި އަދި ޣައްޒާގައި އާންމުންނަށް އިންސާފުވެރިކަމާ އެކު އެހީ ފޯރުކޮށްދިނުމުގެ ހައްލު ކަމަށް ބުނި ޖަމާއަތެވެ. ނަމަވެސް ޔުނައިޓެޑް ނޭޝަންސް ރިލީފް އެންޑް ވޯކްސް އެޖެންސީ ފޯ ޕަލެސްޓައިން ރެފިއުޖީސް (އުންރުވާ) އިން އެހީގެ މަސައްކަތް ކުރި ގޮތަށް އެކަން ކުރެވޭނެ ބަޔަކު ނޫޅޭނެ ކަމަށް ބުނެ އދ. އިން ވަނީ ޖީއެޗްއެފްގެ މަސައްކަތަށް އެއްބާރުލުން ދޭން އިންކާރުކޮށްފަ އެވެ. އަދި ޖީއެޗްއެފްގެ ޕްލޭނަކީ ވަކި ފަރާތަކަށް ނުޖެހޭ ޕްލޭނެއްގެ ގޮތުގައި ނުފެންނަ ކަމަށް ވެސް އދ. އިން ބުންޏެވެ.
އުންރުވާ އަކީ ހަމާސް އިން ކޮންޓްރޯލްކުރާ ޖަމާއަތެއް ކަމަށް ބުނެ އެ ޖަމިއްޔާގެ މަސައްކަތް އިޒްރޭލުން ހުއްޓުވުމަށް ފަހު އެހީވުމުގެ ނަމުގައި އެކަން ހަވާލުކުރި ޖީއެޗްއެފްގެ އެގްޒެކެޓިވް ޑިރެކްޓަރު ޖޭކް ވުޑް އިސްތިއުފާދިންކަން އިއުލާނުކޮށް ނެރުނު ބަޔާނުގައި ބުނީ އެހީގެ މަސައްކަތް ކުރުމަށް ބުނާ ހަރުކަށި އުސޫލުތަކުގެ ތެރެއިން އެކަން އިންސާފުވެރިކޮށް ކުރެވޭނެ ގޮތެއް ނެތް ކަމަށެވެ.
"އިންސާނިއްޔަތުކަމާއި ވަކިފަރާތަކަށް ނުޖެހުމާއި އިންސާފުވެރިކަމާއި މިނިވަންކަމުގެ އުސޫލުތަކަށް ފުރިހަމައަށް ބޯލަނބައިގެން މި ޕްލޭން ތަންފީޒުކުރުމަކީ ކުރެވޭނެ ކަމެއް ނޫންކަން ސާފުކޮށް އެނގޭ،" ޖޭކް ވުޑް އިސްތިއުފާ ދިނުމަށް ފަހު ނެރުނު ބަޔާނުގައިވެ އެވެ.
އޭނާ ވަނީ ޣައްޒާގައި އާންމުން ބަނޑަށް ޖެހެމުން ދާއިރު އެކަން އެހެން ވިޔަ ނުދިނުމަށް، އެހީ ފޯރުކޮށްދެވެނެ ހުރި ހުރިހާ ވަސީލަތެއްގެ ބޭނުންހިފައިގެން އެކަން ކުރުމުގެ ފުރުސަތު ދިނުމަށް އިޒްރޭލަށް ގޮވާލައިފަ އެވެ.
ޣައްޒާއަށް ކުރިމަތިކޮށްފައިވާ ދަތިކަމުގެ މައްސަލައަށް ހައްލެއްގެ ގޮތުގައި އެމެރިކާ އާއި އިޒްރޭލުން ވަނީ ޖީއެޗްއެފް ޕްރޮމޯޓްކޮށްފަ އެވެ. ނަމަވެސް އދ. އާއި އިންސާނީ އެހީދޭ އެހެން ޖަމިއްޔާތަކުން ވަނީ އެ ޖަމާއަތާ ގުޅިގެން މަސައްކަތް ކުރަން ދެކޮޅު ހަދައި، އެ ޖަމާއަތުގެ ސްޓްރެޓެޖީތަކުގެ ސަބަބުން ޣައްޒާގެ ހާލަތު އިތުރަށް ގޯސްވާނެ ކަމަށް ބުނެފަ އެވެ.
އެމެރިކާ ސިފައިންގޭގައި ކުރިން އުޅުނު މީހެއް ކަމަށްވާ ވުޑް ބުނީ އެހީގެ މަސައްކަތް ބެލެހެއްޓުމާ އޭނާ ހަވާލުވީ މީގެ ދެ މަހެއްހާ ދުވަސް ކުރިން އެކަން އޭނާއަށް ހުށަހެޅުމުން ކަމަށާއި އޭނާ މިހާތަނަށް ކުރި މަސައްކަތާ މެދު ފަހުރުވެރިވާ ކަމަށެވެ.
ޣައްޒާއަށް ކާބޯތަކެއްޗާއި ބޭހާއި އަސާސީ އެހެނިހެން ތަކެތި ވެސް ވެއްދުން މަނާކޮށްފައި އޮންނަތާ ދެ މަސް ފަހުން އިޒްރޭލުން މިދިޔަ ހަފްތާގައި ވަނީ ބައެއް ތަކެތި ވައްދަން ހުއްދަ ދީފަ އެވެ. އެކަމަކު ޣައްޒާ އޮތް ހާލަތާ އަޅާބަލާއިރު އެކަށީގެންވާ ވަރާ ގާތަށް ވެސް އެހީގެ ސާމާނު ނުވެއްދޭ ކަމަށާއި އެހީ ފޯރުކޮށްދިނުން އިޒްރޭލުގެ ހުރަސްތަކާ އެކު ވަރަށް ދަތިކަމަށް ޖަމާއަތްތަކުން އަންނަނީ ބުނަމުންނެވެ.
ފަލަސްތީނުގެ ދައުލަތް އެހެން ގައުމެއްގައި ހަދަން ބުނެފި
ހަމާސްގެ ޖަވާބު އެމެރިކާއަށް ކަމަކުނުދިޔަ
ޣައްޒާ ރައްޔިތުން ލީބިޔާއަށް ގެންދާ ވާހަކަ ދޮގުކޮށްފި
ހަމާސް އިން އެމެރިކާ-އިޒްރޭލު މީހާ މިނިވަންކޮށްފި
ހަމާސްގެ ބައްދަލުވުން ވަރަށް ކާމިޔާބު: އެމެރިކާ
ހަމާސް ނައްތާލަން ޣައްޒާ ނަރަކައަށް ހަދާނެކަމަށް ބުނެފި
އިޒްރޭލުން ބިރު ދެއްކިޔަސް ދުލެއް ނުދޭނަން: ހަމާސް
ޓްރަމްޕުގެ ވިސްނުމަކީ "ޣައްޒާ ސާފުކޮށްލުން"
ޣައްޒާގެ ހަމަލާ ހުއްޓާލަން މިހަފްތާގައި އެއްބަސްވެދާނެ
ޣައްޒާގެ ހަމަލާތައް ހުއްޓާލުމަށް އެއްބަސްވުން "ކައިރި"