08 ޖެނުއަރީ 2025
އިކޮނޮމިކް ކްރައިމް ޑިޕާޓްމެންޓްގެ ހެޑް، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ރަޖުނީ ޝުއައިބަށް ވިނަރެސް ފްލެޓް ލިބިފައިވަނީ އުސޫލުން ބޭރުން ނޫން ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
އިކޮނޮމިކް ކްރައިމް ޑިޕާޓްމެންޓްގެ ހެޑް، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ރަޖުނީ ޝުއައިބަށް ވިނަރެސް ފްލެޓް ލިބިފައިވަނީ އުސޫލުން ބޭރުން ނޫން ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ފުލުހުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ރަޖުނީ ޝުއައިބަށް ވިނަރެސް ފްލެޓެއް ލިބުމުގައި އެއްވެސް އުސޫލަކާ ހިލާފު އަމަލެއް ހިނގާފައިވޭތޯ ކަމާބެހޭ އިދާރާތަކުން ހިއްސާކޮށްފައިވާ މައުލޫމާތައް ދިރާސާކޮށް ބެލިބެލުމުން އެފަދަ ކަމެއް ފާހަގަކުރެވިފައި ނުވާ ކަމަށެވެ.
ވިނަރެސް ހައުސިން މަޝްރޫއުން އުސޫލާ ހިލާފަށް ފްލެޓެއް ލިބިފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފެތުރުނު މައުލޫމާތާ ގުޅިގެން ރަޖުނީ މަސައްކަތުން އެކަހެރިކުރި އެވެ.
ފުލުހުން އޭރު ބުނި ގޮތުގައި، އެ ބަދަލު ގެނައީ އިކޮނޮމިކް ކްރައިމް އިންވެސްޓިގޭޝަންސްގައި މި ވަގުތު ކުރަމުން ގެންދާ ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމާ ގުޅޭ ތަހުގީގުގެ ކްރެޑިބިލިޓީ ހިފެހެއްޓުމަށާއި އަދި އެ ތަހުގީގަށް އެއްވެސް ނުރަނގަޅު އަސަރެއް ނުފޯރާނެކަން ޔަގީން ކުރުމަށެވެ.
ވަގު ލިޔުންތަކެއް ހުށަހަޅައިގެން ނުހައްގުން ގޯތިތަކެއް ހޯދި މައްސަލައިގެ ތަހުގީގާ ގުޅޭ މައުމޫލާތު ހިއްސާކުރުމަށް ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް ބައިވެރިވި ރަޖުނީ ވިނަރެސް ފްލެޓް ހޯދާފައި ވަނީ އުސޫލުން ބޭރުން ކަމަށް ބުނެ ސޯޝަލް މީޑިއާގައި ވާހަކަތައް ވަނީ ފެތުރިފަ އެވެ.
ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވިނަރެސް ފްލެޓް ލިބުނު މީހުންގެ ލިސްޓްގައި ރަޖުނީގެ ނަން އެބަ އޮތެވެ.
ރަޖުނީއަށް ވިނަރެސް ފްލެޓް ދޫކުރަން ނިންމި ލިޔުމާއި އެކަމުގެ އެއްބަސްވުމުގެ ކޮޕީ "މިހާރު" އަށް ވަނީ ލިބިފަ އެވެ. އެ ލިޔުމުން އެނގޭ ގޮތުގައި ރަޖުނީއަށް ވިނަރެސް ފްލެޓެއް ދޫކުރަން އެޗްޑީސީން ނިންމާފައިވަނީ 2022 ވަނަ އަހަރު އެވެ. އެއީ ހިޔާ ފްލެޓްގެ ބަދަލުގައި ވިނަރެސް ފްލެޓް ހޯދަން ހުޅުވާލި ފުރުސަތުގައި އޭނާ އެކަމަށް އެދިގެން ހޯދާފައިވާ ފުރުސަތެއް ކަމަށް ވަނީ އެނގިފަ އެވެ.
ވިނަރެސް ފްލެޓްތައް ދޫކުރުމުގައި މައްސަލަތަކެއް އުޅޭކަން ފާހަގަ ކުރެވުނީ ކުރީގެ ސަރުކާރު ނިމި، މި ސަރުކާރު އައިއިރު ބާކީ ހުރި ފްލެޓްތައް ދޫކުރި ގޮތުންނެވެ.
ފުލުހުންގެ އޮފިސަރު ރަޖުނީ މަސައްކަތުން އެކަހެރިކޮށްފި
ފުރުން މަނާކުރި ނުވަ މީހެއްގެ ޕާސްޕޯޓު ދޫކޮށްލައިފި
ގޯތި ސްކީމްގެ ތަހުގީގަށް 16 މީހަކު މައުލޫމާތު ދީފި
ގޯތި މައްސަލަ:އިލެކްޓްރޯނިކް ސާމާނުތަކެއް ހިފަހައްޓައިފި
ފަޒީލާ އެކު، އިތުރު ބައެއްގެ ފޯނު ހިފަހައްޓައިފި
ޒުހޫރުގެ ސިޓީ ލިބުނު ނަމަ ފިޔަވަޅު އަޅާނަން: ރައީސް
ބިންވެރިޔާ/ގެދޮރުވެރިޔާ ސްކީމްގެ ތަހުގީގަށް ޕޯޓަލްއެއް
ރަޖުނީއަށް ވިނަރެސް ލިބުނު ގޮތް ފުލުހުން ސާފުކުރަނީ
ވިނަރެސްގެ ބާކީ ފްލެޓްތައް ދިނީ ފޭކް ލިޔުން ހަދައިގެން
ޕާސްޕޯޓް ހިފެހެއްޓީ 50 ގޯތި ވިއްކިކަމަށް ތުހުމަތުކޮށް