04 ޖެނުއަރީ 2025
އިންޑިއާގެ ޖާސޫސީ އިދާރާ ރޯގެ އެހީގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަން ވައްޓާލަން އުޅުނު ކަމަށް އެމެރިކާގެ ވޮޝިންޓަން ޕޯސްޓުގައި ޝާއިއުކުރި ރިޕޯޓު ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވެސް ދޮގު ކުރައްވައިފި އެވެ.
އިންޑިއާގެ ޖާސޫސީ އިދާރާ ރޯގެ އެހީގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަން ވައްޓާލަން އުޅުނު ކަމަށް އެމެރިކާގެ ވޮޝިންޓަން ޕޯސްޓުގައި ޝާއިއުކުރި ރިޕޯޓު ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވެސް ދޮގު ކުރައްވައިފި އެވެ.
ހަލީލް މިހެން ވިދާޅުވީ އިންޑިއާއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން އެ ގައުމުގެ "ވިއޯން" އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގަ އެވެ.
ހަލީލް ވިދާޅުވި ގޮތުގައި ރާއްޖެ އާއި އިންޑިއާއާ ދެމެދު މިވަގުތު އޮތީ ވަރަށް ވަރުގަދަ ގުޅުމެކެވެ. އެ ގުޅުމަށް ބުރުއަރާނެ އެއްވެސް ކަމަކަށް ސަރުކާރުން ޖާގައެއް ނުދޭނެ ކަމަށް ހަލީލް ވިދާޅުވި އެވެ.
އެހެން ނަމަވެސް ރާއްޖެ އާއި އިންޑިއާ ދެމެދު އޮތް ގުޅުމަށް ހީނަރުކަން ގެންނަން އަދިވެސް ބައެއް ފަރާތްތަކުން މަސައްކަތް ކުރާ ކަމަށް އޭނާ ވިދާޅުވި އެވެ. މިސާލެއްގެ ގޮތުން ހަލީލް ވިދާޅުވީ ވޮޝިންޓަން ޕޯސްޓުގެ އެ ރިޕޯޓެވެ.
"އެއީ ކަނޑައެޅިގެން ހަގީގަތާ ހިލާފު ވާހަކަތަކެއް ކޮން ދިމާލަކުން ހޯދި ހެކިތަކެއްގެ މައްޗަށް ބިނާކޮށްފައި އޮތް ވާހަކައެއް ކަމެއް ނޭނގެ. އެއްވެސް ތެދެއް އޭގައި ނެތް." ހަލީލް ވިދާޅުވި އެވެ.
އެކަމާ ގުޅޭ ގޮތުން ނޫސްވެރިޔާ ތަކުރާރުކޮށް ސުވާލު ކުރުމުން ވެސް ހަލީލް ވިދާޅުވީ ވޮޝިންޓަން ޕޯސްޓުގައި އޮތް ވާހަކަ އާ ގުޅޭ ކުރު ޖަވާބަކީ އޭގައި އެއްވެސް ހަގީގަތެއް ނުހިމެނޭ ކަމަށެވެ.
"India's Security Is Our Security" says Maldivian Foreign Minister Abdulla Khaleel to WION's @Sidhant.
— WION (@WIONews) January 4, 2025
These comments come shortly after the two visits by Maldivian President Muizzu to India in 2024.
Watch this #WIONExclusive to know more! pic.twitter.com/gdOLCKxbhd
ވޮޝިންގްޓަން ޕޯސްޓުގެ ތަހުގީގަށް ފަހު ބުނީ، އެ ޕްލޭންގައި "ޑިމޮކްރެޓިކް ރިނިޔުވަލް އިނީޝިއަޓިވް" ނަމުގައި ތައްޔާރު ކޮށްފައިވާ ކަރުދާހެއްގައި އޮތީ، ޕީއެންސީ މެމްބަރުން ހިމެނޭ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ 40 މެމްބަރަކަށް ރިޝްވަތު ދީގެން، ރައީސް މުއިއްޒުގެ މައްޗަށް އިތުބާރު ނެތް ކަމަށް ފާސްކުރަން ކަމަށެވެ.
އެ ކަރުދާހުގެ ކޮޕީއެއް ވޮޝިންގްޓަން ޕޯސްޓަށް ލިބިފައިވާ ކަމަށް ވެސް އެ ނޫހުން ބުންޏެވެ.
މަޖިލީހުގެ މެމްބަރުންގެ އިތުރުން، ރައީސް މުއިއްޒުގެ ވެރިކަން ވައްޓާލުމުގެ އެހީތެރިވުމަށް ދިވެހި ފުލުހުންނާއި ދިވެހި ސިފައިންގެ 10 އިސް އޮފިސަރުންނާއި ރާއްޖޭގައި ހަރަކާތްތެރިވާ ބާރުގަދަ ތިން ގޭންގަކަށް ފައިސާ ދޭން ވެސް އެ ކަރުދާހުގައި ހިމަނާފައިވާ ކަމަށް ވެ އެވެ.
މި ޕްލޭނަށް ހަ މިލިއަން ޑޮލަރު ނުވަތަ ގާތްގަނޑަކަށް 92.5 މިލިއަން ރުފިޔާ ކަނޑައަޅާފައިވާ ކަމަށް ބުނެ އެ ނޫހުން ބުނި ގޮތުގައި މިކަމުގެ ފަހަތުގައި ތިބި މީހުން ރާވަމުން ދިޔައީ އެ ފައިސާ އިންޑިއާ އިން ހޯދުމަށެވެ. ނަމަވެސް ސިއްރިއްޔާތުގައި އެތައް މަހަކަށް ދިގުދެމިގެންދިޔަ ރޭވުންތަކަށް އަމަލީ ސިފައެއް ނުޖެއްސުނީ ރައީސް މުއިއްޒު މަގާމުން ދުރުކުރަން އެކަށީގެންވާ އަދަދަށް މެމްބަރުން ނުލިބުމުން ކަމަށް ބުނެފައިވެ އެވެ.
އެ ރޭވުންތަކުގައި އިންޑިއާގެ ފަރާތުން އިސްކޮށް މަސައްކަތް ކުރީ، ޝިރީޝް ތޮރާތު ނަމަކަށް ކިޔާ ކުރީގެ ފުލުހަކާއި އިންޑިއާގެ ވެރިކަންކުރާ ޕާޓީ، ބީޖޭޕީގެ ކުރީގެ ތަރުޖަމާނެއް ކަމަށްވާ ސަވިއޯ ރޮޑްރީގްސް އެވެ.
ވޮޝިންގްޓަންޕޯސްޓުން ބުނި ގޮތުގައި ތޮރާތަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި، ދީނީ ހަރުކަށި ފިކުރާ ދެކޮޅަށް އެޑްވައިޒަރެއްގެ ގޮތުގައި މަސައްކަތް ކުރި މީހެކެވެ.
ވޮޝިންގްޓަން ޕޯސްޓުން ބުނިގޮތުގައި، ރައީސް މުއިއްޒުގެ ގާތް މީހަކު ވަނީ، ތޮރާތު އާއި އިންޑިއާގެ ރޯ އޭޖެންޓުންނާ ދެމެދު ކުރި ބައެއް މުއާމަލާތްތައް އެ ނޫހާ ހިއްސާ ކޮށްފަ އެވެ. ނަމަވެސް، އެ މުއާމަލާތްތައް ހޯދި ގޮތެއް އެ މީހާ ހާމަކޮށްފައި ނުވާ ކަމަށް އެ ނޫހުން ބުންޏެވެ.
ރައީސް މުއިއްޒު ވެރިކަން ވައްޓާލުމަށް ރޭވި ކަމަށް ތޮރާތާއި ރޮޑްރީގްސް ވެސް ވޮޝިންގްޓަން ޕޯސްޓަށް ޔަގީން ކޮށްދިނަސް، އެ މީހުން މަސައްކަތް ކުރީ ރަސްމީކޮށް އިންޑިއާ ސަރުކާރުގެ ފަރާތުން ކަމެއް ނުބުނެ އެވެ.
ވޮޝިންގްޓަން ޕޯސްޓުން ބުނި ގޮތުގައި، މި ރޭވުމުގައި އިންޑިއާ ސަރުކާރުން ކިހާ ސީރިއަސްކޮށް އުޅުނު ކަމެއް ސާފެއް ނޫނެވެ.
ނަމަވެސް ރާއްޖޭގައި ހުންނަ ރޯގެ އޭޖެންޓް ރައީސް މުއިއްޒުގެ ވެރިކަމުގެ އެހާ ކުރީކޮޅު، ވެރިކަން ވައްޓާލުމާ ދެކޮޅު ހެދި ކަމަށް ރާއްޖޭގެ ސިޔާސީ ބޭފުޅަކާ ހަވާލާދީ ޕޯސްޓުން ބުންޏެވެ.
"އިންޑިއާއާ އެކު އޮންނަ ގުޅުން ހީނަރުވިޔަ ނުދޭނެ"
"އިންޑިއާ އައުޓް ކެމްޕެއިނާ ސަރުކާރާ ގުޅުމެއް ނެތް"
ރާއްޖެއަކީ ނެއިބަހުޑް ފަސްޓްގެ އެންމެ ސާފު މިސާލު
ރަށްރަށުގައި މަޝްރޫއު ހިންގަން އިންޑިއާއާއެކު ސޮއިކޮށްފި
ރަސްމީ ދަތުރެއްގައި މިނިސްޓަރު ހަލީލް އިންޑިއާގައި
އިންޑިއާގެ އެހީއަކީ ވަރަށް ބޮޑު ލުޔެއް: ހަލީލް
އިންޑިއާގެ އާ ސަފީރުގެ ފަތްކޮޅު ރައީސަށް އަރުވައިފި
ހަލީލަށް ފަހު ޣައްސާން ވެސް އިންޑިއާ އަށް
ވޮޝިންގްޓަން ޕޯސްޓުގެ ރިޕޯޓު އިންޑިއާ އިން ދޮގުކޮށްފި
އިންޑިއާއަށް އަޒީމާ، ސައުދީ އަށް ސަރީރު އައްޔަންކޮށްފި