04 ޖެނުއަރީ 2025
މާލެ އަށް އަށް އިއްޔެ ކުރި ގަދަ ވިއްސާރައިގައި ހާލުގައި ޖެހުނު 36 ގެއެއްގެ 226 މީހަކަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއުންބުއިމުގެ އެހީތެރިކަން ފޯރުކޮށްދޭން ފަށާފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖުމަންޓް އޮތޯރިޓީ (އެމްޑީއެމްއޭ) އިން މިއަދު ބުނެފި އެވެ.
މާލެ އަށް އަށް އިއްޔެ ކުރި ގަދަ ވިއްސާރައިގައި ހާލުގައި ޖެހުނު 36 ގެއެއްގެ 226 މީހަކަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއުންބުއިމުގެ އެހީތެރިކަން ފޯރުކޮށްދޭން ފަށާފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖުމަންޓް އޮތޯރިޓީ (އެމްޑީއެމްއޭ) އިން މިއަދު ބުނެފި އެވެ.
އިއްޔެގެ ހެނދުނު 11 ޖެހިއިރުން ފެށިގެން ރޭ ގާތްގަނޑަކަށް ނުވައެއް ޖަހަންދެން މެދުނުކެނޑި ވެހުނު ބޯ ވާރޭގައި މާލޭގެ ބޮޑު ބައެއް އޮތީ ފެނުއަޑީގަ އެވެ. ހާއްސަކޮށް މާފަންނުކޮޅުގައި ވަރަށް ބޮޑަށް ފެންބޮޑުވެ ގެއްލުންތަކެއް ވަނީ ވެފަ އެވެ.
އެންޑީއެމްއޭ އިން ބުނީ، ޒަރޫރީ ބޭނުންތަކަށް ހުރަސް އެޅުމާ ގުޅިގެން 53 ގެއަކުން ރިޕޯޓް ލިބުނު ކަމަށާއި އެ އިދާރާ އާއި ދިވެހި ރެޑްކްރެސެންޓާއި ފުލުހުން ގުޅިގެން އެ ތަންތަނުގެ ރެޕިޑް އެސެސްމަންޓެއް ހެދި ކަމަށެވެ. އޭގެ ތެރެއިން އާންމު ދިރިއުޅުމަށް ހުރަސް އެޅޭ ގޮތަށް ހުރި ކަން ފާހަގަކުރެވުނީ 36 ގެއެއްގައި ކަމަށް އެންޑީއެމްއޭ އިން ބުންޏެވެ. އެހެންވެ، އެ 36 ގޭގެ 226 މީހަކަށް ސަރުކާރުން ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީ އަދި ކެއުންބުއިމުގެ އިންތިޒާމު ހަމަޖައްސައިދޭން ފަށާފައިވާ ކަމަށް އެ އިދާރާ އިން ބުންޏެވެ.
މާލޭގައި ފެންބޮޑުވެގެން އެހީތެރިކަމަށް 774 ތަނަކުން ރިޕޯޓް ކުރިއިރު އޭގެ ތެރެއިން 554 ތަނަކުން އެދުނީ ވެލިބަސްތާ ޖަހައިދޭން ކަމަށް އެމްއެންޑީއެމްއޭ އިން ބުންޏެވެ. ވެލިބަސްތާ ޖަހައި ދިނުމުގެ މަސައްކަތްކުރީ ފުލުހުންނާއި ސިފައިންނާއި ސިޓީ ކައުންސިލާއި ލޯކަލް ގަވަމެންޓް މިނިސްޓްރީ އާއި ސްކައުޓުންނެވެ.
އެމްއެންޑީއެމްއޭގެ ރިޕޯޓަށް ބަލާއިރު މި ވިއްސާރައިގައި މިހާތަނަށް އެންމެ ބޮޑު ގެއްލުމެއްވީ ފ. ނިލަންދޫ އަދި ކ. ހިންމަފުއްޓަށެވެ. ނިލަންދޫގެ 80 ޕަސެންޓުގައި ފެން ބޮޑުވިއިރު ހިންމަފުށީގެ 60 ޕަސެންޓަށް ފެން ބޮޑުވި އެވެ. އަދި ކ. ގުރައިދޫގެ 60 ގެއަކަށް އެކި ވަރުގެ ގެއްލުންތައް ވި ކަމަށް އެންޑީއެމްއޭ އިން ބުންޏެވެ.
މި ވިއްސާރައިގައި ރ. އިނގުރައިދު އާއި ށ. ނަރުދު އަށް ވެސް އިއްޔެ އުދައަރައި ބޮޑެތި ގެއްލުންތަކެއް ވި އެވެ.
ވިއްސާރާގައި ގެއްލުން ލިބުނު ގޭގޭގެ ހާލަތު ބަލައިފި
މަގުތަކުން ފެން ހިންދަން އިތުރު ޕަމްޕުތަކެއް ގެންނަނީ
އެންމެ ބޮޑު ގެއްލުމެއް ނިލަންދު އާއި ހިންމަފުއްޓަށް
މާލެއިން ބޮޑަށް ގެއްލުންވި ގެތަކުން މީހުން ބަދަލުކުރަނީ
ހަ ރަށެއްގައި ފެން ބޮޑުވެގެން ސިފައިން ހަރަކާތްތެރިވަނީ
ވިއްސާރައިގައި ލިބުނު ގެއްލުން މިލިއަނަކަށް ވުރެ މަތި
އިހަވަންދޫގައި ފެންބޮޑުވެ 12 ގެއަކަށް ގެއްލުންވެއްޖެ
ހުއްޓުމެއް ނެތި ވާރޭ ވެހި އުލިގަން ފެނު އަޑީގައި!
ވިއްސާރާގައި ނުވަ ރަށެއްގައި ފެން ބޮޑުވެއްޖެ
މާލޭގެ 11 ގެއަކުން 54 މީހަކު ވަގުތީ ތަންތަނަށް!