02 ޑިސެމްބަރ 2024
މިދިޔަ ހަފުތާގައި ރާއްޖެ އަށް ކުރި ވިއްސާރައިގައި ލިބުނު ގެއްލުން 1.1 މިލިއަން ރުފިޔާ އަށް އަރާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖުމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މިއަދު ބުނެފި އެވެ.
މިދިޔަ ހަފުތާގައި ރާއްޖެ އަށް ކުރި ވިއްސާރައިގައި ލިބުނު ގެއްލުން 1.1 މިލިއަން ރުފިޔާ އަށް އަރާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖުމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މިއަދު ބުނެފި އެވެ.
އެ އިދާރާ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ވިއްސާރާގައި ގެއްލުން ލިބިގެން މިދިޔަ މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް 10 ރަށަކުން ރިޕޯޓް ލިބިފައިވާ ކަމަށެވެ. އެ 10 ރަށުން، 110 ގެއަކަށް އެކި ވަރުގެ ގެއްލުން ލިބިގެން އެހީއަށް އެދި ފޯމު ހުށަހަޅާފައިވާ ކަމަށް ވެސް އެންޑީއެމްއޭ އިން ބުންޏެވެ.
އެންމެ ގިނައިން ގެއްލުން ލިބިފައި ވަނީ، ވިއްސާރާގައި އެންމެ ބޮޑުވަރުވި ޅ. ކުރެންދޫގެ ގެތަކަށެވެ. އެ ރަށުން 97 ގެއަކަށް ގެއްލުން ލިބިގެން ރިޕޯޓް ކޮށްފައިވެ އެވެ.
ވިއްސާރާގައި ގެއަށް ގެއްލުން ލިބިގެން އެންޑީއެމްއޭ އަށް ރިޕޯޓްކޮށްފައިވާ އެހެން ރަށްތަކަކީ ހދ. ނެއްލައިދު އާއި ނ. މާފަރާއި ރ. ރަސްމާދު އާއި ދ. ބަނޑިދު އާއި ދ. ހުޅުދެއްޔާއި ގދ. މަޑަވެއްޔާއި ސ. ފޭދު އާއި ސ. ހުޅުދޫ އަދި ސ. މަރަދޫފޭދޫ އެވެ.
ވިއްސާރާގައި ރަށެއްގެ ގެއެއްގެ ގޯތި ތެރޭގައި ފެން ބޮޑުވެފައި.-- ފޮޓޯ: އެންޑީއެމްއޭ
މި ހާދިސާތަކާ ގުޅިގެން، ގޭގޭގައި ހިފައިގެންގުޅޭ ތަކެއްޗަށާއި އިމާރާތްތަކަށް ލިބުނު ގެއްލުމުގެ ޖުމްލަ އަގު 1.1 މިލިއަން ރުފިޔާއަށް އަރާ ކަމަށް އެންޑީއެމްއޭ އިން ބުންޏެވެ.
އެންޑީއެމްއޭ އިން ބުނީ އެ ގެތަކަށް ލިބުނު ގެއްލުން ވަޒަންކޮށް، ކާރިސާތަކުގައި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމާއި ކާރިސާތަކުން ލިބޭ ގެއްލުންތަކަށް އެހީދިނުމާ ބެހޭ ގަވާއިދުގެ ދަށުން އެހީތެރިކަން ފޯރުކޮށްދިނުމަށް މިހާރު ހުށަހަޅާފައިވާ ކަމަށެވެ.
މިދިޔަ ހަފުތާގައި ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވިއްސާރަކުރީ މި ދުވަސްވަރު ރާއްޖެ ކައިރީގައި އުފެދިފައިވާ ދެ ކޮޅިގަނޑުގެ ސަބަބުންނެވެ. އެތަނުން އެއް ކޮޅިގަނޑު ވަނީ ތޫފާނަކަށް ބަދަލުވެފަ އެވެ. ރާއްޖެއަށް ދުރަށް ދަތުރުކުރާ އެ ތޫފާނުގެ އަސަރު އެންމެ ބޮޑަށް ކުރީ އިންޑިއާގެ ޓެމިލް ނާޑޫ ސަރަހައްދަށެވެ.
ވިއްސާރާގައި ނުވަ ރަށެއްގައި ފެން ބޮޑުވެއްޖެ
ފުވައްމުލަކު މަގުތަކާއި ގޭގެއިން ފެން ނުހިނދި 4 ދުވަސް
ވިއްސާރާގައި ބައެއް ރަށްތަކުގެ ގެތަކަށް ބޮޑު ގެއްލުމެއް
ބޯވާރޭގައި މުޅި މާލެ ފެންބޮޑުވެއްޖެ
ޑްރެއިން ސިސްޓަމް ބޭނުންކުރަން ފެށުމުން ފެންބޮޑެއްނުވޭ
މޫސުން ގޯސްވާނެކަމަށް ލަފާކުރާތީ ރައްކާތެރިވާން އެދިއްޖެ
ބޯ ވާރޭގައި ކުޅުދުއްފުށީގެ 3 ގެއަކަށް ބޮޑެތި ގެއްލުން
މާލެއަށް އިއްޔެ 89 މިލިމީޓަރުގެ ވާރޭ ވެހުނު
މާލޭގައި ބަރު ވެހިކަލް ނުދުއްވަން އެދިއްޖެ
ބޯ ވިއްސާރާގައި މާލޭގެ މަގުތަކުގައި ފެންބޮޑުވެއްޖެ